Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރީފް ހެލްތު އެސެސްމެންޓް ފޮޓޯ ޝޫޓް

ރީފް ހެލްތު އެސެސްމެންޓް ފޮޓޯ ޝޫޓް އައުޓްގެ މެއިން ސްޕޮންސަރަކަށް ދިރާގު

މުބާރާތުގެ އަލީގައި ރާއްޖޭގެ ރީތިކަން ދައްކާލުމުގެ އިތުރުން ފަޅުތައް ހިމާޔަތް ކުރަން ވެސް މަގުފަހި ވެގެންދާނެ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 10 އޮކްޓޯބަރު 2022 | ހޯމަ 08:26
ރީފް ހެލްތު އެސެސްމެންޓް ފޮޓޯ ޝޫޓް އައުޓްގެ މެއިން ސްޕޮންސަރަކަށް ދިރާގު

ރީފް ހެލްތު އެސެސްމެންޓް ފޮޓޯ ޝޫޓް އައުޓްގެ މެއިން ސްޕޮންސަރަކަށް ދިރާގު

ރީފް ހެލްތު އެސެސްމެންޓް ފޮޓޯ ޝޫޓް އައުޓްގެ މެއިން ސްޕޮންސަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

މިއީ ރާއްޖޭގެ 50 ޑައިވް ސަރަހައްދެއްގެ ފަރުތަކުގެ ދުޅަހެޔޮކަން ބެލުމަށް ކުރިއަށް ގެންދާ ފޮޓޯ ޝޫޓެކެވެ. ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބާގައި ކުރިއަށް ގެންދާ މި ހަރަކާތަކީ އޯޝެން ޖިއޮގްރެފިކްގެ އިސްނެގުމަކަށް ޓުއަރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް އެލައެންސް އޮފް ޑައިވް އޮފަރޭޓަރސް ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. މި ހަރަކާތުގެ ސްޕޮންސަރުގެ އެއްބަސްވުމުގައި ޓުއަރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ.އަބްދުﷲ މައުސޫމް އެވެ. ދިރާގުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދުއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވުން ޑރ.މައުސޫމް ވަނީ ރާއްޖެއިން 50 ޑައިވް ސެންޓަރު ހޮވާލުމަކީ ވެސް ފަސޭހަ ކަމެއް ނޫން ކަަމަށް ފާހަގަކުރައްވާފައެވެ. މި ފޮޓޯ ޝޫޓުން ރާއްޖޭގެ ފަޅުތަކުގެ ހާލަތު އެނގޭނެ ކަމަށާއި މި މުބާރާތް އަހަރަކު އެއް ފަހަރު ބާއްވަން ނިންމާފައިވާ ކަަމަށް ޑރ.މައުސޫމް ވިދާޅުވިއެވެ. މި މުބާރާތް ބާއްވަނީ 21 އޮކްޓޯބަރުގައި ކަަމަށާއި، މި މުބާރާތުގެ އަލީގައި ރާއްޖޭގެ ރީތިކަން ދައްކާލުމުގެ އިތުރުން ފަޅުތައް ހިމާޔަތް ކުރަން ވެސް މަގުފަހި ވެގެންދާނެ ކަމަށް ޑރ.މައުސޫމް ވިދާޅުވިއެވެ.

ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވަނީ މި ފަދަ އިޖުތިމާއީ ކަންކަމުގައި ދިރާގުން އަބަދުވެސް އެ ކުންފުންޏަށް ދެވުނު އެއްބާރުލުމެއް ދެއްވާކަން ފާހަގަކުރައްވާފައެވެ. އަދި އިޖުތިމާއީ ޒިންމާގެ ދަށުން އެ ކުންފުނިން ކުރާ މަސައްކަތްތަކުގެ ދަށުން ތިމާވެށި ރައްކާތެރިކުރުމަށް ޚާއްސަ ހަރަކާތްތަކެއް ދިރާގުން ހިންގާ ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މި ހަރަކާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ޑައިވް ސައިޓުގައި ރީފް ހެލްތު ޗެކް ސެންޓަރެއްގެ ގޮތުގައި ރެޖިސްޓްރީވުމާއި ފޮޓޯގްރާފަރުންގެ ގޮތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ވެސް ރެޖިސްޓްރީ ވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި ކަމަށް ޚާއްސަސައިޓަކީ މޯލްޑިވްސްއެވެ.

ދިރާގުމިނިސްޓްރީ އޮފް ޓުއަރިޒަމްޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް "ލިމިޓްލެސް ބޫސްޓަރސް" ތައާރަފުކޮށްފި

08 ޑިސެމްބަރު 2025
ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް "ލިމިޓްލެސް ބޫސްޓަރސް" ތައާރަފުކޮށްފި
27 ނޮވެމްބަރު 2025

ދިރާގުން ދޭ 2 ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު 2 ގުނަ ކުރުމަށް ބާކީ 3 ދުވަސް

27 ނޮވެމްބަރު 2025
ދިރާގުން ދޭ 2 ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު 2 ގުނަ ކުރުމަށް ބާކީ 3 ދުވަސް
25 ނޮވެމްބަރު 2025

ދިރާގު އެމްއެލްބީބީ މިނީ ސީރީޒް IV އަށް ރަޖިސްޓްރޭޝަން ފަށައިފި

25 ނޮވެމްބަރު 2025
ދިރާގު އެމްއެލްބީބީ މިނީ ސީރީޒް IV އަށް ރަޖިސްޓްރޭޝަން ފަށައިފި
07 ނޮވެމްބަރު 2025

ދިރާގުން މީޑީއާނެޓް އަންލިމިޓެޑް ސްޕޯޓްސްޕާސް ތައާރަފުކޮށްފި

07 ނޮވެމްބަރު 2025
ދިރާގުން މީޑީއާނެޓް އަންލިމިޓެޑް ސްޕޯޓްސްޕާސް ތައާރަފުކޮށްފި
30 އޮކްޓޯބަރު 2025

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025: އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އައު ލަނޑުދަނޑިއެއް ހާސިލުކޮށްފި

30 އޮކްޓޯބަރު 2025
ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025: އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އައު ލަނޑުދަނޑިއެއް ހާސިލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު