Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ

އެމްޑީޕީގެ ދާއިމީ ޗެއާޕަރސަން ހޮވުން ކައުންސިލް އިންތިޚާބުގެ ފަހަށް

ޗެއާޕަރސަން އިންތިޚާބު ލޯކަލް ކައުންސިލް އިންތިޚާބުގެ ފަހުން ބޭއްވުމަށް ހުށަހެޅުއްވީ ހޯރަފުށީ ދާއިރާގެ ރައީސް އަހްމަދު ސަލީމް

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 9 ޑިސެމްބަރު 2025 | އަންގާރަ 06:41
އެމްޑީޕީ ގައުމީ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން - 08.12.2025

އެމްޑީޕީ ގައުމީ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން - 08.12.2025

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީ އަށް ދާއިމީ ޗެއާޕަރސަންގެ މަގާމަށް މެންބަރަކު ހޮވުމަށް ބާއްވާ އިންތިޚާބު، ލޯކަލް ކައުންސިލް އިންތިޚާބަށް ފަހު ބާއްވާ ގޮތަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސް ކޮށްފި އެވެ.

ހޯމަ ދުވަހުގެ ރޭ އެމްޑީޕީ އިން ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ހޯރަފުށީ ދާއިރާގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ސަލީމް ވަނީ އެ މަގާމަށް ދާއިމީ މެންބަރަކު ހޮވުމަށް ނަގާ ވޯޓު ލޯކަލް ކައުންސިލް އިންތިޚާބުގެ ފަހުން ބޭއްވުމަށް ހުށަހަޅާފަ އެވެ.

Advertisement - newsAdvertisement

މެންބަރުގެ އެ ހުށަހެޅުއްވުން ފާސްވީ، ބައްދަލުވުމުގައި ބައިވެރިވި 58 މެންބަރުންގެ ވޯޓާ އެކު އެވެ.

ސަލީމް ވިދާޅުވީ އެ އިންތިޚާބު ފަސް ކުރަން ހުށަހެޅުއްވީ ކުރިއަށް އޮތީ ލޯކަލް ކައުންސިލް އިންތިޚާބު ކަމަށް ވުމާއެކު ޕާޓީގެ އެފަދަ ބޮޑު އިންތިޚާބެއް ބާއްވާ، ކައުންސިލް އިންތިޚާބަށް ހިޔަނި ނޭޅޭނެ ގޮތަކަށް އިންތިޒާމު ހަމަޖެއްސުމަށް ކަމަށެވެ.

ކުރިއަށް އޮތީ ލޯކަލް ކައުންސިލް އިންތިޚާބު ކަމަށް ވެފައި އެ އިންތިޚާބަށް ހިޔަނި އެޅޭ ގޮތަކަށް ޕާޓީގެ ބޮޑު އިންތިޚާބެއް ކުރިއަށް ގެންދިއުމަކީ ބުއްދިވެރި ކަމަކަށް ނުވާތީ. އެ އިންތިޚާބަށް ހިޔަނި އެޅިދާނެ އެއްވެސް ކަމެއް އަޅުގަނޑުމެން ކުރަން ބޭނުން ނުވާތީ.... އަޅުގަނޑުމެންނަކަށް ނެތް ލޯކަލް ކައުންސިލް އިންތިޚާބަށް ދޭންޖެހޭ ސަމާލުކަން ނުދީ ހަމަ އެއްވެސް ގޮތެއް.
ހޯރަފުށީ ދާއިރާގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ސަލީމް

އެމްޑީޕީ ގެ ޗެއާޕަރސަންގެ މަގާމު ހުސްވެފައި ވަނީ އެ މަގާމުގައި ހުންނެވި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

ހޯމަ ދުވަހުގެ ރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ވަނީ އެމްޑީޕީގެ ވަގުތީ ޗެއާޕަރސަންގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ އިންތިޚާބު ކޮށްފަ އެވެ.

އެ ޖަލްސާގައި ގައުމީ މަޖިލީހު ގެ މެންބަރެއް ކަމުގައިވާ އިލްހާމް އަހުމަދު ޕާޓީގެ ވަގުތީ ޗެއާޕަރސަން ކަމުގެ މަގާމަށް ހަނިމާދޫ ދާއިރާގެ މަޖިލީހު ގެ މެންބަރު އަބްދުލްޣަފޫރު މޫސާގެ ނަން ހުށައެޅުއްވުމުން އެ ނަމަށް ތާއިދު ލިބި ޕާޓީގެ ވަގުތީ ޗެއާޕަރސަން ކަމަށް އަބްދުލްޣަފޫރު ހޮވުނީ ގައުމީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވި 66 މެންބަރުންގެ ތެރެއިން 65 މެންބަރުންގެ ވޯޓާއެކު އެވެ. އަބްދުލްޣަފޫރު ވަނީ އޭނާ އެ މަޤާމަށް ހޮވުމުން ވޯޓުދެއްވި މެމްބަރުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.

އަބްދުލްޣަފޫރު މޫސާ އަކީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ އެންމެ ގިނަ ދުވަސްވީ މެންބަރެވެ. އޭނާ އަކީ މަޖިލީހުގައި ވެސް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ މެންބަރެކެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއަހުމަދު ސަލީމްލޯކަލް ކައުންސިލް އިންތިހާބުގައުމީ މަޖިލިސް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ
09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
07 ޑިސެމްބަރު 2025

އެމްޑީޕީ ގެ ގައުމީ މަޖިލިސް ހޯމަ ދުވަހު ރޭ: ވަގުތީ ޗެއާޕާސަން ހޮވުން އޮންނާނެ!

07 ޑިސެމްބަރު 2025
އެމްޑީޕީ ގެ ގައުމީ މަޖިލިސް ހޯމަ ދުވަހު ރޭ: ވަގުތީ ޗެއާޕާސަން ހޮވުން އޮންނާނެ!
06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު