Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މަޤާމުން އަޒުލުކުރަންޖެހޭ!

ފިނޭންސް މިނިސްޓަރު ވިދާޅުވީ، ބަޖެޓަށް ވޯޓު ނުދޭ ބަޔަކަށް ޕްރޮޖެކްޓު ހިންގަން ދަތިވާނެކަމަށް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 19 ނޮވެމްބަރު 2017 | އާދީއްތަ 02:50
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމެޓީގައި މިނިސްޓަރ އަހުމަދު މުނައްވަރު ވާހަކަ ދައްކަަވަނީ

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމެޓީގައި މިނިސްޓަރ އަހުމަދު މުނައްވަރު ވާހަކަ ދައްކަަވަނީ

"ބަޖެޓަށް ވޯޓު ނުދެއްވާ ބަޔަކަށް އަޅުގަނޑުމެންނަށް ދަތިވާނެ ނޫންތޯ ޕްރޮޖެކްޓު ހިންގުމުގައި ވެސް. މިއީ ހަގީގަތް. މި އަހަރުތެރޭގައި އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ އެބަ ބަޖެޓު ފާސްވެގެން ދާއިރު ކިތައް ބޭފުޅުންތޯ (ވޯޓު ނުދެއްވާނީ). އެހެން ގައުމުތަކުން ކިތަންމެ ވާހަކައެއް ދެއްކި ނަމަވެސް، އިދިކޮޅު ވާހަކަތައް ދެއްކި ނަމަވެސް ބަޖެޓަށް ވޯޓު ދެއްވާ." ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމެޓީގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރުގެ މި ހުތުރު ވާހަކަތަކާއެކު މިނިސްޓަރުކަމުގެ މަޤާމަށް މުނައްވަރު ކުފޫ ހަމަވާކަމާމެދުވެސް ސުވާލު އުފެދިގެންދެ އެވެ. އެހެނީ ފިނޭންސް މިނިސްޓަރު މި ވާހަކަތަކީ ޤާނޫނު އަސާސީއާއި ކަނޑައެޅިގެން ހިލާފު ވާހަކަތަކަކަށްވާތީ އެވެ. އަދި ކިޔެއްތަ އެއީ ޑިމޮކްރަސީގެ އުސޫލްތަކާއި ހަމަތައް ކިރިޔާވެސް ޤަބުލުކުރައްވާ ބޭފުޅަކު ދައްކަވާނެ ފަދަ ވާހަކައެއް ނޫނެވެ.

ޤާނޫނު އަސާސީގެ 17 ވަނަ މާއްދާގައި ބުނެފައިވަނީ ޤާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ހައްޤެއް އެއްވެސް ތަފާތުކުރުމެއް ނެތި ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށެވެ. އަދި މީހެއްގެ ސިޔާސީ ނުވަތަ އެ ނޫން ވެސް ވިސްނުމަކަށް ބަލައި އެއްވެސް މިންވަރެއްގެ ތަފާތުކުރުމެއް ގެންގުޅެން ނުވާނެ ކަމަށް ބުނެފަ އެވެ. އޭގެއިތުރުން ޤާނޫނު އަސާސީގެ 20 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި ޤާނޫނުގެ ކުރިމަތީގައި އެންމެންނަކީ ހަމަހަމަ ބަޔެކެވެ. އަދި ޤާނޫނުގެ ރައްކާތެރިކަމާއި، ޤާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބުމަކީ ހަމަ ކޮންމެ މީހެއްގެވެސް ހައްޤެއްކަމަށް ބުނެފައިވެއެވެ.

ބަޖެޓް ހުށައެޅުމަށް ބޭއްވި ޖަލްސާގައި ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު - ފޮޓޯ: ރައްޔިތުންގެ މަޖިލީސް

ފިނޭންސް މިނިސްޓަރުގެ ވިސްނުންފުޅުގައި މި ޤައުމުގައި ދިރިއުޅުވަންޖެހޭނީ ހަމައެކަނި ސަރުކާރުން ކިޔާ ކޮންމެ އެއްޗަކަށް އާނ ބަސް ބުނާ މީހުންނެވެ. ސަރުކާރަށް ސަނާ ކިޔާ މީހުންނެވެ. އެ ނޫން އެންމެނަކީ ތަރައްޤީއެއްވެސް އެހެން އެއްޗެއްވެސް ލިބެންޖެހޭނެ ބަޔެއް ނޫނެވެ. ފަހަރުގައި ބެޖެޓަށް ވޯޓު ނުދެއްވާ މެމްބަރުންގެ ދާއިރާތަކުގައި ތިއްބަވަނީ ދިވެހި ރައްޔިތުން ކަމަށް މިނިސްޓަރު ޤަބޫލުނުކުރައްވަނީ ކަމަށްވެދާނެ އެވެ.

ފިނޭންސް މިނިސްޓަރަށް އެނގިވަޑައިނުގަންނަވާ އެއްޗަކީ ބަޖެޓަށް ވޯޓު ދިނުމާއި، ނުދިނުމަކީ ކޮންމެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައްޤެއްކަމެވެ. އަދި ދާއިރާތަކުގައި ތަރައްޤީޤެ ޕްރޮޖެކްޓްތައް ހިންގުމަށް ފައިސާ ހަރަދުކުރަނީ ރައްޔިތުންގެ މާލިއްޔާއިންކަމެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ރާއްޖެ.އެމްވީ

މިނިސްޓަރެވެ. އެނގިވަޑައިނުގަންނަވާނަމަ ކަނުލާ އަޑު އައްސަވާށެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވޯޓުދޭނެ ގޮތެއް އެނގޭނީ އެ މެމްބަރުންނަށެވެ. އެއީ މިނިސްޓަރު ނިންމަވަންޖެހޭ އެއްޗެއް ނޫނެވެ. ރައްޔިތުންނަށް އެންމެ ފައިދާ ހުރިގޮތަކަށް ބަޖެޓު ނެތްނަމަ އެ ބަޖެޓަށް ވޯޓު ނުދިނުމަކީ އެ މެމްބަރަކަށް ލިބިގެންވާ ހައްޤެކެވެ. އަދި ކިޔެއްތަ އެ މެމްބަރަކު މަޖިލީހުގައި ވޯޓުދޭގޮތަކުން ކޯޓަށް ހާޒިރުކޮށް، ޝަރީއަތެއްކޮށް އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށެވެސް ޤާނޫނު އަސާސީގައި ބުނެފައިވެއެވެ. އަދި ވަކިގޮތަކަށް ވޯޓު ނުދީފިނަމަ އެވެނިކަމެއް، މިވެނިކަމެއްވެދާނެއޭ ބުނެ މެމްބަރުންނަށް އެއްވެސް ގޮތަކަށް ނުފޫޒު ފޯރުވައި ބިރުދެއްކުމަކީ މިނިސްޓަރެއްކަމުގައި ވީނަމަވެސް ޤާނޫނީ ކުށެކެވެ.

ދެން އޮތީ އަނެއް ވާހަކަ އެވެ. މެމްބަރުން ވޯޓު ދިނަސް ނުދިނަސް ދާއިރާގައި ތަރައްޤީގެ މަސައްކަތްތައް ހިންގަންޖެހޭ އެވެ. އެއީ ޤާނޫނު އަސާސީގެ ދަށުން ސަރުކާރުގެ މައްޗަށް ލާޒިމްކޮށްފައިވާ ކަމެކެވެ. އެހެނީ ސަރުކަރުން ތަރައްޤީގެ ޕްރޮޖެކްޓްތައް ހިންގަނީ މިނިސްޓަރު އަމިއްލަ މާލިއްޔާއިން ފައިސާ ނަންގަވައިގެން ނޫންކަމަށްވާތީ އެވެ. ތަރައްޤީގެ މަޝްރޫއުތައް ހިންގުމަށް ރައްޔިތުން ބަރާބަރަށް ޓެކްސް ފައިސާ ދައްކަމުންގެންދާތީ އެވެ. އެއީ މެމްބަރުން ވޯޓު ދިންކަމުގައި ވީނަމަވެސް ވޯޓު ނުދެއްވިކަމުގައި ވީނަމަވެސް ރައްޔިތުން ތަރައްޤީގެ ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމަށް ސަރުކާރާއި ހަވާލުކުރާ ފައިސާއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ރާއްޖެ.އެމްވީ

މިނިސްޓަރެވެ. ބަޖެޓަށް ވޯޓު ނުދެއްވާ މެމްބަރުން ތިއްބެވި ދާއިރާތަކުގައި ތަރައްޤީގެ މަސައްކަތްތައް ކުރިއަށްގެންދަން ބޭނުން ނޫންކަމުގައިވާނަމަ އެ ދާއިރާތަކުގެ ރައްޔިތުގެ އަތުން ޓެކްސް ފައިސާ ވެސް ނުނަންގަވާށެވެ. އޭރުން އެ ރައްޔިތުން އަމިއްލައަށް ޓެކްސް ނަގައިގެން އެކަން ކޮށްފާނެ ނޫން ހެއްޔެވެ.

ކޮންމެގޮތަކަށް ވިސްނިކަމުގައި ވީނަމަވެސް ފިނޭންސް މިނިސްޓަރުގެ އެ ވާހަކަތަކަކީ މިނިސްޓަރަކު ވަކިން ހާއްސަކޮށް ފިނޭންސް މިނިސްޓަރަކު ދައްކަވަން ހެޔޮވާވަރުގެ ވާހަކައެއް ނޫނެވެ. މިނިސްޓަރު އެ ވާހަކަފުޅަކީ މިނިސްޓަރު މަޤާމުން އަޒުލުކުރަންޖެހޭ ވަރުގެ ވާހަކަފުޅެކެވެ. އަދި އެއީ ސަރުކާރުގެ ސިޔާސަތު ކަމުގައިވާނަމަ އެއީ މާ ބޮޑަށް ވެސް ސީރިއަސް މައްސަލައެކެވެ. އެހެނީ އެކަން އެގޮތަށް ކުރުމަކީ ސަރުކާރުގެ ސިޔާސަތުގައިވާނަމަ ތުހުމަތު ކުރެވޭ ކަމަކީ ރައްޔިތުން އަޅުވެތިކުރުމަށް ސަރުކާރުން ހަމަކޮންމެ ފަދަކަމެއް ވެސް ކޮށްފާނެ ކަމެވެ. ރައްޔިތުން އޮބިއަޅުވައި ހިފެހެއްޓުމަށް ހަމަ ކޮންމެ ކަމެއްވެސް ކުރުމަށް ސަރުކާރުން ތައްޔާރަށް އޮތް ކަމުގެ ތުހުމަތަކީ ކުޑަ ވާހަކައެއް ނޫނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އުއްތަމަ ފަނޑިޔާރު މަޤާމުން ވަކިކުރަން މާލަސްވެސް ވެއްޖެ!

އުއްތަމަ ފަނޑިޔާރު މަޤާމުން ވަކިކުރަން މާލަސްވެސް ވެއްޖެ!

13 ނޮވެމްބަރު 2019
މިނިސްޓަރު މަހުލޫފް އާއި ބައްސާމް ބޮޑު ކޯޅުމަކަށް؟

މިނިސްޓަރު މަހުލޫފް އާއި ބައްސާމް ބޮޑު ކޯޅުމަކަށް؟

22 ޑިސެމްބަރު 2018
އިސްލާމިކް މިނިސްޓަރުގެ ދެއުޅިއެއްނުވާ ބަޔާންތައް، އިހްލާސްތެރިކަންވެސް ނެތް

އިސްލާމިކް މިނިސްޓަރުގެ ދެއުޅިއެއްނުވާ ބަޔާންތައް، އިހްލާސްތެރިކަންވެސް ނެތް

29 ޑިސެމްބަރު 2017
އަހުމަދު އަދީބާއި އަހުމަދު ފާރިސް: ރައީސް ޔާމީން އެންމެ ޖެހިލުންވެވަޑައިގަންނަވާ ދެ އަހުމަދު؟

އަހުމަދު އަދީބާއި އަހުމަދު ފާރިސް: ރައީސް ޔާމީން އެންމެ ޖެހިލުންވެވަޑައިގަންނަވާ ދެ އަހުމަދު؟

11 ޑިސެމްބަރު 2017
މިނިސްޓަރު މުއިއްޒު ހުންނެވީ ގާނޫނަށްވުރެ މަތީގައި؟!

މިނިސްޓަރު މުއިއްޒު ހުންނެވީ ގާނޫނަށްވުރެ މަތީގައި؟!

01 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

7 އެޕްރީލު
ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް
20251 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!
20233 އަހަރު ކުރިން
ރިޕޯޓު

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް
20224 އަހަރު ކުރިން
ރިޕޯޓު

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ
20215 އަހަރު ކުރިން
ރިޕޯޓު

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް
20197 އަހަރު ކުރިން
ރާއްޖެ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!
20188 އަހަރު ކުރިން
ރާއްޖެ

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު