Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް

އިސްރާއީލާ ދެކޮޅަށް އީރާނުން ދިން ވަރުގަދަ ހަމަލާތަކުގެ ކާމިޔާބީ ފާހަގަ ކުރަން އެތައް ހާސް މީހުން ނުކުމެއްޖެ

އެއްވުމުގައި ބައިވެރިވި މީހުން އިސްރާއީލުން ހިންގި ޖަރީމާތައް ކުށްވެރިކޮށް، އެމެރިކާ އަކީ މި ޖަރީމާ ތަކުގެ ބައިވެރި އެއް ކަމަށް ބުނެ އަޑު އުފުލާފައިވޭ

ރާއްޖެ އެމްވީ | 25 ޖޫން 2025 | ބުދަ 02:51
12 ދުވަހުގެ ހަނގުރާމައިގައި އިސްރާއީލުގެ މައްޗަށް ލިބުނު ކާމިޔާބީ ފާހަގަ ކުރަން އީރާނުގެ އެތައް ހާސް މީހުން ޖަމާވި- ޖޫން 24، 2025

12 ދުވަހުގެ ހަނގުރާމައިގައި އިސްރާއީލުގެ މައްޗަށް ލިބުނު ކާމިޔާބީ ފާހަގަ ކުރަން އީރާނުގެ އެތައް ހާސް މީހުން ޖަމާވި- ޖޫން 24، 2025

އިސްރާއީލުގެ އަނިޔާވެރިކަމާ ކުރިމަތިލާ އީރާނުގެ ހަތިޔާރުއެޅި ބާރުތަކުން ދެއްކި ވަރުގަދަ ހިތްވަރަށް ތާއީދު ކޮށް އެތައް ހާސް އީރާނުގެ ރައްޔިތުން ޝުއޫރު ފާޅު ކޮށްފިއެވެ.

އަންހެނުންނާއި ފިރިހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތައް ގިނަ އަދަދެއްގެ ބަޔަކު ޖަމާވީ ތެހެރާންގެ މެދުތެރޭގައިވާ އިންޤިލާބު މައިދާނަށެވެ. އެއްވި މީހުން ވަނީ އިސްރާއީލުގެ ހަމަލާތަކާ ދެކޮޅަށް ޖިހާދު ކޮށް ގައުމުގެ މިނިވަންކަން ދިފާޢު ކުރި ސިފައިންނަށް ތާއީދު ފާޅު ކޮށްފައެވެ.

އެއްވުމުގައި ބައިވެރިވި މީހުން އިސްރާއީލުން ހިންގި ޖަރީމާތައް ކުށްވެރިކޮށް، އެމެރިކާ އަކީ މި ލޭއޮހޮރުވުމުގައި ބައިވެރިވާ ފަރާތެއް ކަމަށް ބުނެ، "އެމެރިކާ އަށް މަރު"، "ކުޑަކުދިން މަރާ އިސްރާއީލަށް މަރު"، އަދި "އެއްވެސް އެއްބަސްވުމެއް ނެތް، އަމާން ދިނުމެއް ނެތް - އެމެރިކާ އާ ދެކޮޅަށް ހަނގުރާމަ" ފަދަ ބާރުގަދަ ޝިއާރުތައް ފާޅުކޮށްފައި ވެއެވެ.

އީރާނުގެ ދިދަތަކާއި، އިސްލާމީ އިންޤިލާބުގެ ލީޑަރު އާޔަތު ﷲ ސައްޔިދު ޢަލީ ޚާމަނާއީގެ ފޮޓޯތަކާއި، އިސްރާއީލާ އެކު ކުރި 12 ދުވަހުގެ ހަނގުރާމައިގައި ޝަހީދުވި މީހުންގެ ފޮޓޯތައް ހިފައިގެން ތިބި މީހުން، "އަހަރެމެން އެންމެ ފަހު ވަގުތައް ދާންދެން ތިބޭނަން"، "އެމެރިކާ އަކީ އިސްރާއީލުގެ ހުރިހާ ޖަރީމާ އެއްގެ ބައިވެރިއެއް"، "މަޖުބޫރުކުރާ ސުލްހައަކަށް ނޫނެކޭ، ދެމިގެންދާ ސުލްހައަކަށް އާނއެކޭ"، ފަދަ ލިޔުންތައް ލިޔެފައިވާ ބޯޑުތައް އުފުލާފައި ވެއެވެ.

އެއްވި މީހުން އިސްލާމިކް ރިވޮލިއުޝަނަރީ ގާޑްސް ކޯޕްސް (އައި.އާރް.ޖީ.ސީ)، އާއި ސިފައިންނާއި، ފުލުހުންގެ ސާބިތުކަމާއި ހިތްވަރަށް ތަޢުރީފު ކޮށްފައި ވެއެވެ.

އީރާންއިޒްރޭލްއެމެރިކާއާޔަތުﷲ ސައްޔިދު އަލީ ޚާމެނީއިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްތެހެރާންއިޒްރޭލް-އިރާން ހަނގުރާމަ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު