Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް-އީރާން ހަނގުރާމަ

ކޮންމެ ވަގުތެއްގައި ވެސް ހަމަލާ ދީފާނެ ކަމުގެ އިންޒާރު ހޫޠީން އިން ދީފި

ހޫޠީންގެ ސިޔާސީ ބިއުރޯގެ މެމްބަރު މުޙައްމަދު އަލް ބުޚައިތީ އަލް ޖަޒީރާ އަށް ބުނެފައި ވަނީ، އެމެރިކާ އާއެކު ހޫޠީން އިން ހަދާފައިވާ ހަނގުރާމަ ހުއްޓާލުގެ އެއްބަސްވުން ނިމުނީ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 ޖޫން 2025 | އާދީއްތަ 06:25
ޔަމަނުގެ ހޫޠީންގެ އޮފިޝަލަކު އާދީއްތަ ދުވަހު ބުނެފައި ވަނީ އީރާނަށް ދިން ހަމަލާ އަށް ދިން ޖަވާބުގައި ކޮންމެ ވަގުތަކު ވެސް ހަމަލާ ދޭން ޖެހިދާނެ ކަމަށް

ޔަމަނުގެ ހޫޠީންގެ އޮފިޝަލަކު އާދީއްތަ ދުވަހު ބުނެފައި ވަނީ އީރާނަށް ދިން ހަމަލާ އަށް ދިން ޖަވާބުގައި ކޮންމެ ވަގުތަކު ވެސް ހަމަލާ ދޭން ޖެހިދާނެ ކަމަށް

އެމެރިކާ އިން އީރާނަށް އަމާޒުކޮށް ހަމަލާ ދިނުމުގެ ސަބަބުން، އޭގެ ރައްދުގައި ކޮންމެ ވަގުތެއްގައި ވެސް ހަަމަލާ ދީފާނެ ކަމުގެ އިންޒާރު ޔަމަންގެ ހޫޠީން އިން ދީފި އެވެ.

ހޫޠީންގެ ސިޔާސީ ބިއުރޯގެ މެމްބަރު މުޙައްމަދު އަލް ބުޚައިތީ އަލް ޖަޒީރާ އަށް ބުނެފައި ވަނީ، އެމެރިކާ އާއެކު ހޫޠީން އިން ހަދާފައިވާ ހަނގުރާމަ ހުއްޓާލުގެ އެއްބަސްވުން ނިމުނީ ކަމަށެވެ. އަދި އެ އެއްބަސްވުން ދެމި އޮތީ، އެމެރިކާ އިން އީރާނަށް ހަމަލާ ދިނުމާ ހަމައަށް ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. 

މީގެ އިތުރުން ހޫޠީންގެ އިސް އޮފިޝަލަކު ބުނެފައި ވަނީ، އެ ހަމަލާތަކާ ގުޅިގެން އެ ޖަމާއަތުން ކޮންމެ ވަގުތެއްގައި ވެސް ހަމަލާ ދޭން ޖެހިދާނެ ކަމަށެވެ. އަދި އެކަން ބިނާ ވެގެން ދާނީ، ވަގުތާއި ޙާލަތުގެ މައްޗަށް ކަމަށް ވެސް އެ އޮފިޝަލު ވަނީ ބުނެފަ އެވެ. 

ހޫޠީން އިން ވަނީ، ފަލަސްޠީނުގެ ޣައްޒާގައި އިސްރާއީލް އިން ހިންގަމުންދާ ހަނގުރާމައާ ގުޅިގެން، އެ ޤައުމުގެ ރައްޔިތުންނާ އެއްބައިވުމުގެ ގޮތުން ކަމަށް ބުނެ، ރަތް ކަނޑުން ދަތުރު ކުރާ އުޅަނދު ފަހަރަށާއި، އަދި އިސްރާއީލަށް އަމާޒުކޮށް ވެސް ހަމަލާތަކެއް ދީފަ އެވެ. 

އެހެން ނަމަވެސް، މިދިޔަ މެއި މަހުގެ ތެރޭގައި ވަނީ އެ ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެ، އެމެރިކާއާ އެކު އެއްބަސްވުމަކަށް އައިސްފަ އެވެ. އެގޮތުން އެމެރިކާ އިން ހޫޠީން އަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލުމާއި، އޭގެ ބަދަލުގައި ރަތް ކަނޑުން ދަތުރު ކުރާ އެމެރިކާގެ އުޅަނދު ފަހަރަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލުމަށް ވަނީ އެއްބަސްވެފަ އެވެ. 

އެމެރިކާ އިން އާދީއްތަ ދުވަހު އީރާނަށް ދިން ހަމަލާއާ ގުޅިގެން، ބަދަލުގައި ހަމަލާތައް ދޭން ޖެހިދާނެ ކަމުގެ އިންޒާރު ހޫޠީން އިން ދީފައިވާއިރު، އެމެރިކާގެ ހަމަލާއާ ގުޅިގެން ސަރަހައްދުގެ ހަމަޖެހުން ގެއްލިގެން ދާނެ ކަމަށް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
09 ފެބުރުއަރީ 2017

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި
09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު