Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހިޔާވެހި ސްކީމް

ހިޔާވެހި ފައިނޭންސިން އަށް ގިނަ ބަޔަކު ޝަރުތު ހަމަނުވާތީ ކުޑޫ, ކަންބޮޑުވުން ފާޅުކުރައްވާ މުއިއްޒަށް ސިޓީއެއް ފޮނުއްވައިފި

ހިޔާވެހި ލޯން ސްކީމުގެ މިންގަނޑުތަކަކީ އާންމު ބޭންކުތަކުން ލޯނު ދޫކުރާ މިންގަނޑުތަކަކަށް ވާތީ ގިނަ ބަޔަކު ލޯނަށް ޝަރުތު ހަމަނުވެ

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 4 ޑިސެމްބަރު 2025 | ބުރާސްފަތި 17:35
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ)

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ)

ގެދޮރު ބިނާކުރުމަށް ސަރުކާރުން ދޫކުރާ ހިޔާވެހި ފައިނޭންސިން ސްކީމް އަށް ގިނަ ބަޔަކު ޝަރުތު ހަމަނުވާތީ ކަންބޮޑުވުން ފާޅުކުރައްވައި، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ސިޓީއެއް ފޮނުއްވައިފި އެވެ.

ރައީސް މުޢިޒަށް ކުޑޫ ފޮނުއްވި ސިޓިގައި ވިދާޅުވީ ހިޔާވެހި ސްކީމުން ފައިސާ ދޫކުރުމުގެ އުސޫލުގެ ދަށުން، ބޭންކް އޮފް މޯލްޑިވްސް އިން ކަނޑައަޅާފައިވާ މިންގަނޑުތަކަކީ އާންމު އުސޫލުން ބޭންކުތަކުން ލޯނު ދޫކުރާ މިންގަނޑުތަކަކަށް ވާތީ، އޭގެ ސަބަބުން ގިނަ ބަޔަކު ލޯނަށް ޝަރުތު ހަމަނުވާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން އެކަމާ ގުޅިގެން ވިސްނާވަޑައިގެން، ހިޔާވެހި ލޯން ސްކީމަށް ޝަރުތު ހަމަވުމުގައި ލުއި ގޮތެއް ހަދައިދިނުމަށް ކުޑޫގެ ސިޓީގައި ރައީސް މުއިއްޒުގެ އަރިހުން އެދިފައިވެ އެވެ. އަދި މިހާރު ހިންގަމުންދާ އުސޫލުގައިވާ ގޮތުން އާމްދަނީގެ 40 ޕަސަންޓަށްވުރެން ލޯނަށް ދައްކަންޖެހޭ އަދަދު ބޮޑުނަމަ ލޯނަށް ޝަރުތު ހަމަނުވާ ކަމަށް ކުޑޫ ވިދާޅުވި އެވެ. އެގޮތުން ހަ މިލިއަން ރުފިޔާގެ ލޯނެއް ފަސް ޕަސަންޓް އިންޓްރެސްޓުގައި 25 އަހަރުން ދައްކާ ގޮތަށް ނަގާނަމަ މަހަކު 35،000 ރުފިޔާ ލޯނަށް އަނބުރާ ދައްކަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަހަރު ހުޅުވާލި ފުރުސަތުގައި ހިޔާވެހި ލޯނަށް އެދުމުގެ މުއްދަތު މިހާރު ވަނީ ހަމަވެފަ އެވެ. އެ ލޯނަށް އެދުނު ގިނަ މީހުންގެ ޝަރުތު ފުރިހަމަ ނުވި ކަމަށް އެނގިފައިވެ އެވެ. ލޯނަށް އެދެންޖެހެނީ ސަރުކާރުގައި ނަމަވެސް ލޯނުގެ ފައިނޭންޝަލް އެލިޖިބިލިޓީ ކަނޑައަޅަނީ ބޭންކުތަކުންނެވެ.

ހިޔާވެހި ސްކީމްރައީސް މުއިއްޒުމުހައްމަދު އިބްރާހިމް (ކުޑޫ)ބޭންކް އޮފް މޯލްޑިވްސްގަލޮޅު އުތުރުގެދޮރުވެރިޔާ ފުލެޓް ލިސްޓް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
11 ޑިސެމްބަރު 2025

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު
10 ޑިސެމްބަރު 2025

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް
10 ޑިސެމްބަރު 2025

ވިސާ އިންފިނިޓް ކްރެޑިޓް ކާޑު ރާއްޖެއަށް ތައާރަފްކޮށްފި

10 ޑިސެމްބަރު 2025
ވިސާ އިންފިނިޓް ކްރެޑިޓް ކާޑު ރާއްޖެއަށް ތައާރަފްކޮށްފި
10 ޑިސެމްބަރު 2025

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު