Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް-އީރާން ހަނގުރާމަ

ގާތް ގާތުގައި އީރާންގެ ހަމަލާތަކެއް އިސްރާއީލަށް, ބޮޑެތި ގެއްލުންތަކެއް

އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފައި ވަނީ ވެރި ރަށް ތެލް އަވީވް އާއި ހައިފާ ވަށައިގެންވާ ސަރަހައްދުތަކަށް މިސައިލް ހަމަލާތައް އަމާޒުވެފައިވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 ޖޫން 2025 | އާދީއްތަ 07:13
އީރާން އިން ދިން ހަމަލާގައި، އިސްރާއީލްގެ ހައިފާާގައި ގެއްލުންވެފައިވާ އިމާރާތެއް

އީރާން އިން ދިން ހަމަލާގައި، އިސްރާއީލްގެ ހައިފާާގައި ގެއްލުންވެފައިވާ އިމާރާތެއް

އިސްރާއީލަށް އަމާޒުކޮށް އީރާން އިން ގާތް ގާތުގައި ދެ ހަމަލާ ދީފައިވާ ކަމަށާއި، އެކަމުގެ ސަބަބުން އިސްރާއީލްގެ ސަރަަހައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ. 

އީރާންގެ ހަމަލާތަކާ ގުޅިގެން އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފައި ވަނީ، އީރާނުން ވަނީ އެ ޤައުމަށް އަމާޒުކޮށް 27 މިސައިލް ހަަމަލާ ދީފައި ކަމަށެވެ. އަދި އެ ހަމަލާތައް އަމާޒު ކުރެވިފައިވާ ސަރަހައްދުތަކަކީ، ގޯލާން ހައިޓްސް އިން ފެށިގެން، ގަލީލް އަދި މެދު ތެރޭގެ އައްސޭރި ފަށުގެ ސަރަހައްދު ތަކަށް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފައި ވަނީ ވެރި ރަށް ތެލް އަވީވް އާއި ހައިފާ ވަށައިގެންވާ ސަރަހައްދުތަކަށް މިސައިލް ހަމަލާތައް އަމާޒުވެފައިވާ ކަމަށެވެ. އަދި އެ ހަމަލާގެ އަސަރު 10 ސަރަހައްދަކަށް ކޮށްފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެވެ.

ނަމަވެސް ހަމަލާގައި ގެއްލުން ލިބުނު އިމާރާތްތަކުގެ ތަފްސީލު މިހާތަނަށް އެނގެން ނެތް ކަމަށް މީޑިއާ ތަކުގައި ބުނެފައިވެ އެވެ. އިސްރާއީލްގެ ޞިއްޙީ ފަރުވާާ ދެމުން އަންނަ ފަރާތްތަކުން ބުނެފައިވާ ގޮތުގައި މިހާތަނަށް ވަނީ 16 މީހަކަށް ޒަޚަމުވެފަ އެވެ. އަދި އިތުރު މީހަކަށް ޒަޚަމުވެފައި ވޭތޯ ބެލުމުގެ މަސައްކަތް ކުރިއަށް ގެންދަމުން އަންނަ ކަމަށް ވެސް ވަނީ ބުނެފަ އެވެ. 

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން މިއީ އެހާ ހަލުވި ކަމާ އެކު ދެ މިސައިލް ހަމަލާ ދެވުނު ފުރަތަމަ ފަަހަރެވެ. އާންމު ގޮތެއްގައި އެއް ހަމަލާ އަށް ފަހު، އަނެއް ހަމަލާއާ ދެމެދުގައި އެއް ގަޑިއިރުގެ ތަފާތު ހުރި ނަމަވެސް، މިފަހަރު ދެ ވަނަ ހަމަލާ ދީފައި ވަނީ ތިރީސް މިނެޓުގެ ތެރޭގައި ކަމަށް ވެސް ބުނެފައިވެ އެވެ. 

އެ ހަމަލާތަކާ ގުޅިގެން އީރާންގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑްސް ކޯޕްސް (އައިއަރުޖީސީ) އިން ބުނެފައި ވަނީ، އިސްރާއީލްގެ އެއާޕޯޓާއި، އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދީފައިވާ ކަަށެވެ. އެގޮތުން އެންމެ ފަހުން އީރާން އިން ދިން މިސައިލް ހަމަލާތަކަކީ އިސްރާއީލްގެ ބެން ގުރިއަން އިންޓަނޭޝަނަލް އެއާޕޯޓާއި، ރިސާޗް ފެސިލިޓީތަކާއި، އެކި އެކި އަސްކަރީ ކޮންޓްރޯލް އެންޑް ކޮމާންޑް ސެންޓަރުތަކަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށް ވެސް އައިއާރުޖީސީ އިން ވަނީ ބުނެފަ އެވެ. 

އިތުރަށް ކިޔާލަން

27 ޖޫން 2017

އިސްރޭއިލުން ގައްޒާއަށް ވައިގެ ހަމަލާތަކެއް ދީފި

27 ޖޫން 2017
އިސްރޭއިލުން ގައްޒާއަށް ވައިގެ ހަމަލާތަކެއް ދީފި
07 ޖޫން 2017

ތެހެރާނުގައި ދިން ހަމަލާތަކެއްގައި ހަތް މީހުން މަރުވެއްޖެ

07 ޖޫން 2017
ތެހެރާނުގައި ދިން ހަމަލާތަކެއްގައި ހަތް މީހުން މަރުވެއްޖެ
21 މެއި 2017

އީރާންގެ އިންތިޚާބު: ރޫހާނީ ވިދާޅުވީ ހައްދުފަހަނައެޅުމަށް ރައްޔިތުން ނޫނެކޭ ބުނެފިކަމަށް

21 މެއި 2017
އީރާންގެ އިންތިޚާބު: ރޫހާނީ ވިދާޅުވީ ހައްދުފަހަނައެޅުމަށް ރައްޔިތުން ނޫނެކޭ ބުނެފިކަމަށް
15 މެއި 2017

މުއައްސަސާތަކަށް ސީދާ ހަމަލާތަކެއް އަމާޒުވެފައިވޭ: ކްލެޕަރ

15 މެއި 2017
މުއައްސަސާތަކަށް ސީދާ ހަމަލާތަކެއް އަމާޒުވެފައިވޭ: ކްލެޕަރ
11 އެޕްރީލު 2017

ކެމިކަލް ހަތިޔާރު ބޭނުން ކުރާ ނަމަ އާ ހަމަލާތަކެއް ދޭން ޖެހިދާނެ: އެމެރިކާ

11 އެޕްރީލު 2017
ކެމިކަލް ހަތިޔާރު ބޭނުން ކުރާ ނަމަ އާ ހަމަލާތަކެއް ދޭން ޖެހިދާނެ: އެމެރިކާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު