Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ސާބަހޭ ރައީސް، ދަތުރުކޮށްފައި ބަހައްޓާތި!

29 ޖޫން 2025 | އާދީއްތަ 12:51

ވެރިކަމަށް ވަޑައިގެން ދުވަހުން ފެށިގެން މިއަދާއި ހަމައަށް ރާއްޖެއިން ބޭރަށް ކުރައްވާ 23 ވަނަ ދަތުރުފުޅަށެއެވެ. މިއީ ވެރިކަމުގައި މިހާތަނަށް ހޭދަކުރެއްވި 19 ވަރަކަށް މަސްދުވަހަށް ބަލާނަމަ ކޮންމެ މަހަކަށް ދަތުރަކަށްވުރެ ބޮޑު އަދަދެކެވެ.

އާމިރު ސަލީމް
އާމިރު ސަލީމް | 29 ޖޫން 2025 | އާދީއްތަ 12:51
ރައީސް ޑރ. މުހައްމަދު މުއިއްޒާއި ނައިބް ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ނައިބް ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ. މިދުވަހުން ފެށިގެން މިއަދާއި ހަމައަށް މިވީ އެއްއަހަރާއި 7 މަހާއި 12 ދުވަހައެވެ. މިއަދު (2025 ޖޫން 29) ވަނަ ދުވަހު ރައީސް ސިންގަޕޫރަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި ފުރާވަޑައި އެގަތީ ވެރިކަމަށް ވަޑައިގެން ދުވަހުން ފެށިގެން މިއަދާއި ހަމައަށް ރާއްޖެއިން ބޭރަށް ކުރައްވާ 23 ވަނަ ދަތުރުފުޅަށެއެވެ. މިއީ ވެރިކަމުގައި މިހާތަނަށް ހޭދަކުރެއްވި 19 ވަރަކަށް މަސްދުވަހަށް ބަލާނަމަ ކޮންމެ މަހަކަށް ދަތުރަކަށްވުރެ ބޮޑު އަދަދެކެވެ.

މިހާހިސާބުން ދެން ބަލާލަންވީ ރާއްޖޭގެ ތާރިހުގައިވެސް ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވި ރައީސުންގެ ތެރެއިން ރާއްޖެއިން ބޭރަށް އެންމެ ގިނަ ދަތުރުފުޅު ކުރެއްވި ރެކޯޑް ނިސްބަތުން މިވަގުތަށް އޮތް، ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖެއިން ބޭރަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅުތަކުން މިގައުމަށްވީ ކޮން ކަމެއްތޯއެވެ. ލިބުނީ ކޮން ފާއިދާއެއްތޯއެވެ. ހާސިލްކުރެވުނީ ކޮން އެއްޗެއްތޯއެވެ. މިއަދުވެސް އިވެނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރާއްޖެއަށް އެހީ ބޭނުންވެގެން ސަލާން ޖަހާއަޑެއެވެ. މިވަގުތުވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބްވެސް ހުންނެވީ މިފަދަ ދަތުރުފުޅެއްގައި ސްޕެއިންގައެވެ. ވަޒީރުން ކުރާ ދަތުރުތައްވެސް އެހާގިނައެވެ. އެޑްވައިޒަރުންނާއި މަންދޫބުންވެސް ހަމަ އެވަރެއެވެ. އެކަމަކު ލިބުނީ ކޮން އެއްޗެއްތޯއެވެ. ކުރީގެ ސަރުކާރުން ކުރިއަށް ގެންދިޔަ ހުރިހާ މަޝްރޫއުތަކެއް ހުރީ ހުއްޓިފައެވެ. އަޅާ ނިމިފައި ހުރި އިމާރާތްތަކާއި، އަޅަން ފަށާ ވަކި ހިސާބަކަށް ގޮސްފައިހުރި އިމާރާތްތަކާއި، ފަށާފައި ހުރި ބަނދަރުތައްވެސް ކުރިއަށް ނުގެންދެވި ހަލާކުވެ ވީރާނެ ދަނީއެވެ. ހިއްކާފައިހުރި ހުރިހާ ބިމެއް ވަށައިގެން ލާންޖެހޭ ތޮށި ނުލެވި ހުރެ، ގިރައިގެން ދަނީއެވެ. ކިޔާތީ އިވެނީ ބޮޑު ހިލަ ނުލިބޭ ވާހަކައެވެ. ހުއްޓިފައިހުރި އާރްޓީއެލްގެ ލޯންޗްތަކާއި، ހައިމާކްތަކާއި، ޑްރެޖަރުތައް ނުހެދިހުރެ ވީރާނެވަދަނީއެވެ. ކިޔާތީ އިވެނީ ސްޕެއަރ ޕާޓްސް ނެތް ވާހައެވެ. ދައުލަތުން ޕްރައިވެޓް ކުންފުނިތަކަށް ދައްކަން ހުރި ފާއިސާއެއް ނުދައްކައެވެ. ބޭހެއް ނުގެނެއެވެ. އާސަންދައެއް ރަނގަޅަކަށް ނުދެއެވެ. ކިޔާތީ އިވެނީ ފާއިސާ ނެތް ވާހަކައެވެ. ވެރިކަމަށް ވަޑައިގެންނެވިއިރު ކަޅު ބާޒާރުގައި 17އަށް ހުރި ޑޮލަރުގެ އަގު ވިހިން މައްޗަށް އެރީއެވެ. ކިޔާތީ އިވެނީ ޑޮލަރު ނެތީ ކަމަށެއެވެ. އަލަށް ފެށި މަޝްރޫއުއެއް، ބޮޑު ކުރި މުސާރައެއް، އަލަށް ދޭން ފެށި އިނާޔަތެއް ފެންނަން ނެތް ތާނގައި، ރައްޔިތުންގެ ޔުޓިލިޓީސް ބިލްތައް ބޮޑުކޮށް، ޓެކްސް ބޮޑުކޮށް، ރިސޯޓްތަކަށް ލިބޭ ޑޮލަރު ބޭންކަށް މާރުކުރަން މަޖުބޫރުކޮށް، ރައްޔިތުންގެ ޖީބުތައް ހުސްކުރަނީއެވެ.

ދިގު ކުރާކަށް ކިޔާނެ ކަމެއް ނެތެއެވެ. ރަނގަޅަށް އޮތް ހަމަ އެއްކަމެއްވެސް ފެންނާކަށް ނެތެއެވެ. އެކަމަކު އެހީ ހޯއްދެވުމުގެ ނަމުގައި، ފަންޑު ހޯއްދެވުމުގެ ނަމުގައި، ރައީސްއާއި ރައީސްގެ ނައިބް، މުޅި ދުނިޔޭގައި އުދުހެނީއެވެ. ނުދާ ގައުމެއް ނެތެއެވެ. ހީވަނީ ހުރިހާ ގައުމަކަށް ދަތުރުކުރުމުގެ ރެކޯޑް ހައްދަވަން އުޅުއްވާހެންނެއެވެ. ބައެއް ގައުމުތަކަށް ދެފަހަރު ތިން ފަހަރުވެސް ވަޑައިގަންނަވަނީއެވެ. ނައިބް ރައީސް ބޭރުގައި ހުއްޓާވެސް ނައްޓާލަނީއެވެ.

ދެތުފުޅެކެވެ. މިއިން ދަތުރުފުޅަކުން ގައުމަށް ލިބުނު އެއްޗެއް ހޯދުނު މަންފާއެއް ނެތަސް ވާ އެއް ކަމެއް އެބައޮތެއެވެ. އެއީ ހަރަދެއެވެ. ރައްޔިތުންގެ ޓެކްސް ފާއިސާއިން މުޅި ދުނިޔޭގައި އުދުހެން ރައީސްއާއި ނައިބް ރައީސް ކުރައްވަމުން ގެންދަވާ ބޭކާރު ހަރަދެއެވެ. ގައުމު އޮތް ހާލަތަކަށް، ރައްޔިތުން ތިބި ހާލަތަކަށް ބެއްލެވުމެއް ނެތެއެވެ. ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ރާއްޖޭގެ ރޭޓިން ދަށްކުރަނީއެވެ. ހަރަދު ކުޑަކުރަން ރެކޮމޮޑޭޝަންތައް ދެނީއެވެ. އެކަމަކު ރައީސްއަށް ކަހެރިވަކެކޭވެސް ހީވާހެނެއް ހިޔެއް ނުވެއެވެ. ބަންޑާރަ ކަފަ އަމިއްލަ ބާލީހަށް ލެއްވުމުގައި ހޭބޯ ނާރާ ރައީސްއާއި ނައިބް ރައީސް އުޅުއްވަނީއެވެ. މިހާވަރުން ސާބަހޭ ނުދަންނަވާ ދެން ދަންނަވަން އޮތީ ކޮންއެއްޗެއްތޯއެވެ. ތިއޮތީ ވެރިކަމެއް ލިބިފައެވެ. ރަނުގެ ފުރުޞަތެއް ލިބިފައެވެ. އެންމެ ވަގުތުކޮޅެއްވެސް ދޫކޮށްނުލައްވާށެއެވެ. އެންމެ ހިނދުކޮޅަކުވެސް މަޑުން ނުހުންނަވާށެއެވެ. ދަތުރުކުރައްވާނެ އެއަރލައިންތައް މަދެއް ނުވާނެއެވެ. ޖައްސާނެ އެއަރޕޯޓްތަކާއި ޒިޔާރަތްކުރައްވާނެ ތަންތަންވެސް އިރާދަކުރެއްވިއްޔާ ހުހެއް ނުވާނެއެވެ. ރައްޔިތުންގެ ބޮޑު އަގްލަބިއްޔަތަކުން މަނިކުފާނަށް ވެރިކަން ހަވާލުކުރީ މުޅި ދުނިޔޭގައި އުދުހެންނޫންތޯއެވެ. ދަތުރުކޮށްފައި ބަހައްޓަވާށެއެވެ. ތިޔަ ހިންގަވަނީވެސް ވެރިކަމެއް ވިއްޔާއެވެ.

ނައިބް ރައީސްރައީސް މުއިއްޒު

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

12 ޑިސެމްބަރު 2025
ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި
12 ޑިސެމްބަރު 2025

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު
11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
11 ޑިސެމްބަރު 2025

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު
10 ޑިސެމްބަރު 2025

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް
10 ޑިސެމްބަރު 2025

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި
08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
07 ޑިސެމްބަރު 2025

މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

07 ޑިސެމްބަރު 2025
މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން
06 ޑިސެމްބަރު 2025

ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި

06 ޑިސެމްބަރު 2025
ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި
06 ޑިސެމްބަރު 2025

އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!

06 ޑިސެމްބަރު 2025
އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް