Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއިލް-އީރާން ހަނގުރާމަ

ހަނގުރާމަ ހުއްޓާލަންވީ އެއްބަސްވުމާ ޚިލާފު ނުވާތި: ޓްރަމްޕް

ޓްރަމްޕް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލު ކުރަން ފެށިފައިވާ ކަމަށެވެ.

ޖޫން މަހުގެ 13 ވަނަ ދުވަހު އިސްރާއީލް އިން އިސްވެ އީރާނަށް ދިން ހަމަލާއާ ގުޅިގެން، އީރާން އިން ވެސް ވަނީ އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދީފަ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 ޖޫން 2025 | އަންގާރަ 06:19
އީރާނަށް ހަމަލާ ދިންކަން އިއުލާާން ކުރުމަށް އެމެރިކާގެ ރައީސް ޓްރަމްޕް ބޭއްވި ޕްރެސް ބްރީފިން

އީރާނަށް ހަމަލާ ދިންކަން އިއުލާާން ކުރުމަށް އެމެރިކާގެ ރައީސް ޓްރަމްޕް ބޭއްވި ޕްރެސް ބްރީފިން

އިސްރާއީލް އާއި އީރާނާ ދެމެދު ކުރިއަށް ދިޔަ ހަނގުރާމަ ހުއްޓާލަން ދެ ޤައުމުގެ ދެ މެދުގައި ވެވުނު އެއްބަސްވުމާ ޚިލާފު ނުވާން އެމެރިކާގެ ރައީސް ޑޮނަލްޑް ޓަރަމްޕް އެދިވަޑައިގެންފި އެވެ.

ޖޫން މަހުގެ 13 ވަނަ ދުވަހު އިސްރާއީލް އިން އިސްވެ އީރާނަށް ދިން ހަމަލާއާ ގުޅިގެން، އީރާން އިން ވެސް ވަނީ އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ.

އޭގެ ފަހުން ބުދަ ދުވަހު ވަނީ ހަނގުރާމަ ހުއްޓާލުމަށް ދެ ޤައުމުން ވެސް އެއްބަސްވެފަ އެވެ. އެކަމާ ގުޅިގެން ޓްރަމްޕް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލު ކުރަން ފެށިފައިވާ ކަމަށެވެ.

އަދި އެދިވަޑައިގެންނެވީ އެއްވެސް ފަރާތަކުން އެ އެއްބަސްވުމާ ޚިލާފު ނުވުމަށެވެ.

މީގެ އިތުރުން އިސްރާއީލާއި އީރާނާ ދެމެދު ކުރިއަށް ދިޔަ 12 ދުވަހުގެ ހަނގުރާމަ ހުއްޓާލަށް ދެ ޤައުމުން ވެސް އެއްބަސްވުމާ ގުޅިގެން އެކަމަށް މަރުޙަބާ ކިޔާ ކަމަށް ޓްރަމްޕް ވިދާޅުވެފައިވެ އެވެ.

އިތުރަށް ޓްރަމްޕް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ހުރިހާ ކަމެއް ވެސް ދެން ކުރިއަށް ދާނީ ރޭވިފައިވާ ގޮތަށް ކަމަށް ޤަބޫލު ކުރައްވާ ކަމަށާއި، ހަނގުރާމަ ނިންމުމަށް އިސްރާއީލާއި އީރާނުން ދައްކާފައިވާ ހިތްވަރާއި، ކެތްތެރިކަން އަދި ވިސްނުންތެރި ކަމަށްޓަކައި ދެ ޤައުމުގެ ލީޑަރުންނަށް ވެސް މަރުޙަބާ ކިޔަން ބޭނުންވާ ކަމަށެވެ.

އިސްރާއީލާއި އިރާނާ ދެމެދު ހަނގުރާމަ ފެށުނީ، އިސްރާއީލް އިން އިސްވެ އީރާނަށް ދިން ހަމަލާއަކާ ގުޅިގެންނެވެ. އޭގެ ފަހުން އީރާން އިން ވެސް ވަނީ އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ. އެ ހަމަލާތަކުގައި އިސްރާއީލަށް ވަނީ ބޮޑެތި ގެއްލުން ތަކެއް ވެސް ލިބިފަ އެވެ.

އޭގެ ފަހުން އެމެރިކާ އިން ވެސް ވަނީ އީރާނަށް ހަމަލާ ދީފަ އެވެ. އެއާއެކު މަޝްރަހު ވަރަށް ބޮޑަށް ގޯސްވާނެ ކަމަށް ބެލެވިފައި ވަނިކޮށް، ހޯމަ ދުވަހުގެ ރޭ އީރާން އިން ވަނީ ޤަތަރުގައި ހުރި އެމެރިކާގެ ބޭސް އަކަށް ހަމަލާ ދީފަ އެވެ.

އިޒްރޭލްއީރާންޑޮނަލްޑް ޓްރަމްޕްހުއްޓުން

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު