Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ތިން ފަށަލައިގެ މަރުހަބާއާއި އަލްވަދާއު!

ރައީސް ތަނަކަށް ފުރާ ވަޑައިގަންނަވާނަމަ، ފެންނަ މަންޒަރުތަކުން ހައިރާންވެ، އަންތަރީސްވާހާ ވެއެވެ. މޮޓޯކޭޑުގައި ރައީސް ވަޑައިގެން އެއަރޕޯޓްގެ ވީއައިޕީ ދޮރުމައްޗަށް މަޑުކޮށްލައްވާފައި، ފައިބައި ވަޑައިގަންވާއިރު، މުޅި ދައުލަތް އޮންނަނީ އެތާ ދޮރުމަތީގައި ސަފު ހަދައިގެންނެއެވެ.

އާމިރު ސަލީމް
އާމިރު ސަލީމް, ރާއްޖެ އެމްވީ | 3 ޖުލައި 2025 | ބުރާސްފަތި 12:48
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ގިނަ ދިވެހި ރައްޔިތުން ބުނަނީ ދެކެދެކެވެސް މިވަރު ކަމެއް ނުދެކެން ކަމަށެއެވެ. މިއީ ދެން ތަންފުކެއް ބޮޑު ވަރު ކަމަށެއެވެ. މިކަމުގައިވެސް ހައްދެއް އޮންނަން ވާނެ ކަމަށެއެވެ. މިހާވަރު ނުކުރިޔަސް ވެދާނެ ކަމަށެއެވެ. މިހާ ގޮތްބޮޑު ވެގެންއުޅޭކަށް ނުވާނެ ކަމަށެއެވެ. މިހާ ފާޓު ފުޅާ ނުވިޔަސް އެންމެ ރަނގަޅު ވާނެ ކަމަށެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް މަރުހަބާ ދެންނެވުމާއި އަލްވަދާއު ވިދާޅުވުމަކީ ވަޒީރުންނާއި ސަރުކާރުގެ ބޮޑުންނަށް އޮތް އެންމެ ބޮޑު ޒިންމާބާވައޭ ހިތަށް އަރައެވެ. އެހެން ހިތަށް ނާރަންވީ ސަބަބެއްވެސް ނެތެއް ނޫންތޯއެވެ. ރައީސް ތަނަކަށް ފުރާ ވަޑައިގަންނަވާނަމަ، ފެންނަ މަންޒަރުތަކުން ހައިރާންވެ، އަންތަރީސްވާހާ ވެއެވެ. މޮޓޯކޭޑުގައި ރައީސް ވަޑައިގެން އެއަރޕޯޓްގެ ވީއައިޕީ ދޮރުމައްޗަށް މަޑުކޮށްލައްވާފައި، ފައިބައި ވަޑައިގަންވާއިރު، މުޅި ދައުލަތް އޮންނަނީ އެތާ ދޮރުމަތީގައި ސަފު ހަދައިގެންނެއެވެ. ދެން ރައީސް ފައްޓަވަނީ އެންމެންނާއި ސަލާންކުރައްވާށެއެވެ. ސަލާންކޮށް ނިމޭ އެންމެން މަޑު މަޑުން ވަންނަމުން އެދަނީ ވީއައިޕީ އެތެރެ އަށެއެވެ. ސަލާންކުރައްވާ ނިމިގެން ވީއައިޕީ ތެރެއަށް ވަންނަވާއިރު މަނިކުފާނުގެ އިސްތިގުބާލުގައި އެހުރިހާ އެންމެން އެތާ ތެރޭގައިވެސް އެބަތިއްބަވައެވެ. އިރުކޮޅަކު މަޑުކޮށްލެއްވުމަށްފަހު، ބޯޓަށް އަރާވަޑައިގަތުމަށް ނިކުމެވަވަޑައިގަންނަވާއިރު، އަނެއްކާ ބޯޓުގެ ސިޑި ކައިރިން ފެށިގެން އެއްކަލަ ހުރިހާ އެންމެން އެތިބެނީ ސަފު ހަދައިގެންނެއެވެ. އަނެއްކާ އެފައްޓަވަނީ ސަލާން ކުރައްވާށެއެވެ. މުޅި ދައުލަތް ރައީސްއަށް އަލްވަދާއު ވިދާޅުވުމުގައެވެ. ދެން އަރާވަޑައިގަންނަވަނީ ބޯޓަށެއެވެ. ބޯޓު ތެރޭގެ ލައިވް މަންޒަރުތައް ގެނެސްނުދޭތީ އެއެންމެން އަނެއްކާ ބޯޓް ތެރޭގައި ސަފު ހަދައިގެން ނުތިއްބަވާ ކަމެއްވެސް ނޭނގެއެވެ.

ރައީސް ދަތުރުކުރައްވާ ބޯޓްގޮސް އެޖައްސާ ތަނެއްގައި ޖައްސާފައި ފައިބާ ވަޑައިގަންނަވާއިރު އެތަނުގެ ސިޑި ބުޑު ގައިވެސް އެއްކަލަ ގުރޫޕުގެ ތެރެއިން ބަޔަކު ސަފު ހަދައިގެން ތިބެއެވެ. އެކޮޅުވެސް މަރުހަބާ ދަންނަވާށެއެވެ. އަޖައިބުވެ އަންތަރީސްވާން ޖެހޭ ކަމަކީ ހަތަރު ފަސްބުރަ، ސަލާން ގަލާންކޮށް، އަލްވަދާއު ދަންނަވައި ހަދަން މިތިބެނީ ހަމަ އެއް ބައެއް ކަމެއެވެ.

ރައީސްއަށް މަރުހަބާ ދެންނެވުމާއި އަލްވަދާއު ވިދާޅުވުން އޮންނަނީ ހަމަ އެކަނި ދަތުރުފުޅުތަކުގައި އެކަންޏެއްވެސް ނޫނެއެވެ. މިދޭތެރެއަކުން ރަސްފަންނު ބައްލަވާލެއްވުމަށް ރައީސް ވަޑައިގެންފިއެވެ. އެތަނުގެ ހާލަތުވެސް ހަމަ މިހެންނެއެވެ. ސަފު ހަދައިގެން މުޅި ދައުލަތް އެތަނުގައެވެ. މަޝްހޫރު 400 ހައުސިން ޔުނިޓް ބައްލަވާލެއްވުމަށް ހުޅުމާލެއަށް ވަޑައިގެންފިއެވެ. ހަމަ އެމަންޒަރެއެވެ. ހަމަ އެސަފެއެވެ. ކޮންމެއަކަސް މިއީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހައިބަތާއި، ގަދަރަށްޓަކައި ކުރެވޭ ކަމެއް ނަމަ، އެމަނިކުފާނު ގަޟާ ޙާޖަތެއް ކުރައްވަން ފާހާނާއަށް ވަޑައިގެންނެވިއަސް، ދޮރުމަތީގައި ސަފު ހަދައިގެން ވަޒީރުން ތިއްބަވަންވާނެ ތާއެވެ. އަލްވަދާއު ވިދާޅުވުމަށެއެވެ. ނިކުންނަވާއިރު އަލުން މަރުހަބާ ދަންނަވަންވެސް ތިއްބަވަންވާނެތާ އެވެ.

މިހާ ހިސާބުން ހިތައް އެރި އެއްޗަކީ މިއީ ފަހަރުގައި ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް މިކަން އޮންނަ ގޮތަށް ވެދާނެކަމަށެއެވެ. ހުރިހާ ގައުމެއްގެ ރައީސުންވެސް އުޅުއްވަނީ މިހެން ކަމަށްވެސް ވެދާނެކަމަށެއެވެ. އެކަމަކު ކަން އޮތީ އެހެނެއް ނޫނެއެވެ. ތަންތަނަށް ފުރަ ފުރައިގެން ވަޑައިގަންނަވާ ތަނާއި، އެނބުރި ގައުމަށް ވަޑައިގަންނަވާތަން އެންމެ ގިނައިން ފެންނަ އެއްބޭފުޅަކީ އެމެރިކާގެ ރައީސް ޑޮނަލްޓް ޓްރަޕްއެވެ. ހައިބަތާއި ބާރާއި އާރާއި ނުފޫޒާއި ސެކިއުރީގެ ގޮތުންވެސް ދުނިޔޭގެ އެންމެ އުހުގައި ހުރި ރައީސްއެވެ. ފެންނަނީ އެކަނިމާ އެކަނި ހިންގަވާފައިގޮސް ބޯޓަށް އަރާވަޑައިގަންނަވާ ތަނެއެވެ. އެނބުރި ވަޑައިގެން ސިޑިން ފައިބާ ވަޑައިގަންނަވާ ވަގުތު ފެންނަނީ ނޫސްވެރިންނެއެވެ. އެމެރިކާގެ މުޅި ސަރުކާރު ކިއު ހަދައިގެން ސަލާންކުރަން ތިބޭތަނެއް ނުފެނެއެވެ.

ދައްކާތީ އިވެނީ ކަންކަން ނުވާ ވާހަކައެވެ. ފްލެޓްތައް ނުދެވިގެން އުޅޭ ވާހަކައެވެ. ކަންނެލި ނުކިރިގެން އުޅޭ ވާހަކައެވެ. މަޝްރޫއުތައް ކުރިއަށް ނުގޮސްގެން އުޅޭ ވާހަކައެވެ. ވާނީވެސް އެހެންތާއެވެ. ވަޒީރުންނާއި އެސްއޯއީތަކުގެ ވެރިންނާއި ސިޔާސީ މަޤާމްތަކުގައި ތިއްބަވާ ބޭފުޅުންނަށް އެހެން ކަމެއްވާނީ މިކަންކޮށް ނިމިގެންތާއެވެ. އެހެންކަމަކަށް އެނބުރި ގަނެވޭނީ މިކަމުން އަތް ވީއްލިގެންތާއެވެ. އެއްޗެއްގައި ސޮއިކޮށްލެވޭނީވެސް ރައީސްއަށް ސަލާންކޮށް ނިމިގެންތާއެވެ. ދައުރުގެ ބޮޑުބައި ހޭދަވަނީ ސަފުގައި ތިބެ ރައީސްއާ ސަލާންކުރުމުގައެވެ. އެހެންޏާ މަރުހަބާ ދަންނަވާށެއެވެ. އެހެންޏާ އަލްވަދާއު ވިދާޅުވާށެއެވެ.

ޤަބޫލުފުޅުކުރައްވާށެއެވެ. ރައީސްއަށް އަރުވަންޖެހޭ އިއްޒަތާއި ގަދަރާއި ދޭތެރެއަކު ސުވާލެއް ނެތެއެވެ. ރައްޔިތެއްގެ ހައިސިއްޔަތުން ރައީސްއަށް އަރުވަންޖެހޭ އިޚްތިރާމާއި ދޭތެރެއަކުވެސް ސުވާލެއް ނެތެއެވެ. އެކަމަކު މީހެއްގެ ހައިބަތާއި، ގަދަރާއި، ޝާނާއި، ޝައުކަތާއި، ޖާހު ދެއްކުމަށްޓަކައި މިހާވަރު އަރުވާލުމުން އެއީ ގައުމުގެ ރައީސް ކަމުގައި ވިޔަސް ތިޔައީ ދެން ތަންފުކެއް ބޮޑުވަރޭ ތިޔަކަން ހުއްޓަވާލާފައި، ތަންކޮޅެއް ހިތްތިރި ކުރައްވާށޭ ނުދަންނަވާ ދެން ދަންވާނެ އެހެން އެއްޗެއް ނެތެއެވެ. ތިޔަކަން ތިޔަ ވަރަށް ނުކުރެއްވިޔަސް މަނިކުފާނަކީ ހަމަ އަޅުގަނޑުމެންގެ ރައީސްއެވެ.

ޑރ. މުޙައްމަދު މުޢިއްޒުރައީސުލްޖުމްހޫރިއްޔާވަޒީރުންސަރުކާރުގެ ބޭފުޅުންޑޮނަލްޑް ޓްރަމްޕްރަސްފަންނު

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

24 މެއި
ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!
20251 އަހަރު ކުރިން
ރިޕޯޓު

ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު
20224 އަހަރު ކުރިން
ރާއްޖެ

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި
20215 އަހަރު ކުރިން
ރާއްޖެ

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!
20197 އަހަރު ކުރިން
ރިޕޯޓު

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން
20188 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު