Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް-އީރާން ހަނގުރާމަ

ހޯމަ ދުވަހު ވެސް އީރާންގެ ހަމަލާތަކެއް އިސްރާއީލަށް

އިސްލާމިކް ރިވޮލިއުޝަނަރީ ގާޑްސް ކޯޕްސް އިން ބުނެފައި ވަނީ، ހޯމަ ދުވަހު ދެވުނު އެ ހަމަލާތައް ވަރަށް "ކާމިޔާބު" ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 ޖޫން 2025 | ހޯމަ 07:06
ހަމަލާތައް އަމާޒުވި ތެލް އަވީވްގައި ހަލާކުވެފައިވާ އިމާރާތެއް

ހަމަލާތައް އަމާޒުވި ތެލް އަވީވްގައި ހަލާކުވެފައިވާ އިމާރާތެއް

އިސްރާއީލާއި އީރާނާ ދެމެދު މިހާރު ހިނގަމުން އަންނަ ހަނގުރާމައިގައި، އިސްރާއީލަށް އަމާޒުކޮށް އީރާން އިން ހޯމަ ދުވަހު ވެސް ވަރުގަދަ ހަމަލާތަކެއް ދީފި އެވެ. 

ވައިގެ މަގުން އީރާން އިން ދިން މި ހަމަލާތައް އަމާޒުކޮށްފައި ވަނީ އީރާންގެ ތެލް އަވީވް އަދި ހައިފާ ސިޓީ އަށެވެ. މި ހަމަލާތަކުގައި މަދުވެގެން އިސްރާއީލްގެ ފަސް މީހަކު މަރުވެފައިވާ ކަމަށާއި، އިތުރު 100 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފަ އެވެ. 

އެ ހަމަލާއާ ގުޅޭ ގޮތުން އީރާންގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑްސް ކޯޕްސް އިން ބުނެފައި ވަނީ، ހޯމަ ދުވަހު ދެވުނު އެ ހަމަލާތައް ވަރަށް "ކާމިޔާބު" ކަމަށެވެ. މިއީ އީރާންގެ ނިއުކްލިއާ ފެސިޓީ އަށް އަމާޒުކޮށް އިސްރާއީލް އިން ދިން ހަމަލާގެ ބަދަލުގައި ދެމުން އަންނަ ހަމަލާތަކުގެ ތެރެއިން ހަމަލާ އެކެވެ.

އީރާން އިން ހޯމަ ދުވަހު ހަމަލާގައި ހައިފާ ސިޓީ ސަރަހައްދުން އެކަނި ވެސް 30 މީހުންނަށް އަނިޔާވެފައިވާ ކަމަށް ބުނެފައިވެ އެވެ. އަދި އެ ސަރަހައްދުގެ ބަނދަރު ކައިރީގައި ހުރި ހަކަތައިގެ މަރުކަޒެއްގައި އަލިފާން ރޯވެފައިވާ ކަމަށް މީޑިއާ ތަކުގައި ވަނީ ރިޕޯޓު ކޮށްފަ އެވެ. 

މީގެ އިތުރުން އިސްރާއީލްގެ ވެރި ރަށް ތެލް އަވްވީގެ މީހުން ދިރިއުޅޭ ސަރަހައްދުތަކަށާއި، އެމެރިކާގެ އެމްބަސީ ކައިރީގައި ހުރި ގިނަ އިމާރާތްތަކަކަށް ގެއްލުން ލިބިފައިވާ ކަމަށް ވެސް ރިޕޯޓުކޮށްފައިވެ އެވެ. އަދި ބައެއް އެހެން ގެއްލުންތައް ލިބިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

އެކަމާ ގުޅިގެން އެ ސަރަހައްދުގައި ހުރި މީހަކު ބުނެފައި ވަނީ، ހަމަލާތައް އަމާޒުވާން ފެށުމާ އެކު، ސަލާމަތްތެރިކަމާއި، ހިމާޔަތް ހޯދުމަށް ޝެލްޓަރަށް ވަންނަން ޖެހުނު ކަމަށެވެ. ނަމަވެސް މިނެޓެއްގެ ތެރޭގައި ޝެލްޓަރުގެ ދޮރު ވެސް ހަމަލާ އަމާޒުވެ ގޮސްފައިވާ ކަމަށް އޭނާ ބުންޏެވެ. 

އިސްރާއީލަށް އަމާޒުކޮށް އީރާނުން ދެމުން އަންނަ ވަރުގަދަ ހަމަލާތަކުގައި އެ ޤައުމަށް އަންނަނީ އެކި އެކި ގެއްލުންތައް ލިބެމުންނެވެ. އަދި ހަމަލާތައް ހުއްޓުވުމުގައި އެކުވެރި ޤައުމުތަކުގެ އެހީތެރިކަމަށް ވެސް އިސްރާއީލް އިން ވަނީ އެދިފަ އެވެ.

އިތުރަށް ކިޔާލަން

07 އެޕްރީލު 2017

ކެމިކަލް ހަމަލާގެ ރައްދުގައި އެމެރިކާއިން ސީރިޔާ އަށް މިސައިލް ހަމަލާތަކެއް ދީފި

07 އެޕްރީލު 2017
ކެމިކަލް ހަމަލާގެ ރައްދުގައި އެމެރިކާއިން ސީރިޔާ އަށް މިސައިލް ހަމަލާތަކެއް ދީފި
11 މާރިޗު 2017

ވައިޓްހައުސްގެ ގޯތިތެރެއަށް ހުކުރު ދުވަހު ވަން މީހަކު ހައްޔަރުކޮށްފި

11 މާރިޗު 2017
ވައިޓްހައުސްގެ ގޯތިތެރެއަށް ހުކުރު ދުވަހު ވަން މީހަކު ހައްޔަރުކޮށްފި
28 ފެބުރުއަރީ 2017

ސައޫދީ ރަސްގެފާނުގެ 9 ދުވަހުގެ ދަތުރަށް 506 ޓަނުގެ ލަގެޖް

28 ފެބުރުއަރީ 2017
ސައޫދީ ރަސްގެފާނުގެ 9 ދުވަހުގެ ދަތުރަށް 506 ޓަނުގެ ލަގެޖް
14 ފެބުރުއަރީ 2017

ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

14 ފެބުރުއަރީ 2017
ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
11 ފެބުރުއަރީ 2017

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު