Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

އަހަރުގެ ފަހު ދައުރު ނިންމާ މަޖިލިސް ޗުއްޓީ އަށް، މި ދައުރުގައި 28 ޖަލްސާ ބޭއްވި އިރު ތަޅުމުގައި ހޭދަކުރީ 64 ގަޑިއިރު

މި ދައުރުގައި 28 ޖަލްސާ ބޭއްވި އިރު 15 ބިލެއް ފާސްކޮށްފައިވޭ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 3 ޑިސެމްބަރު 2025 | ބުދަ 11:49
މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމެއްގެ ތެރެއިން

މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމެއްގެ ތެރެއިން

މި ހިނގާ 2025 ވަނަ އަހަރުގެ ތިން ވަނަ ދައުރު ނިންމާ، ރައްޔިތުންގެ މަޖިލީސް ޗުއްޓީ އަށް ގޮސްފި އެވެ.

ބުދަ ދުވަހު ބާއްވާފައި ވަނީ މި އަހަރުގެ ފަހު ދައުރުގެ 28 ވަނަ ޖަލްސާ އެވެ. ބުދަ ދުވަހުގެ ޖަލްސާގައި ވަނީ 8 ކަމަކަށް ވޯޓަށް އަހާފަ އެވެ.

Advertisement - newsAdvertisement

މި ޖަލްސާގައި ވަނީ މުހިއްމު ބައެއް ބިލުތައް ފާސް ކޮށްފަ އެވެ. އެގޮތުން މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދެވޭގޮތަށް މަސްތުވާތަކެތީ ގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލާއި، ޒަކާތު ބިލު ވެސް ވަނީ ފާސް ކޮށްފަ އެވެ.

އޭގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ޓޫރިސްޓް ރިސޯޓެއް ނުވަތަ އިންޓަގްރޭޓެޑް ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ރަށް، ބިން ނުވަތަ ފަޅު ދޫކުރެވޭ ގޮތަށް ހުށަހެޅި އިސްލާހުގެ ބިލު ވެސް ބުދަ ދުވަހުގެ ޖަލްސާގައި ވަނީ ފާސް ކޮށްފަ އެވެ.

އެޖެންޑާގައި ހުރި ކަންކަން ނިންމާ ވޯޓަށް އެހުމަށް ފަހު ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މަޖިލިސް ޗުއްޓީ އަށް ދާ ކަން އިއުލާނު ކުރައްވާފަ އެވެ.

މި ދައުރުގައި ކުރި މަސައްކަތްތަކުގެ ތަފްސީލު ހިއްސާ ކުރައްވާ އަބްދުއްރަހީމް ވިދާޅުވީ މި ދައުރުގައި 28 ޖަލްސާ ބޭއްވި އިރު، ތަޅުމުގައި ގާތްގަނޑަކަށް 64 ގަޑިއިރު މެންބަރުން ހޭދަކުރެއްވި ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ މި ދައުރުގައި 15 ބިލެއް ފާސް ކޮށްފައިވާ ކަމަށެވެ. އަދި 29 ސުވާލު ވަޒީރުންނާ ކުރެވުނު ކަމަށާ ސަރުކާރުން ހުށަހެޅި 16 މައްސަލައިގެ އިތުރުން ރައީސްގެ މޭޒުން ހުށަހެޅި 9 މައްސަލައެއް ނިންމާފައިވާ ކަމަށެވެ.

ކޮމިޓީ މަސައްކަތްތަކުގެ ތަފްސީލު ހާމަކުރައްވާ އަބްދުއްރަހީމް ވިދާޅުވީ 142 ކޮމިޓީ ބައްދަލުވުން މި ދައުރުގައި ބޭއްވި ކަމަށެވެ. އަދި ކޮމިޓީ ބައްދަލުވުންތަކުގައި 120 ގަޑިއިރު މެންބަރުން ހޭދަ ކުރެއްވި ކަމަށެވެ.

ބުދަ ދުވަހު މި ދައުރުގެ ފަހު ޖަލްސާ ބޭއްވި އިރު މަޖިލީހުގެ ގަވާއިދު ބުނާގޮތުން މި ދައުރު ހިނގާނީ ނިމުނު ނޮވެމްބަރު މަހުގެ ނިޔަލަށެވެ. ނަމަވެސް މުހިއްމު މަސައްކަތްތަކެއް ނުނިމި ހުރި ކަމަށް ބުނެ މި އަހަރުގެ ފަހު ދައުރު ވަނީ ދަންމާލާފަ އެވެ.

ޗުއްޓީ އަށް ފަހު ދެން މަޖިލީހުގެ މަސައްކަތް ފަށާނީ އަންނަ އަހަރުގެ ފުރަތަމަ ދައުރުގަ އެވެ. ގަވާއިދުގައިވާ ގޮތުން އަންނަ އަހަރުގެ ފުރަތަމަ ދައުރު ފެށޭނީ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުގަ އެވެ.

އަބްދުއްރަހީމް އަބްދުﷲ

ކޮމެންޓް

އިތުރަށް ކިޔާލަން

ފުވައްމުލަކުގެ ފެނުގެ މައްސަލައާ ގުޅިގެން މަޖިލީހަށް ކުއްލި މައްސަލަ ހުށަހަޅަން ފުރުސަތެއް ނުދިން

ފުވައްމުލަކުގެ ފެނުގެ މައްސަލައާ ގުޅިގެން މަޖިލީހަށް ކުއްލި މައްސަލަ ހުށަހަޅަން ފުރުސަތެއް ނުދިން

16 ނޮވެމްބަރު 2025
އަބްދުއްރަހީމްގެ އާއިލާ ކޮންސްޓްރަކްޝަން މަސައްކަތައް، ޕޮލިސް ސްޓޭޝަން އަޅަނީ ވެސް ކުރިން ކާބޯތަކެތި ހެދި އެމަނިކުފާނުގެ އާއިލީ ކުންފުނިން

އަބްދުއްރަހީމްގެ އާއިލާ ކޮންސްޓްރަކްޝަން މަސައްކަތައް، ޕޮލިސް ސްޓޭޝަން އަޅަނީ ވެސް ކުރިން ކާބޯތަކެތި ހެދި އެމަނިކުފާނުގެ އާއިލީ ކުންފުނިން

08 ނޮވެމްބަރު 2025
ގެދޮރުވެރިޔާ" ސްކީމުގެ ފްލެޓްތައް ދިނުން ލަސްވާތީ ހުށަހެޅި ކުއްލި މައްސަލަ އަށް ފުރުސަތެއް ނުދިން

ގެދޮރުވެރިޔާ" ސްކީމުގެ ފްލެޓްތައް ދިނުން ލަސްވާތީ ހުށަހެޅި ކުއްލި މައްސަލަ އަށް ފުރުސަތެއް ނުދިން

30 ޖޫން 2025
"ގައުމާއި ހަވާލުވެ ހުރީ މަޖިލީހުގެ ރައީސް، މި ދައުރު ފެށުނު ފަހުން މަޖިލީހުގަ ބަންޑާރަ ނައިބު ފޮނުއްވި މަސައްކަތެއް ނުހިނގާ"

"ގައުމާއި ހަވާލުވެ ހުރީ މަޖިލީހުގެ ރައީސް، މި ދައުރު ފެށުނު ފަހުން މަޖިލީހުގަ ބަންޑާރަ ނައިބު ފޮނުއްވި މަސައްކަތެއް ނުހިނގާ"

14 އެޕްރީލު 2025

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު