Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކަނބުލޮ

ކަނބުލޮ ފިލްމްގެ ޓްރެއިލަރ ނެރެފި: "އަހަރެން އިރާދަކުރެއްވިއްޔާ، ދުވަހަކު ވެސް ފާފައެއް ނުކުރާނަން"

31 އޮގަސްޓް 2025ގައި އޮލިމްޕަސް ސިނަމާގައި އަޅުވަން ތައްޔާރުވަމުންދާ ފިލްމުގެ ޓްރެއިލަރ ބަލާލުމާއި އެކު، ފިލްމް ބަލާލަން އޮތް ޝައުގުވެރިކަން ވީ އިތުރެވެ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 24 ޖުލައި 2025 | ބުރާސްފަތި 15:54
ކަނބުލޮ ފިލްމްގެ ތްރެއިލަރގެ ބައެއް މަންޒަރުތައް

ކަނބުލޮ ފިލްމްގެ ތްރެއިލަރގެ ބައެއް މަންޒަރުތައް

ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ ދިވެހި ފިލްމް ކަނބުލޮ ފިލްމްގެ ޓްރެއިލަރ ރިލީޒްކޮށްފިއެވެ. 31 އޮގަސްޓް 2025ގައި އޮލިމްޕަސް ސިނަމާގައި އަޅުވަން ތައްޔާރުވަމުންދާ ފިލްމުގެ ޓްރެއިލަރ ބަލާލުމާއި އެކު، ފިލްމް ބަލާލަން އޮތް ޝައުގުވެރިކަން ވީ އިތުރެވެ.

އަލީ ޝާނީޒް މުހައްމަދު ޕްރޮޑިއުސްކޮށް ހުސައިން މުނައްވަރު ކޯ ޕްރޮޑިއުސްކުރާ މި ފިލްމުގެ ޓްރެއިލާ އިން ފެނިގެން ދަނީ ޖަޒުބާތީ މަންޒަރުތަކެކެވެ. ހުސައިން މުނައްވަރު ޑައިރެކްޓް ކުރާ މި ފިލްމަކީ ހިތްދަތި އެހެނަސް ތަދު، ތެދުގެ ވާހަކަ އެ ފިލްމަކުން ވަރަށް ރަނގަޅަށް ތަސައްވުރު ވެގެންދާނެ ފިލްމެކެވެ. މުޅި ޓްރެއިލަރގެ އުސްއަލިއަކަށްވީ އަސަރާއި އެކު އައްޒަ "އަހަރެން އިރާދަކުރެއްވިއްޔާ، ދުވަހަކު ވެސް ފާފައެއް ނުކުރާނަން" މިހެން ބުނެލާ މަންޒަރެވެ.

Advertisement - newsAdvertisement

ކިޑް ޕްރޮޑަކްޝަން އަދި ސެޓާން ސްޓޫޑިއޯ އިން ގެނެސްދޭ މި ފިލްމަކީ ދިވެހިންގެ މެދުގައި ބޮޑު މަޤްބޫލުކަމެއް ހޯދި "ކަމަނަ" ފިލްމްގެ ޓީމުން އާއްމުންނާއި ހަމައަށް ގެނެސްދޭ އުފެއްދުމެކެވެ.

އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ)، މަރިޔަމް އައްޒަ، ޝީލާ ނަޖީބު ފަދަ ކުޅަދާނަ ފަންނާނުން ފެނިގެންދާ މި ފިލްމްގެ މުހިންމު އެހެން ރޯލުތަކުން ފެންނަ ތަރިންގެ ތެރޭގައި އަހުމަދު ނިމާލް، އަހުމަދު އީސަ، ވާޝިއާ މުހައްމަދުގެ އިތުރުން ޝަކީލާ އާދަމް ފާހަގަކޮށްލެވެއެވެ. ފިލްމްގެ ޓްރެއިލަ އިން ފެނުނީ އެންމެންގެ ވެސް މޮޅު އެކްޓިންގެ މަލަމައްޗެވެ. ޚާއްސަކޮށް ޝީލާ، އައްޒަ އަދި ކޮޕީ އިއްސެގެ ފެނިލުންތައް ފެނުނު އިރު ނޭވާ ހިފަހައްޓާލަން ޖެހޭ ފަދަ މަންޒަރުތައް މި ޓްރެއިލާ އިން ފެނިގެން ދިޔައެވެ.

އިބްރާހިމް ވިޝާންގެ ކުޅަދާނަ ސިނެމެޓޮގްރަފީ ފެނިގެންދާ މި ފިލްމްގައި ފެނިގެންދާ މޭކަޕް އަކީ ހުސައިން ހާޒިމް (ސޭންޑީ) އަދި ރިޝްފާ އަބްދުއް ސަމަދުގެ މޭކަޕެވެ. ހިތްގައިމު ލަވަތަކެއް ފެނިގެންދާ މި ފިލްމްގެ ލަވަތަކުގެ ޅެންތައް ހަދާފައި ވަނީ މުހައްމަދު އަބްދުލް ޢަނީއެވެ. ފިލްމްގެ ސްކްރީންޕްލޭ އަކީ ދިވެހިންގެ މެދުގައި އިތުރު ތައާރަފަކަށް ބެނުން ނުވާނެ މަހްދީ އަހުމަދުގެ ސްކްރީންޕްލޭއެކެވެ. ފިލްމުގެ އެޑިޓިންގެ މަސައްކަތް ކޮށްފައި ވަނީ އަހުމަދު ނިމާލް އަދި އަބްދުﷲ މުއާޒްއެވެ.

އިތުރަށް ކިޔާލަން

25 މެއި 2017

'ދެން އަހަރެންބާ؟' ޕެނަލް ޑިސްކަޝަން މިރޭ ބާއްވަނީ

25 މެއި 2017
'ދެން އަހަރެންބާ؟' ޕެނަލް ޑިސްކަޝަން މިރޭ ބާއްވަނީ
25 މެއި 2017

"ރަންމުތް" ފޮތް ނެރެފި

25 މެއި 2017
"ރަންމުތް" ފޮތް ނެރެފި
22 މެއި 2017

ނޫސްވެރިންނާއި ދެކޮޅަށް ބަލަމުންދާ މައްސަލަ ބާތިލް ކަމަށް ދޭހަވާގޮތަށް އެމްއެމްސީން ބަޔާނެއް ނެރެފި!

22 މެއި 2017
ނޫސްވެރިންނާއި ދެކޮޅަށް ބަލަމުންދާ މައްސަލަ ބާތިލް ކަމަށް ދޭހަވާގޮތަށް އެމްއެމްސީން ބަޔާނެއް ނެރެފި!
19 މެއި 2017

މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ވައިޓް އެލާރޓް ނެރެފި

19 މެއި 2017
މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ވައިޓް އެލާރޓް ނެރެފި
04 އެޕްރީލު 2017

ގާސިމް ރާއްޖޭން ބޭރަށް ނުދެވޭ ގޮތަށް އަމުރެއް ނެރެފި

04 އެޕްރީލު 2017
ގާސިމް ރާއްޖޭން ބޭރަށް ނުދެވޭ ގޮތަށް އަމުރެއް ނެރެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު