Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

ލޭ ހޯދުމަށް ހުރި ދަތިތައް ހިއްސާކުރުމަށް މެމްބަރު ކުޑޫ އެދޭތާ 4 މަސް - "ޕްރެސެންޓޭޝަނެއް ހުށަހަޅަން ވެސް ފުރުސަތު ނުލިބޭ"

ދުވާލަކު 40 މީހުންގެ ގަޔަށް ލޭ އަޅަން ޖެހޭއިރު އެކަން ކުރަން ޖެހެނީ ސަލާން ޖަހައިގެން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 20 އޮކްޓޯބަރު 2025 | ހޯމަ 13:39
ރައީސް، ނެޝަނަލް ތެލަސީމިއާ ސެންޓަރަށް ޒިޔާރަތް ކުރެއްވުން

ރައީސް، ނެޝަނަލް ތެލަސީމިއާ ސެންޓަރަށް ޒިޔާރަތް ކުރެއްވުން

ރާއްޖޭގައި ލޭ ހޯދުމަށް ދިމާވެފައިވާ ދަތިތައް މަޖިލީހާއި ހިއްސާކުރުމަށް އެދިވަޑައިގެންނެވި ފަހުން 4 މަސް ވީ އިރު އެ ފުރުސަތު ލިބިފައި ނުވާ ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ވިދާޅުވެއްޖެއެވެ،

ދިވެހިރާއްޖޭގައި ލޭ ހޯދުމަށް ނުހަނު ދަތިވާކަން ފާހަގަކޮށް، އެ މައްސަލަ ހައްލުކުރުމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ކުޑޫ ވަނީ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވާފައެވެ. ހޯމަ ދުވަހު އެ ގަރާރުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދިޔައެވެ. ދުވާލަކު 40 މީހުންގެ ގަޔަށް ލޭ އަޅަ އިރު އެކަން ވެސް ކުރަން ޖެހެނީ ސަލާން ޖަހައިގެން ކަމަށް އޭނާ ވިދާޅުވިއެވެ. މި ނޫން ގޮތަކަށް މި މައްސަލަ ހައްލުކުރަން ޖެހޭ ކަމަށާއި ތަރައްޤީ އަކީ މިފަދަ މައްސަލަތައް ހައްލުވުން ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

"ޕްރެޒެންޓޭޝަނެއް ހުށަހަޅަން އެދުނިން ފުރުސަތެއް ނުލިބޭ. ލޭ ނުލިބޭ މައްސަލަ އަކީ ދައުލަތުން ހައްލުކޮށްދޭން ޖެހެ ކަމެއް މިއީ އަމިއްލަ އަށް ހައްލުކުރަން ޖެހޭ ކަމެއް ނޫން. މިކަން ނުކޮށް މިއީ ދެން ކީއްކުރާ ރައްޔިތުންގެ މަޖިލީހެއްތޯ؟ މިތަނަށް ހޮވާފަ ތިބީ މިކަންކަން ކުރަން. މިއީ ސަރުކާރުގެ ވެސް ސަރުކާރު މެމްބަރުންގެ ވެސް ޒިންމާ އެއް." ކުޑޫ ވިދާޅުވިއެވެ.

ކުޑޫގެ އިތުރުން އެ ގަރާރަށް ވާހަކަދެއްކެވި އެމްޑީޕީގެ މެމްބަރުން ވެސް ވަނީ ލޭ ލިބުން ދަތިވެ ބަލި މީހުން އުފުލާ ތަކުލީފުތައް މަޖިލީހާއި ހިއްސާ ކުރައްވާފައެވެ. ހަނިމާދޫ ދާއިރާގެ މެމްބަރު ޢަބްދުލްޣަފޫރު މޫސާ ވިދާޅުވީ މިފަދަ އިޖްތިމާއީ ކަންކަމަށް މި ސަރުކާރުން އިޖާބަ ނުދޭ ކަމަށެވެ. ނިޒާމުގެ ކަންކަން ހައްލުކުރަން އެދޭ ކޮންމެ ފަހަރަކު ޒިންމާ ނެގުމުގެ ބަދަލުގައި "ކުރީ ސަރުކާރު"ގެ ބޮލަށް ކަންކަން ޖަހާ އުސޫލު ގެންގުޅޭ ކަމަށް ޢަފޫރު ވަނީ ވިދާޅުވެފައެވެ.

މަޖިލީހުގައި ވާހަކަދައްކަވަމުން ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު ވިދާޅުވީ މި ސަރުކާރަކީ 2.0 ނުވަތަ މިހާރުގެ ޒަމާނާއި އެއްގޮތަށް ކަންކަން ކުރާ ސަރުކާރެއް ކަމަށް، ސަރުކާރުން ދައުވާ ކުރަމުންދާ ކަމަށެވެ. ނަމަވެސް ބަލި މީހުންނަށް ބޭނުންވާ ލޭ ހަލާކުވާ ހިސާބަށް މި ވެރިކަމުގައި ކަންކަން ދިއުމުން، މި ސަރުކާރަށް ކަންކަން ނުބެލެހެއްޓޭކަން ހާމަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ތޮއްޑޫ ދާއިރާގެ މެމްބަރު ހުސައިން ސަމީރު ވެސް ވަނީ ލޭ ނުލިބިގެން އާއްމުން ސަރުކާރުގެ އިސް ފަރާތްތަކުގެ ކިބައިގައި އާދޭސްކުރާ ހިސާބަށް ކަންކަން ގޯސްވެފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ސިއްހީ ނިޒާމް ހަރުދަނާކުރުމުގެ ބަދަލުގައި ކަންކަން އިތުރަށް ގޯސްވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މެމްބަރުން ވަނީ ލޭ ނުލިބޭ މައްސަލަ އަށް ސަރުކާރުން ދޭންވާ ސަމާލުކަން ނުދޭކަން ފާހަގަކޮށް އެކަމާއި މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. މި ވެރިކަމުގައި ލޭ ލިބުން ދަތިވެ، ލޭ ބެެލެހެއްޓުން ދޯދިޔާ ވުމުން އާއްމުން އެކަމާއި ދެކޮޅަށް ތެލެސީމިއާ ސެންޓަރ އަށް އެއްވެ އަޑު ވެސް އުފުލާފައިވެއެވެ.

މުހައްމަދު އިބްރާހިމް (ކުޑޫ)ތެލަސީމިއާ ސެންޓަރުރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި

ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު