Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުބީއެމްއެލްގެ ޗެއަޕާސަން

ބީއެމްއެލްގެ ޗެއަޕާސަނަކަށް ސައީދާ އުމަރު ހަމަޖައްސައިފި

ކުރިން އެމަޤާމުގައި ހުންނެވީ ފަރީހާ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 28 އޯގަސްޓު 2017 | ހޯމަ 06:54
ސައީދާ އުމަރު - ބީއެމްއެލްގެ އައު ޗެއަޕާސަން

ސައީދާ އުމަރު - ބީއެމްއެލްގެ އައު ޗެއަޕާސަން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އައު ޗެއަރޕާސަނަކަށް ސައީދާ އުމަރު ހަމަޖައްސައިފި އެވެ.

ބީއެމްއެލްއިން ބުނި ގޮތުގައި އެ މަގާމަށް ސައީދާ އުމަރު ހަމަޖައްސާފައިވަނީ އެ ބޭންކްގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމެއްގައި އެވެ.

ސައީދާ އަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓްގެ ޕޮލިސީ ކޮންސަލްޓެންޓް އަދި ޗައިނާ މޯލްޑިވްސް ފްރީ ޓްރޭޑް އެގްރީމަންޓް ވަރކިންގ ގްރޫޕްގެ ކޯ ޗެއަރ އެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ އިކޮނޮމިކް އެމްޕަވަރމެންޓް އޮފް ވިމެން ކައުންސިލްގެ މެމްބަރެއްގެ ގޮތުގައިވެސް ސައީދާ މަސައްކަތްކުރައްވައެވެ.

އެ މަޤާމުގައި ކުރިން ހުންނެވި ފަރީހާ ޝަރީފް ވަނީ ދެ އަހަރު ދުވަހު މަގާމު އަދާކުރެއްވުމަށްފަހު އިތުރު ދައުރަކަށް ބޯޑަށް ކުރިމަތި ނުލެއްވުމަށް ނިންމަވަފައެވެ.

މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 1.02 ބިލިޔަން ރުފިޔާ ބޭންކަށް ލިބިފައިވެއެވެ. މިދިޔަ އަހަރަކީ މިހާތަނަށް ބީއެމްއެލްއަށް އެންމެ ބޮޑު ފައިދާއެއް ލިބުނު އަހަރެވެ. ބީއެމްއެލްއިން ނިންމާފައިވަނީ ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި 107،638،400 ރުފިޔާ ބެހުމަށެވެ. އެއީ ހިއްސާއަކަށް 20 ރުފިޔާގެ ޑިވިޑެންޑެކެވެ.

ބީއެމްއެލްގެ ބޯޑުގައި ސަރުކާރުން އައްޔަނުކުރާ އަށް ޑިރެކްޓަރަކާއި، އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑަށް އައްޔަނުކުރާ ތިން ޑިރެކްޓަރުންނާއި އެކު ޖުމްލަ 11 މެންބަރުން ތިއްބަވައެވެ.

އިތުރަށް ކިޔާލަން

30 މާރިޗު 2017

ލ. ގަމުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވައިފި

30 މާރިޗު 2017
ލ. ގަމުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވައިފި
27 ފެބުރުއަރީ 2017

ވޯކް ވިސާ މީހުންނަށް ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރޭ ގޮތް ހަމަޖައްސައިފި

27 ފެބުރުއަރީ 2017
ވޯކް ވިސާ މީހުންނަށް ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރޭ ގޮތް ހަމަޖައްސައިފި
23 ފެބުރުއަރީ 2017

ހޯރަފުށްޓާއި އިހަވަންދޫގައި ބީއެމްއެލްގެ ބްރާންޗް ހުޅުވައިފި

23 ފެބުރުއަރީ 2017
ހޯރަފުށްޓާއި އިހަވަންދޫގައި ބީއެމްއެލްގެ ބްރާންޗް ހުޅުވައިފި
22 ފެބުރުއަރީ 2017

ފެނާއި ގޭސް ޑެލިވަރީ ކުރުމަށް ވަކި ވަގުތުތަކެއް ހަމަޖައްސައިފި

22 ފެބުރުއަރީ 2017
ފެނާއި ގޭސް ޑެލިވަރީ ކުރުމަށް ވަކި ވަގުތުތަކެއް ހަމަޖައްސައިފި
21 ފެބުރުއަރީ 2017

ދިވެހި ފިލްމް "ވިޝްކާ"ގެ އިންޝުއަރެންސް ޕާޓްނަރަކަށް އެލައިޑް ހަމަޖައްސައިފި

21 ފެބުރުއަރީ 2017
ދިވެހި ފިލްމް "ވިޝްކާ"ގެ އިންޝުއަރެންސް ޕާޓްނަރަކަށް އެލައިޑް ހަމަޖައްސައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު