Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ހުޅުމާލެ ސެންޓްރަލް ޕާކު

ޕިއްޒާ ބޯނާ އަލްޓިމޭޓް ޗެލެންޖް - ފޯރި ގަދަ، ލިބުނީ ހޫނު ތަރުޙީބެއް

ޕިއްޒާ ބޯނާ އަލްޓިމޭޓް ޗެލްންޖުގެ ދެވަނަ އެޑިޝަން ހުކުރު ދުވަހު ބޭއްވިއިރު، މީގެ ފުރަތަމަ އެޑިޝަން ކުރިއަށް ގެންގޮސްފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ 25 ގަ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 27 ޖޫން 2025 | ހުކުރު 14:07
ހުޅުމާލޭ ސެންތަރަލް ޕާކުގައި ޕީއްޒާ ބޯނާގެ ފަރާތުން ކުރިއަށް ގެންދިއަ ޕިއްޒާ އަލްޓިމޭޓް ޗެލެންޖްގެ ތެރެއިން

ހުޅުމާލޭ ސެންތަރަލް ޕާކުގައި ޕީއްޒާ ބޯނާގެ ފަރާތުން ކުރިއަށް ގެންދިއަ ޕިއްޒާ އަލްޓިމޭޓް ޗެލެންޖްގެ ތެރެއިން

މިހާރު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށް ދާ މޯލްޑިވްސް ފުޑް ކާނިވަލްގެ ތެރެއިން ކުރިއަށް ގެންދިޔަ ޕިއްޒާ ބޯނާ އަލްޓިމޭޓް ޗެލްންޖަށް ވަރަށް ހޫނު ތަރުޚީބެއް ލިބުނު ކަމަށް ޕިއްޒާ ބޯނާގެ ފަރާތުން ބުނެފިއެވެ.

ޕިއްޒާ ބޯނާ އަލްޓިމޭޓް ޗެލްންޖުގެ ދެވަނަ އެޑިޝަން ހުކުރު ދުވަހު ބޭއްވިއިރު، މީގެ ފުރަތަމަ އެޑިޝަން ކުރިއަށް ގެންގޮސްފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ 25 ގައެވެ. ޕިއްޒާ ބޯނާ އަލްޓިމޭޓް ޗެލެންޖްގެ ދެވަނަ އެޑިޝަނަށް ވެސް ވަރަށް ހޫނު ތަރުޚީބެއް ވަނީ ލިބިގެން ގޮސްފައެވެ.

Advertisement - businessAdvertisement

18 މިނިޓުގެ ދިގުމިނަށް ކުރިއަށް ގެންދިޔަ މި ޕިއްޒާ ޗެލެންޖަކީ އެންމެ އަވަހަށް ޕިއްޒާ ބޯނާގެ އެންމެ ބޮޑު ޕިއްޒާ ހުސްކުރާ މީހަކު ހޮވާ ގޮތަށް ކުރިއަށް ގެންދިޔަ ޗެލެންޖެކެވެ. ރަނގަޅު އިނާމުތަކަކާއި އެކު ކުރިއަށް ގެންދިޔަ އެ ޗެލެންޖުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވާފައި ވެއެވެ.

އެގޮތުން 9 މިނިޓް 07 ސިކުން ޕިއްޒާ އެއް ކާލައިގެން އެއްވަނަ ހާސިލް ކުރީ އަހުމަދު ރަފާހު އެވެ. އެއް ވަނަ އަށް ހޮވުނު ފަރާތަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ލިިބިފަ އެވެ.

10 މިނިޓް 18 ސިކުންތުން ޕިއްޒާ އެއް ހުސްކޮށްގެން ދެ ވަނަ ހާސިލް ކުރި މުޙައްމަދު ރިފްހާން އަށް 2500 ރުފިޔާގެ އިނާމެއް ވަނީ ދީފައެވެ.

ތިން ވަނަ އަށް ދިޔަ މުޙައްމަދު ސަޖާދު އަށް އިނާމެއްގެ ގޮތުން ދީފައި ވަނީ 1000 ރުފިޔާއެވެ. އޭނާ އަށް ތިން ވަނަ ލިބުނީ 14 މިނިޓް 51 ސިކުންތުން ޕިއްޒާ އެއް ހުސްކޮށްގެންނެވެ.

ޕިއްޒާ ބޯނާގެ ޑިރެކްޓަރ ހުސެއިން ހާލީ ވިދާޅުވީ ހުޅުމާލޭގެ ސެލްޓަރަލް ޕާކުގައި ބާއްވާ ފުޑްކާނިވަލް ފަދަ އިވެންޓުތަކާއި ގުޅިގެން ޕިއްޒާ ބޯނާގެ ފަރާތުން ޕިއްޒާ ބޯނާ އަލްޓިމޭޓް ޗެލްންޖު ފަދަ މުބާރާތްތައް ބާއްވަމުން އަންނަ ކަމަށާއި އެފަދަ ހަރަކާތްތައް ބާއްވަނީ ޕިއްޒާ ބޯނާގެ ކަސްޓަމަރުންނަށް ޓަކައި ކަމަށެވެ.

އެގޮތުން ޕިއްޒާ ބޯނާގެ ކަސްޓަމަރުންގެ ފަރާތުން މިފަދަ އިވެންޓް ތަކަށް ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދާކަމަށާއި މިހާތަނަށް ބޭއްވި ދެ އެޑިޝަނަށް ވެސް ހީނުކުރާ ވަރުގެ ހޫނު ތަރުހީބެއް ލިބިފައިވާ ކަމަށް ހާލީ ވިދާޅުވިއެވެ. އަދި ޕިއްޒާ ބޯނާގެ މިފަދަ ހަރަކާތްތަކަށް ކަސްޓަމަރުން ދެއްވާ ތަރުހީބަށް ހާލީ ވަނީ ޕިއްޒާބޯނާގެ ނަމުގައި ޝުކުރު ދަންނަވާފައެވެ.

މި ހަރަކާތަށް ހީކުރިވަރަށް ވުރެ ރަނގަޅު ކާމިޔާބެއް ލިބިފައިވާކަން ފާހަގަކޮށް އޭނާ ވަނީ ކުރިއަށް އޮތްތަނުގައި މިފަދަ އިތުރު ބައެއް ތަފާތު ކަންކަން ޕިއްޒާ ބޯނާގެ ކިބައިން ފެނިގެންދާނެކަން ހާމަކޮށްފައެވެ.

މިއަށް ވުރެ ފެންވަރު ރަނގަޅު މުބާރާތެއް ބޭއްވުމަށް އުންމީދުކުރާކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުމޯލްޑިވްސް ފުޑް ކާނިވަލްޕިއްޒާ ބޯނާ އަލްޓިމޭޓް ޗެލެންޖްޕިއްޒާ ބޯނާ

ކޮމެންޓް

އިތުރަށް ކިޔާލަން

އެއްވަނައަށް 7500 ޑޮލަރުގެ އިނާމު ލިބޭ، ދިލްމާ ނެޗުރަލް ސޮމެލިއަރ ޗެލެންޖް ފަށައިފި

އެއްވަނައަށް 7500 ޑޮލަރުގެ އިނާމު ލިބޭ، ދިލްމާ ނެޗުރަލް ސޮމެލިއަރ ޗެލެންޖް ފަށައިފި

09 ސެޕްޓެމްބަރު 2025
ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް 2025 ގެ ކޯ ސްޕޮންސަރަކަށް ސިމްޑީ

ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް 2025 ގެ ކޯ ސްޕޮންސަރަކަށް ސިމްޑީ

09 ސެޕްޓެމްބަރު 2025
ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025ގެ މެޑަލް އަދި ރޭސް ކިޓް ދައްކާލައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025ގެ މެޑަލް އަދި ރޭސް ކިޓް ދައްކާލައިފި

01 ސެޕްޓެމްބަރު 2025
ދިރާގު މޯލްޑިވްސް ރޯޑްރޭސް 2025 ގެ ކޯޕަރޭޓް ޓީމް ގިންތީގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފި

ދިރާގު މޯލްޑިވްސް ރޯޑްރޭސް 2025 ގެ ކޯޕަރޭޓް ޓީމް ގިންތީގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފި

22 އޯގަސްޓު 2025
މިއަދަކީ ވެކޭޝަންސް އެކްސްޕޯ 2025 ގެ ފަހު ދުވަސް!

މިއަދަކީ ވެކޭޝަންސް އެކްސްޕޯ 2025 ގެ ފަހު ދުވަސް!

20 އެޕްރީލު 2025

އަހަރުތަކުން މިއަދު

7 އެޕްރީލު
ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް
20251 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!
20233 އަހަރު ކުރިން
ރިޕޯޓު

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް
20224 އަހަރު ކުރިން
ރިޕޯޓު

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ
20215 އަހަރު ކުރިން
ރިޕޯޓު

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް
20197 އަހަރު ކުރިން
ރާއްޖެ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!
20188 އަހަރު ކުރިން
ރާއްޖެ

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު