Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކުށް މަދުކުރުން

ކުށް މަދު ޒައާމަތެއް ކަމަށް ވިދާޅުވެ ދައްކަވާ ވާހަކަތައް ދިމާނުވޭ!

ކުށް މަދު ޒައާމަތެއް ކަމަށް ވިދާޅުވެ ދައްކަވާ ވާހަކަތައް ދިމާނުވެއެވެ. ތަންމެ ރީތި މަންޒަރެއް ދައްކަން މަސައްކަތް ކުރިއަސް ކަން އޮތީ މުޅިން އެއާއި ޚިލާފަށެވެ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 17 ޖޫން 2025 | އަންގާރަ 14:07
ޓްރެފިކް ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ

ޓްރެފިކް ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ

ފުުލުހުންގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުން މި އަހަރުގެ މިހާތަނަށް ފުލުހުންނަށް އެންމެ ގިނައިން ހުށަހަޅާފައި ވަނީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް ވައްކަމާ ގުޅުންހުރި 1،372 ވަނީ ހުށަހަޅާފައެވެ.

އެހެންވީމަ ކުށް މަދޭ ބުނާނީ ކޮން ހަމައަކުންތޯއެވެ. ޓްރެފިކް އެކްސިޑެންޓްތަކުގެ މައްސަލަތައް ވެސް ބަދެއް ނޫނެވެ.އެކްސިޑެންޓުގެ 1،342 މައްސަލައެއް ރިޕޯޓުކޮށްފައިވާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ. ދެން އޮތީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. މި އަހަރުގެ ތެރޭގައި މަސްތުވާތަކެތީގެ 798 މައްސަލަ ވަނީ ހުށަހަޅާފައެވެ. މާރާމާރީގެ 268 މައްސަލަ ވެސް ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން ފޭރުމުގެ 108 މައްސަލަ އަދި ޖިންސީ ކުށްތަކުގެ 110 މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވާއިރު ގެވެށި އަނިޔާގެ 104 މައްސަލަވެސް ފުލުހުންނަށް ވަނީ ރިޕޯޓްކޮށްފައެވެ.

މި ހުރިހާ ކުށްތަކަށް ބަލާލާ އިރު ވެސް އަދަދުތައް މަދެއް ނޫނެވެ. އެހެންނަމަވެސް ސަރުކާރުގެ އިސް މަޤާމުތަކުގައި ތިބި ފަރާތްތަކުން އެކި ޕްލެޓްފޯމްތަކުގައި ދައްކާ ވާހަކަ އަކީ ކުށް މަދު ވާހަކައެވެ. މި ސަރުކާރު އައި ފަހުން ކުށުގެ މާހައުލު ބަދަލުވެފައިވާ ވާހަކައެވެ.

އެހެންނަމަވެސް ކަން އޮތީ އެއާއި ދިމާ އިދިކޮޅަށެވެ. ހަމައެކަނި ސްކޭމް މައްސަލަތަކަށް ބަލާލިއަސް އިހަށް ވުރެ ކަންކަންވީ ގޯހެވެ. އެތައް ނަމެއްގައި އެތައް ސްކޭމެއް ހިންގާ އިރު އެކަން ކުރި ބަޔަކު ހޯދާ އެ ބަޔަކަށް އަދަބުދެވިފަ އެއް ނެތެވެ. އެހެންވީމަ ކުށް މަދުކޮށް އަމާން ވެއްޓެއް މިއަދު ޤާއިމްކޮށްދެވިފައިވާ ކަމަށް ބުނަނީ ކުށްކުރުމާއި ވަކި ސަރުކާރަކާއި، ނުވަތަ ފިކުރަކާއި ގުޅުވުމަށް ކަމަށް ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

އެހެންނަމަވެސް ސަރުކާރުން ކުރަހަން މަސައްކަތް ކުރަނީ މުޅިން އެހެން މަންޒަރެކެވެ. ފޭރުމާއި ވައްކަމާއި ޚިޔާނާތް މުޅިން ނެތިގެން ހިނގައްޖެ ކަމަށް އެބަ ދައްކައެވެ. އެކަމަކު ރައްޔިތުންގެ ފައިސާ އަށް ޚިޔާނާތްތެރިވުމުން ދުވަސްކޮޅަކު މަޤާމުން ދުރުކުރެއްވުމަށް ފަހު ރުހޭ ބައެއް ކުރި ކަމަކަށް ވާނަމަ އެހެން މަޤާމެއް ދެއްވަނީ އެވެ. އެހެންނޫނީ ސިޔާސީ ބޭނުމަށް މަހާ ހެދުމަކަށް އެ މައްސަލަ އޮންނަނީ ވެފައެވެ. ކިތަންމެ ރީތި މަންޒަރެއް ދައްކަން މަސައްކަތް ކުރިއަސް ކަން އޮތީ މުޅިން އެއާއި ޚިލާފަށެވެ.

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2017

އަހުމަދު އަދީބާއި އަހުމަދު ފާރިސް: ރައީސް ޔާމީން އެންމެ ޖެހިލުންވެވަޑައިގަންނަވާ ދެ އަހުމަދު؟

11 ޑިސެމްބަރު 2017
އަހުމަދު އަދީބާއި އަހުމަދު ފާރިސް: ރައީސް ޔާމީން އެންމެ ޖެހިލުންވެވަޑައިގަންނަވާ ދެ އަހުމަދު؟
26 ނޮވެމްބަރު 2017

"16 ޑޭޒް އޮފް އެކްޓިވިޒަމް": އަންހެނުންނަށް ކުރާ އަނިޔާ މަދުވޭތަ؟

26 ނޮވެމްބަރު 2017
"16 ޑޭޒް އޮފް އެކްޓިވިޒަމް": އަންހެނުންނަށް ކުރާ އަނިޔާ މަދުވޭތަ؟
19 ނޮވެމްބަރު 2017

ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މަޤާމުން އަޒުލުކުރަންޖެހޭ!

19 ނޮވެމްބަރު 2017
ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މަޤާމުން އަޒުލުކުރަންޖެހޭ!
10 އޮކްޓޯބަރު 2017

ދައުލަތް އޮތީ ގޭންގްތަކުގެ ދަށުވެފައިތަ، ގޭންގު ކުށްތައް ނުހުއްޓުވިގެން އުޅެނީ ކީއްވެ؟

10 އޮކްޓޯބަރު 2017
ދައުލަތް އޮތީ ގޭންގްތަކުގެ ދަށުވެފައިތަ، ގޭންގު ކުށްތައް ނުހުއްޓުވިގެން އުޅެނީ ކީއްވެ؟
10 އޮކްޓޯބަރު 2017

އެމްޑަބްލިއުއެސްސީގައި އޮންނަ ހިޓާޗީގެ ހިއްސާ އަނބުރާ ހޯދަނީ 'ކެވޭ'ވަރު މަދުވީމަތޯ؟

10 އޮކްޓޯބަރު 2017
އެމްޑަބްލިއުއެސްސީގައި އޮންނަ ހިޓާޗީގެ ހިއްސާ އަނބުރާ ހޯދަނީ 'ކެވޭ'ވަރު މަދުވީމަތޯ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު