Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގެދޮރުވެރިޔާ ސްކީމް

ގެދޮރުވެރިޔާ" ސްކީމުގެ ފްލެޓްތައް ދިނުން ލަސްވާތީ ހުށަހެޅި ކުއްލި މައްސަލަ އަށް ފުރުސަތެއް ނުދިން

މި ކަމަކީ ވަރަށް ގިނަ ރައްޔިތުންގެ ދިރިއުޅުމާ ގުޅިފައިވާ ނުހަނު މުހިންމު ކަމެއް ކަމަށް ކުއްލި މައްސަލައިގައި ބުނެފައިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 30 ޖޫން 2025 | ހޯމަ 06:06
މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)  ހުށަހެޅި ކުއްލި މައްސަލަ ވަނީ ބޭރުކޮށްލާފައި

މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅި ކުއްލި މައްސަލަ ވަނީ ބޭރުކޮށްލާފައި

އެމްޑީޕީގެ ސަރުކާރުން ފަށާފައިވާ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފުރަތަމަ އިމާރާތްކޮށްފައިވާ 4000 ފްލެޓް ނުދީ ލަސްވާތީ ހުށަހެޅި ކުއްލި މައްސަލަ ހުށަހަޅަން ފުރުސަތު ނުދިނުމަށް މަޖިލީހުގެ ރިޔާސަތުން ނިންމައިފިއެވެ.

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި އެ ކުއްލި މައްސަލަ އަކީ 4000 ފްލެޓް ލިބޭނެ ފަރާތްތައް ކަނޑައަޅައިފައިވީ ނަމަވެސް، އެ ފަރާތްތަކާ ފްލެޓް ހަވާލުކުރުން ލަސްކުރަމުންދާ މައްސަލައާމެދު ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރުމަށް ޓަކައި ހުށަހެޅި ކުއްލި މައްސަލައެކެވެ.

Advertisement - newsAdvertisement

ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެ ކުއްލި މައްސަލަ އަކީ ވޭތުވެދިޔަ ހަތް ދުވަހުގެ ތެރޭގައި ދިމާވި ކަމެއް ނޫން ކަމަށެވެ. އަދި އެކަމަކީ އެއީ ކުއްލިއަކަށް ދިމާވި ކަމެއް ވެސް ނޫން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އެހެންކަމުން އެއީ ކުއްލި މައްސަލަ އެއް ކަމަށް ބަލައި ނުގަތުމަށް އަބްދުއްރަހީމް ވަނީ ނިންމަވާފައެވެ.

ކުޑޫ ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވެފައި ވަނީ ދައުލަތުގެ ތަނަވަސްކަމާއި، ކުޅަދާނަކަން ހުރި މިންވަރަކަށް ޤާނޫނު ޙައްޤުތައް ރައްޔިތުންނަށް ހޯދޭނޭ މަގު ތަނަވަސްކޮށްދިނުމަށް ދައުލަތުން މަސައްކަތް ކުރާންވާނެކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ހިޔާވަހިކަން ލިބުމުގެ ޙައްޤާއި، ދިރިއުޅޭނޭ ސާފު އަދި ޞިއްޙަތަށް ރަނގަޅު މާޙައުލެއް ލިބުމުގެ ޙައްޤު ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ކަމަށެވެ.

އެ ފްލެތްތައް ހަވާލުކުރުން އިތުރަށް ލަސްކުރަމުންދާނަމަ، އެ އާއިލާތަކުގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުވުމުގެ ބަދަލުގައި، ދުވަހެއް ދުވަހަށް ނިކަމެތިވަމުން ދިޔުމުގެ ނަތީޖާއެއްގެ ގޮތުން، އިޖުތިމާއީ މައްސަލަތައް އިތުރުވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިފަދަ ކަންކަމާއި މެދު ޖަވާބުދާރީ ކުރުވުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ދުސްތޫރީ ވާޖިބެއް ކަމަށް އެ މައްސަލައިގައިވެއެވެ.

އެ މައްސަލައިގައިވާ ކަންކަމަކީ ރައްޔިތުންގެ ކަންބޮޑުވުން ނުހަނު ބޮޑަށް އޮތް ކަމެއް ކަމަށް ވެފައި، މުޖުތަމައުގެ އާއްމު މަސްލަހަތާ ސީދާ ގުޅިފައިވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެހެންކަމަށް ވާއިރު މާލޭ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ޓަކައި، އެމްޑީޕީގެ ސަރުކާރުން ފެށި "ގެދޮރުވެރިން" ޕްރޮގްރާމުގެ ތެރެއިން، ފްލެޓް ދޫކުރުމަށް ހިންގި "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން، އެންމެ ފުރަތަމަ އިމާރާތްކުރާ 4000 ފްލެޓްގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާއި ހަވާލުކޮށްފައިވާ ކަމަށް އެ މައްސަލައިގައި ވަނީ ބުނެފައެވެ.

އެ ފްލެޓްތައް ލިބޭނެ ފަރާތްތައް ކަނޑައަޅައި، އެ ލިސްޓުތައް ދިވެހިސަރުކާރުގެ ގެޒެޓުގައި އިއުލާނުކޮށް، ފްލެޓް ކަނޑައެޅުމުގެ އެއްބަސްވުމުގައި ސަރުކާރުން އެ ފަރާތްތަކާއެކު ސޮއިކޮށްފައިވާ ކަމަށް ވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އެ ފްލެޓްތައް ލިބޭނެ ފަރާތްތައް ކުރީގެ ސަރުކާރުން ކަނޑައަޅައިފައިވަނީ ގޯސްކޮށް ކަމަށާއި، އެ ފޯމުތައް އަލުން އިވެލުއޭޓްކުރަމުން ގެންދާ ކަމަށް ބުނެ އެތައް ދުވަހެއް ލަސްކޮށްފަިއވާ ކަަމށް ވެސް އޭނާ ވިދާޅުވިއެވެ. އެ 4000 ފްލެޓް ދޫކުރުމުގައި ބަލާނީ ކުރީގެ ސަރުކާރުން، 2023 ނޮވެންބަރު 15 ގައި އާންމު ކުރި ލިސްޓަށް ކަމަށް، ފާއިތުވި މޭ މަހުގެ 25 ގައި، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ކުރީގެ ސަރުކާރުން މި ކަމުގައި ގޯހެއް ހަދައިފައި ނެތްކަން މިހާރުގެ ސަރުކާރުންވެސް ޤަބޫލުކުރާކަން، މިކަމުގެ ސަބަބުން ރައްޔިތުންނަށް ހާމަވެގެން ގޮސްފައިވާ ކަމަށް މެމްބަރު ވަނީ އެ ކުއްލި މައްސަލައިގައި ވިދާޅުވެފައެވެ.

އިތުރަށް އޭނާ ވިދާޅުވީ، ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގެ ކެމްޕެއިން ކުރައްވަމުން، ބޯހިޔާވަހިކަމާ ގުޅޭގޮތުން ވަޢުދުވެ ވަޑައިގަންނަވަމުން، "ކުރީސަރުކާރުން އެއްވެސް ރައްޔިތަކަށް ދޭން ކަނޑައަޅާފައިވާ ފްލެޓެއް އަތު ނުލާނެކަމަށާއި ކުރީސަރުކާރުން ކަނޑައަޅައި، ދޭން ނިންމާފައިވާ ފްލެޓްތައް އެ ފުލެޓެއް ދިންތަނަކުން ދިންގޮތަކަށް އެއަށްވުރެން ފުރިހަމައަށް އެފަރާތްތަކަށް ދޭނެކަމަށް" ތަކުރާރުކޮށް ރައީސް މުއިއްޒު ވިދާޅުވެފައިވާ ކަަމަށެވެ.

އެެހެންނަމަވެސް ފްލެތައް ހަވާލުކުރުމުގެ އެއްވެސް މަސައްކަތެއް މިއަދާ ހަމައަށްވެސް ސަރުކާރުން ކުރިއަށް ގެންގޮސްފައިނުވާތީ، އެ ފްލެޓްތައް ލިބޭ ފަރާތްތަކުން އިންތިހާއަށް ކަންބޮޑުވުން ފާޅުކުރަމުންދާކަން އެ މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.

މި ކަމަކީ ވަރަށް ގިނަ ރައްޔިތުންގެ ދިރިއުޅުމާ ގުޅިފައިވާ ނުހަނު މުހިންމު ކަމެއް ކަމަށް ވާއިރު ބޯހިޔާވަހިކަމުގެ ދަތިކަމަކީ، ޒުވާނުން މަސްތުވާތަކެތި ބޭނުންކުރަން ފެށުމާއި، ކުށުގެ މާހައުލަށް ލެނބިގެން ދިޔުމާއި އަދި އެހެނިހެން ވެސް އިޖުތިމާއި އެތަކެއް މައްސަލަތަކެއްގެ އެންމެ ބޮޑު އަސްލުކަމުގައި ވެސް އެ މައްސަލައިގައި ބަޔާންކޮށްފައިވެއެވެ.

ގެދޮރުވެރިޔާ ސްކީމްމުހައްމަދު އިބްރާހިމް (ކުޑޫ)ފްލެޓް ހަވާލުކުރުންއަބްދުއްރަހީމް އަބްދުﷲޑރ. މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

ހިޔާވެހި ފައިނޭންސިން އަށް ގިނަ ބަޔަކު ޝަރުތު ހަމަނުވާތީ ކުޑޫ, ކަންބޮޑުވުން ފާޅުކުރައްވާ މުއިއްޒަށް ސިޓީއެއް ފޮނުއްވައިފި

ހިޔާވެހި ފައިނޭންސިން އަށް ގިނަ ބަޔަކު ޝަރުތު ހަމަނުވާތީ ކުޑޫ, ކަންބޮޑުވުން ފާޅުކުރައްވާ މުއިއްޒަށް ސިޓީއެއް ފޮނުއްވައިފި

04 ޑިސެމްބަރު 2025
އަހަރުގެ ފަހު ދައުރު ނިންމާ މަޖިލިސް ޗުއްޓީ އަށް، މި ދައުރުގައި 28 ޖަލްސާ ބޭއްވި އިރު ތަޅުމުގައި ހޭދަކުރީ 64 ގަޑިއިރު

އަހަރުގެ ފަހު ދައުރު ނިންމާ މަޖިލިސް ޗުއްޓީ އަށް، މި ދައުރުގައި 28 ޖަލްސާ ބޭއްވި އިރު ތަޅުމުގައި ހޭދަކުރީ 64 ގަޑިއިރު

03 ޑިސެމްބަރު 2025
ބާރުގަދަ ފަރާތްތަކާ ގުޅުން އޮންނަ މީހުން ހައްޔަރުކޮށް ފޮޓޯ އާންމު ކުރިއަސް އެ ފޮޓޯ މުއައްސަސާތަކުން ޑިލީޓު ވޭ: ކުޑޫ

ބާރުގަދަ ފަރާތްތަކާ ގުޅުން އޮންނަ މީހުން ހައްޔަރުކޮށް ފޮޓޯ އާންމު ކުރިއަސް އެ ފޮޓޯ މުއައްސަސާތަކުން ޑިލީޓު ވޭ: ކުޑޫ

01 ޑިސެމްބަރު 2025
ފުވައްމުލަކުގެ ފެނުގެ މައްސަލައާ ގުޅިގެން މަޖިލީހަށް ކުއްލި މައްސަލަ ހުށަހަޅަން ފުރުސަތެއް ނުދިން

ފުވައްމުލަކުގެ ފެނުގެ މައްސަލައާ ގުޅިގެން މަޖިލީހަށް ކުއްލި މައްސަލަ ހުށަހަޅަން ފުރުސަތެއް ނުދިން

16 ނޮވެމްބަރު 2025
އަބްދުއްރަހީމްގެ އާއިލާ ކޮންސްޓްރަކްޝަން މަސައްކަތައް، ޕޮލިސް ސްޓޭޝަން އަޅަނީ ވެސް ކުރިން ކާބޯތަކެތި ހެދި އެމަނިކުފާނުގެ އާއިލީ ކުންފުނިން

އަބްދުއްރަހީމްގެ އާއިލާ ކޮންސްޓްރަކްޝަން މަސައްކަތައް، ޕޮލިސް ސްޓޭޝަން އަޅަނީ ވެސް ކުރިން ކާބޯތަކެތި ހެދި އެމަނިކުފާނުގެ އާއިލީ ކުންފުނިން

08 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު