Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިސްރާއީލް-އީރާން ހަނގުރާމަ

ހަނގުރާމަ ނިމުނު ކަން ޓްރަމްޕް އިއުލާނު ކުރެއްވިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި އިސްރާއީލުން ތެެހެރާނަށް ބޮން އަޅަން ފަށައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންގާރަ ވިލޭރޭގެ ފަހުގެ ގަޑިއެއްގައި ސޯޝަލް މީޑިއާ ގައި ކުރެއްވި ޕޯސްޓެއްގައި ދެ ފަރާތުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށް އިއުލާނު ކުރައްވާ އީރާން އަށާއި އިސްރާއީލަށް މަރުހަބާ ވިދާޅުވެފައިވޭ

ރާއްޖެ އެމްވީ | 24 ޖޫން 2025 | އަންގާރަ 01:33
އީރާނުގެ ދައުލަތުގެ ބްރޯޑްކާސްޓަރުގެ އިމާރާތްތައް އިސްރާއީލުން ބޮން އެޅުމުގެ ސަބަބުން އެ އިމާރާތުގައި ރޯވެފައި - ޖޫން 17، 2025

އީރާނުގެ ދައުލަތުގެ ބްރޯޑްކާސްޓަރުގެ އިމާރާތްތައް އިސްރާއީލުން ބޮން އެޅުމުގެ ސަބަބުން އެ އިމާރާތުގައި ރޯވެފައި - ޖޫން 17، 2025

އީރާން އާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓާލުަމަށް ދެފަރާތުން އެއްބަސް ވެއްޖެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނު ކުރެއްވިތާ މަދު އިރުކޮޅެއްގެ ތެރޭގައި އިސްރާއީލުން ތެހެރާނުގެ އެތައް ތަނަކަށް ބާރުގަދަ ހަމަލާތަކެއް ދީފިއެވެ.

ތަސްނީމް ނިއުސް އެޖެންސީގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، އީރާނުގެ ވެރިރަށް ތެހެރާނުގެ އެކި ސަރަޙައްދު ތަކުން ބާރުގަދަ ގޮވުމުގެ އަޑުތަކެއް އިވިފައިވެއެވެ.

ސޯޝަލް މީޑިއާ ގައި އާންމު ވެފައިވާ މަންޒަރުތަކުން ތެހެރާނުގެ އެކި ސަރަހައްދުތަކަށް ބޮން އެޅުމުގެ ސަބަބުން ބޯކޮށް އަލިފާނާއި ދުން އަރަމުން ދާ މަންޒަރު ފެނެއެވެ.

އެކްސް ގައި ކުރި ޕޯސްޓެއްގައި ތަސްނީމް އިން ބުނެފައިވަނީ، އިސްރާއީލުގެ މަތިންދާބޯޓުތަކުން ދިން އެންމެ ފަހުގެ ހަމަލާތައް މަތަ ކުރުމަށް އީރާނުން ވައިގެ ދިފާޢީ ނިޒާމުތައް ވަނީ ހަރަކާތްތެރިވެފައި ކަމަށެވެ.

ހަމްޝަހްރީ ނިއުސްގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، ތެހެރާނުގެ ހުޅަނގު އަދި މެދު ތެރޭ ސަރަޙައްދު ތަކުގައި އަދި ހުޅަނގު ފަރާތު ކަރަޖް ސަރަޙައްދުގައި "ބާރު ގޮވުމުގެ އަޑުތަކެއް" އިވިފައިވެއެވެ.

ތެހެރާނުގައި ހިނގި ގޮވުންތަކާ ބެހޭ ގޮތުން އާންމުން ބީބީސީ އަށް ބުނެފައިވަނީ އިރުމަތިން ހުޅަނގަށް، އެމީހުންނަށް ރަށުތެރެއިން ގަދަ އަޑުތަކެއް އިވިފައިވާ ކަމަށެވެ.

އިސްރާއީލުން ކުރިން ވަނީ ރަށުގެ އެކި ސަރަޙައްދުތަކަށް "ވަގުތުން" ރައްކައުތެރިވުމަށް ތިން އިންޒާރެއް ދީފައެވެ. އެއާއެކު، އީރާނުގައި އިންޓަރނެޓް ގުޅުން މެދުކެނޑިފައި ވުމާއެކު އާންމުންނަށް މި އިންޒާރުތައް ފެނުން އުނދަގޫވެގެން ދިޔަ ކަމަށް ބީބީސީ އިން ބުނެފައިވެއެވެ.

ދައުލަތުގެ ޓީވީން ބުނެފައިވަނީ ލިބިފައިވާ ރިޕޯޓުތަކުން ދައްކާގޮތުގައި ޖޫން 13 އިން ފެށިގެން އަންގާރަ ވިލޭރޭ ހިނގާފައިވަނީ މިހާތަނަށް ހިނގާފައިވާ އެންމެ ބޮޑެތި ހަމަލާތަކެެވެ.

ނަމަވެސް ގާތްގަނޑަކަށް ފަތިހު 4 ޖެހިއިރު، ގޮވުންތައް ހުއްޓުނު ކަމަށް ބައެއް ރައްޔިތުން ބީބީސީ އަށް ބުނެފައިވެއެވެ.

އީރާނުގެ ޚާރިޖީ ވަޒީރު، ސައްޔިދު އައްބާސް އަރާޤްޗީ ވަނީ އެކްސް (ޓްވިޓަރ) ގައި ފަތިހު 4 ޖެހުމާ ހަމަ އަށް ސުންގަޑިއެއް އިސްރާއީލަށް ދެއްވާ، އެހާ ހިސާބަށް ހަމަލާތައް ހުއްޓާލުމަށް އަންގަވާފައެވެ. އަދި "އެންމެ ފަހު މިނެޓާ ހަމައަށް، ފަތިހު 4 ޖަހަންދެން... އިސްރާއީލުގެ އުދުވާނީ ޢަމަލުތަކަށް އަދަބު ދިނުމަށް" ކޮށްފައިވާ ހިތްވަރަށް އީރާނުގެ ހަނގުރާމަވެރި ބާރުތަކަށް ޝުކުރު އަދާ ކުރައްވާފައިވެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންގާރަ ވިލޭރޭގެ ފަހުގެ ގަޑިއެއްގައި ސޯޝަލް މީޑިއާ ގައި ކުރެއްވި ޕޯސްޓެއްގައި ދެ ފަރާތުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށް އިއުލާނު ކުރައްވާ އީރާން އަށާއި އިސްރާއީލަށް މަރުހަބާ ވިދާޅުވެފައިވެއެވެ.

"އެންމެންނަށް މަރުޙަބާ! އިސްރާއީލާއި އީރާނާ ދެމެދު ފުރިހަމަ އަށް އެއްބަސްވެވިފައި ވަނީ މުޅިން ހަނގުރާމަ ހުއްޓާލުމަށް (މިހާރުން ފެށިގެން ގާތްގަނޑަކަށް 6 ގަޑިއިރު ފަހުން، އިސްރާއީލާއި އީރާނުން މިހާރު ކުރިއަށްދާ އެންމެ ފަހުގެ މިޝަންތައް ނިންމާލުމުން!)، 12 ގަޑިއިރަށް، އަދި އޭގެ ފަހުން ހަނގުރާމަ ނިމުނީ ކަމަށް ބެލެވޭނެއެވެ!" ޓްރަމްޕް ލިޔުއްވާފައިވެއެވެ.

"ރަސްމީކޮށް، އީރާނުން ހަނގުރާމަ ނިމުނުކަން ފަށާނެއެވެ. އަދި 12 ވަނަ ގަޑިއިރުގައި އިސްރާއީލުން ހަނގުރާމަ ނިމުނުކަން ފަށާނެއެވެ. އަދި 24 ވަނަ ގަޑިއިރުގައި، '12 ދުވަހުގެ ހަނގުރާމަ' ރަސްމީ ކޮށް ނިމުނު ކަމަށް ދުނިޔެ އިން ސެލިއުޓް ކުރާނެއެވެ. ކޮންމެ ފަރާތަކުން ހަނގުރާމަ ހުއްޓާލާ ވަގުތުގައި، އަނެއް ފަރާތުން ސުލްހަވެރިކަމާ އެކު އަދި އިޙްތިރާމާ އެކު ތިބޭނެއެވެ.

"ހުރިހާ ކަމެއް ވާންވީ ގޮތަށް ވާނެ ކަމަށް ބަލައިގެން، އަދި އެހެން ވާނެ ކަމަށް ޔަގީންކުރެވޭތީ، '12 ދުވަހުގެ ހަނގުރާމަ' އޭ ކިޔަންޖެހޭ މި ހަނގުރާމަ ނިންމާލުމުގައި ދެއްކި ކެތްތެރިކަމާއި، ހިތްވަރާއި، ވިސްނުންތެރިކަމަށްޓަކައި އަޅުގަނޑު ބޭނުންވަނީ އިސްރާއީލާއި އީރާނަށް މަރުޙަބާ ދަންނަވާށެވެ."

"މިއީ އަހަރުތަކަކަށް ދިގުދެމިގެން ގޮސް، މުޅި މެދުއިރުމަތި ހަލާކުކޮށްލެވިދާނެ ހަނގުރާމައެކެވެ. އެހެންނަމަވެސް އެހެހެނެއް ނުވިއެވެ. އަދި ދެން ދުވަހަކުވެސް އެހެނެއް ނުވާނެއެވެ!" ޓްރަމްޕް ލިޔުއްވި ޕޯސްޓުގައި ވެއެވެ.

އީރާންއިޒްރޭލްތެހެރާންޑޮނަލްޑް ޓްރަމްޕްއިޒްރޭލް-އިރާން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު