Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ޣައްޒާ އަށް އިންސާނީ އެހީ ފޯރުކުރުން ހުއްޓާލުމަށް އިސްރާއީލްގެ ވަޒީރަކު ގޮވާލައްވައިފި

އެންމެ އަވަހަށް ދެން އޮންނަ، އިސްރާއީލް ސަރުކާރުގެ ކެބިނެޓު ބައްދަލުވުމެއްގައި އެ މައްސަލަ އަށް ވޯޓު ނަގަން ބޭނުންވާ ކަމަށާއި، އެކަން ކުރަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 26 ޖޫން 2025 | ބުރާސްފަތި 09:02
އިސްރާއީލްގެ ސެކިއުރިޓީ މިނިސްޓަރު އިޓަމާ ބެން ގްވީރް

އިސްރާއީލްގެ ސެކިއުރިޓީ މިނިސްޓަރު އިޓަމާ ބެން ގްވީރް

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގެ ސަބަބުން ޣައްޒާ ޙާލުގައި ޖެހިފައިވާއިރު، ޣައްޒާ އަށް އެތެރެ ކުރަމުން އަންނަ އިންސާނީ އެހީ އެތެރެ ކުރުން ހުއްޓާލަން ޖެހޭ ކަމަށް އިސްރާއީލްގެ ސެކިއުރިޓީ މިނިސްޓަރު އިޓަމާ ބެން ގްވީރް ގޮވާލައްވައިފި އެވެ.

އިސްރާއީލް އިން ޣައްޒާ އަށް އިންސާނީ އެހީ އެތެރެ ކުރުމަށް ހުއްދަ ދީފައި ވީ ނަމަވެސް، އިންސާނީ އެހީ އެތެރެ ކުރަމުން އަންނައިރު ވެސް އިސްރާއީލްގެ އަސްކަރިއްޔާ އިން އަންނަނީ އެކަމަށް ހުރަސް އަޅަމުންނެވެ. އެގޮތުން އެހީ ހޯދުމަށް އެއްވާ އާންމުންނަށް ހަމަލާދީ، އެތައް ބަޔަކު މިހާތަނަށް ވެސް ޝަހީދު ކޮށްލާފައިވެ އެވެ.

އިޓަމާ ބެން ގްވީރް ވިދާޅުވެފައި ވަނީ، މިހާރު ޣައްޒާ އަށް ފޮނުވަަމުން އަންނަ އިންސާނީ އެހީ އާއި، އެ ޤައުމަށް އެތެރެ ކުރަމުން އަންނަ އިންސާނީ އެހީ ވެސް ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި އެކަމަކީ ނުހަނު ލަދުވެތި ކަމެެއް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

އިޓަމާ ބެން ގްވީރް އޭނާގެ ރަސްމީ އެކްސް އެކައުންޓުގައި ކުރި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، އިސްރާއީލް އިން މިހާރު ބޭނުން ވަނީ ވަގުތީ ގޮތުން އިންސާނީ އެހީ އެތެރެ ކުރުން ހުއްޓާލުން ނޫން ކަމަަށެވެ. އޭގެ ބަދަލުގައި މުޅިން އެއްކޮށް، އަދި އަބަދުގެ އަބަދަށް އެހީ އެތެރެ ކުރުން ހުއްޓާލަން ޖެހޭ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. 

މީގެ އިތުރުން އޭނާ ވިދާޅުވީ، މީގެ އެއް މަސް ދުވަހާއި ދެ ހަފުތާ ކުރިން ނެގި ވޯޓުގައި ވެސް، އިންސާނީ އެހީ އެތެރެ ކުރުމާ ދެކޮޅަށް ވޯޓު ދެއްވީ އޭނާ އެކަނި ކަަމަށެވެ. އަދި ޣައްޒާ އަށް މިހާރު އެތެރެ ކުރަމުން އަންނަ ކާބޯ ތަކެއްޗާއި، އެހެނިހެން އިންސާނީ އެހީގެ ކޮންޓްރޯލް ހަމާސް ޖަމާއަތުން ނަގަމުންދާ ކަމަށާއި، އެކަމުގެ ސަބަބުން އެ ޖަމާއަތަށް ދިރުން ލިބެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

އިތުރަށް އިޓަމާ ބެން ގްވީރް ވިދާޅުވީ، ޣައްޒާ އަށް ވަންނަމުން އަންނަ އިންސާނީ އެހީ ހުއްޓުވާލުމަކީ، ޣައްޒާގައި އިސްރާއީލް އިން ކުރަމުން އަންނަ ހަނގުރާމައިގައި ކާމިޔާބު ހޯދުމަށް އަވަސް ވެގަންނާވެ އަދި އެކަމަށް މަގުފަހިވާނެ ކަމެއް ކަމަށެވެ. 

އެހެންކަމުން އެންމެ އަވަހަށް ދެން އޮންނަ، އިސްރާއީލް ސަރުކާރުގެ ކެބިނެޓު ބައްދަލުވުމެއްގައި އެ މައްސަލަ އަށް ވޯޓު ނަގަން ބޭނުންވާ ކަމަށާއި، އެކަން ކުރަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް، މިކަމާ ގުޅިގެން އިސްރާއީލް ސަރުކާރުގެ ކެބިނެޓުގެ އެހެން މެމްބަރުން ވަކި އެއްޗެއް ހާމަކޮށްފައި ނުވެ އެވެ. 

އިޒްރޭލްޣައްޒާއިންސާނީ އެހީއިޓަމާރ ބެން-ގްވިރްހަމާސްޣައްޒާ ހަނގުރާމަ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު