Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކަނބުލޮ

"ކަނބުލޮ" ގެ ސްޕޮންސަރަކަށް އެވޯން

ކަނބުލޮ ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އޯގަސްޓްމަހުގެ 31 ގައި

އަމްނާ އިމާދު
އަމްނާ އިމާދު | 30 ޖޫން 2025 | ހޯމަ 13:04
"ކަނބުލޮ" ގެ ސްޕޮންސަރަކަށް އެވޯން

"ކަނބުލޮ" ގެ ސްޕޮންސަރަކަށް އެވޯން

ސެޓާރން ސްޓޫޑިއޯ އާއި ކިޑް ޕްރޮޑަކްޝަން އިން ހުށަހަޅައިދޭ "ކަނބުލޮ" ގެ ފުރަތަމަ ސްޕޮންސަރގެ ގޮތުގައި އެވޯން އާއެކު ސޮއިކޮށްފިއެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ކަމަނާ" ފިލްމު އުފެއްދި ޓީމުން ނެރުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކަނބުލޮ" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އޯގަސްޓްމަހުގެ 31 ގައެވެ.

Advertisement - newsAdvertisement

ފިލްމު "ކަމަނާ" ވެސް ސްޕޮންސަރކުރި އެވޯން އިން ބުނީ މި ފިލްމު ސްޕޮންސަރކުރި އެއް ސަބަބަކީ މި ފިލްމަކީ ދިވެހި މުޖުތަމައުގައި ކުޑަކުދިންނަށް ކުރަމުންދާ ގޯނާ އާއި ގެވެށި އަނިޔާގެ ހާދިސާއެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ ފިލްމަކަށްވުމުން އެފަދަ ކަންކަމާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ.

ސްޕޮންސަރަކަށް ވުމުގެ އިތުރުން އެވޯން އިންވަނީ ފިލްމުގެ ޓިކެޓް ގަންނަ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް އެވޯން ގެ ގްލެސިއާ ބެޑްރޫމް ސެޓެއް ދިނުމަށް ނިންމާފައެވެ.

އޮގަސްޓް 31 ގެ ކުރިން ގަންނަ ކޮންމެ ޓިކެޓަކަށް ކޫޕަނެއް ދޫކުރުމަށް ހަމަޖެހިފައިވާއިރު ގުރުއަތުލުން ކުރިޔަށްގެންދާނީ ފިލްމު ޕްރިމިއަރ ހަފްލާގައެވެ.

އެވޯން އަކީ ފެންވަރު ރަނގަޅު ޒަމާނީ ފަރުނީޗަރު ރާއްޖެ އެތެރެކޮށް ވިއްކުމުގައި މަގުބޫލުކަން ހޯދާފައިވާ ފަރާތެކެވެ.

މީގެ އިތުރުން އެވޯންގެ ސީއީއޯ އާމިނަތު ޝިއުނާ ވިދާޅުވީ ކަމަނާގެ ކާމިޔާބީއަކީވެސް މި ފިލްމު ސްޕޮންސަރކުރި އެއް ސަބަބު ކަމަށެވެ.

ފިލްމު "ކަމަނާ"ގެ 200 އަށް ވުރެ ގިނަ ހައުސްފުލް ޝޯ މުޅިރާއްޖޭގައި ކުރިޔަށް ގެންދިއައެވެ.

"ކަނބުލޮ" ސްޕޮންސަރ ކުރުމަށް ބޭނުންވާ ފަރާތްތަކުން ޖުލައި މަހުގެ 10 ދުވަހުގެ ކުރިން ސްޕޮންސަރުންނަށް ޚާއްސަކުރެވިފައިވާ ނަމްބަރު 7458800 އަށް ގުޅުމަށް ކިޑް ޕްރޮޑަކްޝަންއާއި ސެޓަރން ސްޓޫޑިއޯއިން އެދެއެވެ.

"ކަނބުލޮ" އަކީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުން 2009 ވަނަ އަހަރު ބޭއްވި ދިގު ވާހަކަލިޔުމުގެ ފގައުމީ މުބާރާތުގެ އެންމެ މޮޅު ވާހަކައަކަށް ހޮވުނު "ޔުކްތާ" ވާހަކައިގެ މައްޗަށް ތައްޔާރުކުރާ ފިލްމެކެވެ.

ޔަޝްފާ ޢަބްދުލް ޣަނީގެ މި ވާހަކައަށް ތައްޔާރުކުރާ ފިލްމު ކަނބުލޮގެ މަންޒަރުތައް ޝޫޓްކޮށްފައިވަނީ ހދ.ކުޅުދުއްފުށީގެ އިތުރުން ހދ.ނޮޅިވަރަންފަރުގައެވެ.

ފިލްމުގެ މައިގަނޑު ކާސްޓުންގެ ގޮތުގައި ފެންނާނީ އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ)، މަރިޔަމް އައްޒަ، އަހުމަދު ނިމާލް، ޝީލާ ނަޖީބު، އަހުމަދު އީސާ (އާނަންދު)، ވާސިއާ މުހައްމަދު އަދި މަރިޔަމް ޝަކީލާއެވެ.

މަހުދީ އަހުމަދު ސްކްރީން ޕްލޭ ލިޔެފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ ހުސެން މުނައްވަރު (ކިޑު) އެވެ.

މިއީ މަހުދީގެ ސްކްރީން ޕްލޭގެ މައްޗަށް މުނައްވަރު ޑައިރެކްޓްކުރާ ހަތަރުވަނަ ފިލްމެވެ.

ފިލްމުގެ ޕްރޮޑިސަރަކީ 2024 ވަނަ އަހަރު ނެރުނު ކާމިޔާބު ފިލްމު "ކަމަނާ" ގެ ޕްރޮޑިއުސަރ އަލީ ޝާނިޒް މުހައްމަދުއެވެ.

ކަނބުލޮއެވޯންހުސެން މުނައްވަރުއަލީ ޝާނިޒް މުހައްމަދުއިސްމާއިލް ރަޝީދުމަރިޔަމް އައްޒައަހުމަދު ޖަމާލްޝީލާ ނަޖީބުއެވޯން

އިތުރަށް ކިޔާލަން

13 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު މ.އަތޮޅަށް ކުރައްވާ ދަތުރުފުޅާ ގުޅިގެން މުލަކުގެ މަގުތަކުގައި ޖަހާފައިވާ ގައުތައް ޕެކްކޮށް އެއަތޮޅު އެހެން ދެރަށަކަށް ގެންދަނީ

13 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު މ.އަތޮޅަށް ކުރައްވާ ދަތުރުފުޅާ ގުޅިގެން މުލަކުގެ މަގުތަކުގައި ޖަހާފައިވާ ގައުތައް ޕެކްކޮށް އެއަތޮޅު އެހެން ދެރަށަކަށް ގެންދަނީ
10 ސެޕްޓެމްބަރު 2025

މި ހަފްތާ ބަންދުތެރޭ ހުރިހާ އަތޮޅެއްގައި "ކަނބުލޮ" ގެ 56 ޝޯ ސްކްރީން ކުރަނީ!

10 ސެޕްޓެމްބަރު 2025
މި ހަފްތާ ބަންދުތެރޭ ހުރިހާ އަތޮޅެއްގައި "ކަނބުލޮ" ގެ 56 ޝޯ ސްކްރީން ކުރަނީ!
09 ސެޕްޓެމްބަރު 2025

ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް 2025 ގެ ކޯ ސްޕޮންސަރަކަށް ސިމްޑީ

09 ސެޕްޓެމްބަރު 2025
ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް 2025 ގެ ކޯ ސްޕޮންސަރަކަށް ސިމްޑީ
01 ސެޕްޓެމްބަރު 2025

ކުލަގަދަ ހަފްލާއަކާއެކު "ކަނބުލޮ" ޕްރިމިއަރކޮށްފި

01 ސެޕްޓެމްބަރު 2025
ކުލަގަދަ ހަފްލާއަކާއެކު "ކަނބުލޮ" ޕްރިމިއަރކޮށްފި
24 އޯގަސްޓު 2025

"ކަނބުލޮ" 90 އަށްވުރެ ގިނަ ރަށުގައި ފިލްމު އަޅުވާނެ ދުވަސްތައް އިއުލާނުކޮށްފި

24 އޯގަސްޓު 2025
"ކަނބުލޮ" 90 އަށްވުރެ ގިނަ ރަށުގައި ފިލްމު އަޅުވާނެ ދުވަސްތައް އިއުލާނުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު