Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
"ކަނބުލޮ"

ކުލަގަދަ ހަފްލާއަކާއެކު "ކަނބުލޮ" ޕްރިމިއަރކޮށްފި

މި ފިލްމަކީ ޅަފުރައިގެ އަންހެން ކުއްޖަކަށް ކުރާ ގެވެށި އަނިޔާއާއި ޖިންސީގޮތުން ކުރާ ނޭދެވޭ އަމަލުތަކުގެ މައްޗައް ހަދާފައިވާ އިބްރަތްތެރި ފިލްމެއް

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 1 ސެޕްޓެމްބަރު 2025 | ހޯމަ 02:10
"ކަނބުލޮ" ޕްރިމިއަރ ނައިޓް

"ކަނބުލޮ" ޕްރިމިއަރ ނައިޓް

ކުލަގަދަ ހަފްލާއަކާއެކު މަޝްހޫރު ޑައިރެކްޓަރ ހުސެއިން މުނައްވަރު ޑައިރެކްޓުކޮށް ނެރޭ "ކަނބުލޮ" ޕްރިމިއަރކޮށްފި އެވެ.

ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުން 2009 ވަނަ އަހަރު ބޭއްވި ދިގު ވާހަކަ ލިޔުމުގެ ގައުމީ މުބާރާތުން ހޮވި އެންމެ މޮޅު ވާހަކަ، "ޔުކްތާ"ގެ މައްޗަށް ތައްޔާރުކޮށްފައިވާ މި ފިލްމަކީ ޅަފުރައިގެ އަންހެން ކުއްޖަކަށް ކުރާ ގެވެށި އަނިޔާއާއި އަދި ޖިންސީގޮތުން ކުރާ ނޭދެވޭ އަމަލުތަކުގެ މައްޗައް ހަދާފައިވާ އިބްރަތްތެރި ފިލްމެކެވެ.

Advertisement - newsAdvertisement

ރާއްޖެ އެމްވީ އަށް ދިން އިންޓަރވިއު އެއްގައި އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) ބުނީ، "ކަނބުލޮ" ޓީމުގައި މަސައްކަތް ކޮށްފައިވަނީ މިހާރު މިގައުމުގައި ތިބި އެންމެ ފުންނާބު އުސް މީހުން އެކުލެވޭ ޓީމު ކަމަށާއި އެހެންކަމުން މި ފިލްމުގައިވެސް މަސައްކަތް ކޮށްފައިވާނީ ކުރިން ކުޅެފައިވާ ފިލްމުތަކަށް ވުރެ ރަނގަޅަށް ކަން ފާހަގަކުރި އެވެ.

ވަރަށް ވަރުގަދަ ޓީމް ވާރކެއްގެ ތެރެއިން މުޅި މަސައްކަތް މިދިޔައީ، ޑޭ ވަން އިން ފެށިގެން މިހާތަނަށް އެހެންވީމަ އެއީ އަސްލު އެންމެ ބޮޑު ކާމިޔާބީ، ދެން ހަމަ ވަރަށް އުފަލުން މިހުރީ ފިލްމު އެޅުވޭތީވެސް ދެންހަމަ މިހާރުވެސް އެއްކަލަ ފިލްމުގެ ހައިޕް އިންވަރުން ވެސް އިނގޭ ފިލްމު ހަމަ ކަމުދާނެ ކަން ދެން ހަމަ މިރޭ ބަލައިލީމަ ރަނގަޅުވާނެ އިތުރަށް މީގެ ހައިޕް އުފެދޭނެ
އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ)

ކާމިޔާބު ފިލްމުތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވާ މުނައްވަރު ވަނީ "ކަނބުލޮ" އާމެދު އުންމީދުތަކެއް އޮތް ކަމަށް ބުނެފަ އެވެ. އަދި މި ޕްރިމިއަރ ގައި ހައްސަ ގުރުއަތު ނެގުމެއް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން އާދިއްތަ ދުވަހާއި ހަމައަށް ޓިކެޓް ނަގާފައިވާ ފަރާއްތަކުގެ ތެރެއިން ޤުރުއަތުން ހޮވުނު ފަރާތައް އީވޯ އިން ހަދިޔާ ކުރާ ބެޑްރޫމްސެޓެއް ވަނީ ދީފަ އެވެ.

ކަނބޮލޮ ފިލްމުން ފެނިގެންދާ ތަރިންގެތެރޭގައި، އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ)، މަރިޔަމް އައްޒަ، އަހުމަދު ނިމާލް، ޝީލާ ނަޖީބު، އަހުމަދު އީސާ، ވާސިއާ މުހައްމަދު އަދި މަރިޔަމް ޝަކީލާ ހިމެނެއެވެ. މި ފިލްމުގައި އައްޒައާއި ޝީލާގެ އެކްޓު ވަރަށް ތަފާތުވާނެކަމަށް ފިލްމުގެ ޑައިރެކްޓަރ ވަނީ ފާހަގަކޮށްފައެވެ.

މިއީ މަހުދީގެ ސްކްރީން ޕްލޭގެ މައްޗަށް މުނައްވަރު ޑައިރެކްޓްކުރާ ހަތަރުވަނަ ފިލްމެވެ. ފިލްމުގެ ޕްރޮޑިސަރަކީ ކަމަނަ ފިލްމުގެ އެއް ޕްރޮޑިއުސަރ އަލީ ޝާނިޒް މުހައްމަދެވެ.

ހުސެއިން މުނައްވަރުކަނބުލޮއިސްމާއިލް ރަޝީދުގެވެށި އަނިޔާދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުޔުކްތާ

ކޮމެންޓް

އިތުރަށް ކިޔާލަން

"2020ގެ ތަފާސްހިސާބަށް ބަލާ ނަމަ އިންޓަރނެޓް ބޭނުންކޮށްގެން އެކި ކަހަލަ އަނިޔާ ކޮށްފައިވާ މިންވަރު މައްޗަށް ދިޔަ"

"2020ގެ ތަފާސްހިސާބަށް ބަލާ ނަމަ އިންޓަރނެޓް ބޭނުންކޮށްގެން އެކި ކަހަލަ އަނިޔާ ކޮށްފައިވާ މިންވަރު މައްޗަށް ދިޔަ"

01 ޑިސެމްބަރު 2025
ތަފާސް ހިސާބު: ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 100 މައްސަލައެއް!

ތަފާސް ހިސާބު: ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 100 މައްސަލައެއް!

29 އޮކްޓޯބަރު 2025
"ހުސެން ޒާހިރު" އެއް އުފެދޭ ގޮތް

"ހުސެން ޒާހިރު" އެއް އުފެދޭ ގޮތް

27 އޮކްޓޯބަރު 2025
މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 80ށް ވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފައިވޭ

މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 80ށް ވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފައިވޭ

28 ސެޕްޓެމްބަރު 2025
މި ހަފްތާ ބަންދުތެރޭ ހުރިހާ އަތޮޅެއްގައި "ކަނބުލޮ" ގެ 56 ޝޯ ސްކްރީން ކުރަނީ!

މި ހަފްތާ ބަންދުތެރޭ ހުރިހާ އަތޮޅެއްގައި "ކަނބުލޮ" ގެ 56 ޝޯ ސްކްރީން ކުރަނީ!

10 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

6 ފެބުރުއަރީ
އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން
20242 އަހަރު ކުރިން
ރާއްޖެ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ
20233 އަހަރު ކުރިން
ދުނިޔެ

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް
20224 އަހަރު ކުރިން
ރިޕޯޓު

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު