Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

ބާރުގަދަ ފަރާތްތަކާ ގުޅުން އޮންނަ މީހުން ހައްޔަރުކޮށް ފޮޓޯ އާންމު ކުރިއަސް އެ ފޮޓޯ މުއައްސަސާތަކުން ޑިލީޓު ވޭ: ކުޑޫ

ރާއްޖޭގައި ބާރުގަދަ މީހަކާ ނުގުޅި އިންސާފު ނުލިބޭ ހާލަތުގައި ކަންކަން އޮތްކަމަށް

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 1 ޑިސެމްބަރު 2025 | ހޯމަ 09:26
ގަލޮޅު އުތުުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ)

ގަލޮޅު އުތުުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ)

ބާރުގަދަ ފަރާތްތަކާ ގުޅުން އޮންނަ މީހުން ކުށެއްގެ ތުހުމަތުގައި ހައްޔަރު ކުރިއަސް އެމީހުންގެ ފޮޓޯ އާއި ވަނަވަރު އަދި ބައެއް ފަހަރު ކުށުގެ ރިކޯޑު ވެސް މުއައްސަސާތަކުގެ ވެބްސައިޓުން ޑިލީޓުވާ މަންޒަރު މިއަދު ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުޑޫ ވިދާޅުވީ ރާއްޖޭގައި ކަންކަން އޮތީ ބާރުގަދަ މީހަކާ ނުގުޅި އިންސާފު ނުލިބޭ ހާލަތުގައި ކަމަށެވެ. އަދި މިއަދު ގައުމު މި އޮތް ހާލަތަކީ ލަދުގަންނަން ޖެހޭ ހާލަތެއް ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ.

Advertisement - newsAdvertisement

މަޖިލީހުގެ ތެރެއިން ވެސް ކަންކަން ނިމި، ނިޒާމުތައް ބައްޓަން ވެގެން ދަނީ ބޮޑެތި ކުށްވެރިންނަށް ސަލާމަތްވެވޭ ގޮތަށް ކަމަށާ ވެރިން ބޭނުންވާ ބަޔަކު ސަލާމަތް ކުރެވޭ ގޮތަށް ކަމަށް ވެސް ކުޑޫ ވިދާޅުވި އެވެ.

ދައުލަތުގެ ފައިސާއަށް މިލިއަނުން ޚިޔާނާތްތެރިވާ މީހުން އަވައްޓެރި ގައުމުތަކުގައި ބޮޑެތި ސިންގާ އެޕާޓްމަންޓްތައް ހިފައިގެން އުފަލުގައި ދިރިއުޅެމުން ދަނީ. އެއީ އަޅުގަނޑުމެންގެ ދަރިންނާއި ދަރިންގެ ދަރިންނަށް އަންނަން ހުރި ފައިސާއަށް ހިޔާނާތްތެރިވެފައިވާ މީހުން. މިއީ ލަދުވެތި ހުތުރު އަމަލެއް އިނގޭތޯ؟
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)

ކުޑޫ ވިދާޅުވީ ކަންތައްތައް އެގޮތަށް ވަނީ ކޯޓުތަކާ، ސަރުކާރުގެ އިތުރުން ކަމާ ގުޅުން ހުރި އެކި ފަރާތްތަކާ މުއައްސަސާތަކުން އެކަންކަމަށް ޖާގަ ދޭތީ ކަމަށެވެ. އަދި އެފަދަ ކަންކަން ކުރާ މީހުންނަށް އެ މަގު ފަހި ކޮށްދީ ހިތްވަރު ދޭ ބަޔަކު ތިބޭތީ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ފަހު ވެސް އެންމެ ބޮޑަށް ދެއްކެވި އެއް ވާހަކައަކީ ޝަރުއީ ދާއިރާ މިނިވަން ކުރާނެ ވާހަކަ ކަމަށާ ޝަރުއީ ނިޒާމަށް ނުފޫޒު ނުފޯރު ވާނެ ވާހަކަ ކަމަށް ކުޑޫ ވިދާޅުވި އެވެ. ނަމަވެސް މިއަދު ފެންނަ މަންޒަރު ތަކުން ކަން ހިނގަނީ އެގޮތަށް ނޫން ކަން ހާމަވާ ކަމަށް މެންބަރު ވިދާޅުވި އެވެ.

ވެރިން ރުހޭ މީހެއް ނަމަ ކޮންމެ ކަމެއް ކުރިއަސް އެއީ މިިނިވަނެއް ކަމަށާ ނުރެހޭ މީހެއް ނަމަ އެމީހަކު ސައިކަލު މަޑިދަށުން ވިޔަސް އެއްޗެއް ނަގައިގެން ވެސް ހައްޔަރު ކުރާ ކަމަށް މެންބަރު ވިދާޅުވި އެވެ. ކުޑޫ ވިދާޅުވީ މިއީ މިއަދު މި ގައުމުން ފެންނަ ހިތާމަވެރި ކަންކަން ކަމަށެވެ.

ކުޑޫ ވިދާޅުވީ ބައެއް ކުށުގެ ތުހުމަތުގައި ހައްޔަރު ކޮށް ވަނަވަރާ ފޮޓޯ އާންމު ކުރާ މީހުންގެ ތެރެއިން ބާރުގަދަ ފަރާތްތަކާ ގުޅުން އޮންނަ މީހުންގެ މައުލޫމާތާ ރިކޯޑު އަދި ފޮޓޯތައް ވެސް މުއައްސަސާތަކުން ޑިލީޓުވާ މަންޒަރު ވެސް މިއަދު ފެންނަ ކަމަށެވެ.

މެންބަރު އެހެން ވިދާޅުވި އިރު މަސްތުވާތަކެއްޗާއި އެކު ހައްޔަރުކުރި ޒުވާނެއްގެ ފޮޓޯ އާންމު ކުރުމަށް ފަހު ސުވާލު އުފެދޭ ގޮތަކަށް އޭނާގެ ފޮޓޯ އާއި މައުލޫމާތު ފުލުހުން ވަނީ ސޯޝަލް މީޑި އާއި ވެބްސައިޓުން ނަގާފަ އެވެ.

އެކަމާއި މެދު އާއްމުންނާއި މީޑިއާއިން ސުވާލުކުރަމުން ދަނިކޮށް ފުލުހުން ބުނެފައި ވަނީ އެ ފޮޓޯ ނެގީ ތަހުގީގު ބޭނުމަށް ކަމަށެވެ. ފުލުހުން ފޮޓޯ ޑިލީޓް ކުރީ ޖޭއެސްސީގެ ރައީސް ހުސްނީ މުބާރަކަށް ބޮޑުބޭބެ ކިޔާ މީހެއްގެ ކަން އޭގެ ފަހުން ވަނީ ހާމަވެފަ އެވެ.

ހައްޔަރު ކުރީ ނ. މަނަދޫ / ރޯޝަނީގެ، ޙަސަން ނާހިލް (18އ) އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު ހުޅުމާލެތެރެ ޕެޓްރޯލް ކުރުމުގެ ތެރެއިންނެވެ.

ފުލުހުން މިފަދައިން ބުނެފައިވާ އިރު، "މަސްތުވާތަކެއްޗާ އެކު ހުޅުމާލެ އިން މީހަކު ހައްޔަ ރުކޮށްފި" މި ސުރުހީގެ ދަށުން ފުލުހުންގެ ވެބްސައިޓް "ޕޮލިސް ލައިފް" ގައި ލިޔެފައިވާ ހަބަރު ފޮޓޯއާއެކު ސޯޝަލް މީޑިއާގައި ފޮޓޯ އާއްމު ކޮށްފައި ވެއެވެ.

ޕޯސްޓްތައް ފުލުހުން ޑިލީޓް ކުރި މައްސަލައިގައި ފުލުހުން ބުނީ އެކަން ކުރީ ތަހުގީގު ބޭނުމަށް ކަމަށެވެ. އަދި އެކަމާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ދީފަ އެއް ނުވެ އެވެ. އޭނާ ހައްޔަރު ކުރި މައްސަލަ އާއި އަތުލައިގަތް މަސްތުވާތަކެއްޗާއި އަދި ގުޅުންހުރި މައުލޫމާތު ވެސް ފުލުހުން ހާމަކޮށްފަ އެއް ނުވެ އެވެ.

ފުލުހުންގެ ޕޯސްޓްތައް ޑިލީޓް ކޮށްފައިވާ އިރު، ކްރިމިނަލް ކޯޓުގެ ވެބްސައިޓުގައި ވެސް އޭނާގެ ބަންދުގެ މުއްދަތު ޖަހާފައިވާ ބަންދު އަމުރު ފެންނަން ނެތްކަން ފާހަގަކޮށްލެވެ އެވެ. އޭނާ ހައްޔަރު ކުރީ 22 ވަނަ ދުވަހުގައި ކަމަށް ފުލުހުން ބުނެފައިވާ އިރު، އެ ދުވަހުވެސް އަދި 23 ވަނަ ދުވަހު ވެސް ކްރިމިނަލް ކޯޓުގެ ބަންދު އަމުރުތަކުގައި އޭނާގެ އަމުރު ފެންނަން ނެތެވެ.

މުހައްމަދު އިބްރާހިމް (ކުޑޫ)ރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި

ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު