Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މި ސަރުކާރުގައި ނުލިބޭ ފައިސާ

މި ސަރުކާރުގައި ނުލިބި ހުރި ފައިސާގެ އަދަދު 3.5 ބިލިއަން ރުފިޔާއަށް ވަނީ އިތުރުވެފައި: އަމީރު

2024 ވަނަ އަހަރު ނުލިބި ހުރި ފައިސާ ހޯދުނީ އޭގެ ކުރީ އަހަރަށްވުރެ ވެސް މަދުން

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 10 ޖުލައި 2025 | ބުރާސްފަތި 09:25
ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވާހަކަދައްކަވަނީ

ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވާހަކަދައްކަވަނީ

ނުލިބި ހުރި ފައިސާ ހޯދަން އައި ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ނުލިބި ހުރި ފައިސާގެ އަދަދު 3.5 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ މާލީ ހާލަތުގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން މިމަހުގެ 7 ވަނަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ މި ސަރުކާރު އައި ފަހުން ނުލިބި ހުރި ފައިސާގެ އަދަދު 3.5 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށާއި، އެއީ 43 ޕަސެންޓް ގެ އިތުރުވުމެއް ކަމަށެވެ. އަދި 2024 ވަނަ އަހަރު ނުލިބި ހުރި ފައިސާ ހޯދުނީ އޭގެ ކުރީ އަހަރަށްވުރެ ވެސް މަދުން ކަމަށް އަމީރު ވިދާޅުވިއެވެ.

Advertisement - newsAdvertisement

އަމީރު ވިދާޅުވީ ސަރުކާރުން ވިޔަފާރިތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކާނަމަ ނުލިބި ހުރި ފައިސާ ކުރިއަށް އޮތްތަނުގައި ވެސް ވަނީ އިތުރު ކަމަށާއި، އިގްތިސާދު ދަށްވުމުގެ ނަތީޖާއަކީ ޓެކްސް ދެއްކުމުގެ ގާބިލްކަން ވިޔަފާރިތަކުގެ ކިބައިން ނެތުން ކަމަށެވެ.

ޓެކްސް ނުދައްކާ މިންވަރު އިތުރު އެބަވޭ ސަރުކާރުން ކޮންޓްރެކްޓަރުންނަށް ރާއްޖޭގެ ވިޔަފާރިތަކަށް ފައިސާ ދޫނުކުރާތީވެ، ރާއްޖޭގެ ވިޔަފާރިތަކަށް ޓެކްސް ދައްކަން އެބަ އުދަނގޫވޭ. ދެން އަޅުގަނޑުމެންނަށް ފެނިގެންދިޔަ ޕީއެސްއެމުން ވެސް އަދި ސަރުކާރުގެ މީޑިއާތަކުން ވަރަށް ބޮޑަށް 2024 ވަނަ އަހަރު 3.67 ބިލިއަން ރުފިޔާ ނުލިބި ހުރި ފައިސާ ހޯދި ވާހަކަ. ދެން އަޅުގަނޑުމެން ބަލާލިއިރުގައި 2023 ވަނަ އަހަރު އަޅުގަނޑުމެން އޭރު ހޯދާފައިވޭ 3.92 ބިލިއަން ރުފިޔާ. އެހެންވީމަ މި ބޭފުޅުންނަށް އެވާހަކަ ދެއްކެން ނެތް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އަޅުގަނޑުމެން ސަރުކާރު ބަދަލުވެގެން އައިރު 2023 ވަނަ އަހަރު ނިމިގެން ދިޔައިރު މީރާއަށް ނުލިބި ހުރި ފައިސާގެ ގޮތުގައި މިދައްކަނީ ގާތްގަނޑަކަށް 7.92 ބިލިއަން ރުފިޔާ. މިހާރު 2025 ވަނަ އަހަރުގެ މާޗް މަސް ނިމުނުއިރު ފުރަތަމަ ކުއާޓަރު ނިމުނުއިރު ގާތްގަނޑަކަށް 11.3 ބިލިއަން ރުފިޔާއަށް އަރައިފި. އެހެންވީމަ މިއީ ގާތްގަނޑަކަށް 3.5 ބިލިއަން ރުފިޔާގެ އިތުރުވުމެއް. ނުލިބި ހުރި ފައިސާ އިތުރު ވެއްޖެ. 43 ޕަސެންޓް އިތުރުވުމެއް.
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަންނަވާ ނުލިބި ހުރި ފައިސާ ހޯދައި، ދަރަނީގެ މައްސަލަ ހައްލު ކުރާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވި ނަމަވެސް މިކަން ދަނީ ފެއިލްވަމުން ކަމަށް އަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން އަމީރު ވިދާޅުވީ ސަރުކާރުން ދަނީ ހަރަދު ބޮޑުވާނެ ސިޔާސަތުތައް ތަންފީޒު ކުރަމުން ކަމަށެވެ.

ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކުން 7.7 ބިލިއަން ރުފިޔާ ސަލާމަތްވާނެ ކަމަށް ލަފާކުރި ނަމަވެސް މިހާރު ވެސް މަގުން ކައްސަލާފައިވާ ކަމަށާއި، ބަޖެޓަށް ވުރެ އިތުރަށް ސަބްސިޑީތަކަށް ހަރަދުކުރާނެ ކަމަށް އަމީރު ވިދާޅުވިއެވެ.

ޑރ. މުޙައްމަދު މުޢިއްޒުއިބްރާހިމް އަމީރުނުލިބި ހުރި ފައިސާވިޔަފާރި

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޓެގްރިޓީ ކަށަވަރު ނުކޮށް ލޯނު ދޭނަމަ އެ ހުޅުވެނީ މަނީ ލޯންޑަރިން އަށް ދޮރެއް: އަމީރު

އިންޓެގްރިޓީ ކަށަވަރު ނުކޮށް ލޯނު ދޭނަމަ އެ ހުޅުވެނީ މަނީ ލޯންޑަރިން އަށް ދޮރެއް: އަމީރު

09 ނޮވެމްބަރު 2025
ސިއްހަތު ބަޖެޓެއްގެ ގޮތުގައި ޕްރޮމޯޓު ކުރި ނަމަވެސް ބަޖެޓު އިތުރު ކޮށްފައި ވަނީ އިދާރީ، ޑިފެންސް އަދި ގައުމިއްޔަތަށް: އަމީރު

ސިއްހަތު ބަޖެޓެއްގެ ގޮތުގައި ޕްރޮމޯޓު ކުރި ނަމަވެސް ބަޖެޓު އިތުރު ކޮށްފައި ވަނީ އިދާރީ، ޑިފެންސް އަދި ގައުމިއްޔަތަށް: އަމީރު

06 ނޮވެމްބަރު 2025
ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު

ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު

06 ނޮވެމްބަރު 2025
އަންނަ އަހަރުގެ ބަޖެޓަކީ ދަރަނި ނަގަން ޖެހޭ މިންވަރު އިތުރުވާ ބަޖެޓެއް: އަމީރު

އަންނަ އަހަރުގެ ބަޖެޓަކީ ދަރަނި ނަގަން ޖެހޭ މިންވަރު އިތުރުވާ ބަޖެޓެއް: އަމީރު

06 ނޮވެމްބަރު 2025
ފައިސާ ޗާޕު ކުރަން އެ އުޅެނީ ސަރުކާރުގެ އިގްތިޞާދީ އަދި މާލީ ސިޔާސަތު އެއްކޮށް ފެއިލްވެ، ގޮތް ހުސްވެގެން: އަމީރު

ފައިސާ ޗާޕު ކުރަން އެ އުޅެނީ ސަރުކާރުގެ އިގްތިޞާދީ އަދި މާލީ ސިޔާސަތު އެއްކޮށް ފެއިލްވެ، ގޮތް ހުސްވެގެން: އަމީރު

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

2 ޖޫން
4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި
20251 އަހަރު ކުރިން
ރިޕޯޓު

4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"
20242 އަހަރު ކުރިން
ރިޕޯޓު

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި
20233 އަހަރު ކުރިން
ރާއްޖެ

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް
20224 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް
20215 އަހަރު ކުރިން
ރާއްޖެ

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި
20197 އަހަރު ކުރިން
ރާއްޖެ

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!
20188 އަހަރު ކުރިން
ރިޕޯޓު

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު