Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ފޭކް ޕްރިންސުންގެ "ގުއިރޯނުގައި"ޖެހި ސަރުކާރު ހަފުސްވަނީ

ސަރުކާރުން ފަށާ ބޮޑެތި މަޝްރޫއުތައް ކުރިއަށްދާތަނެއް ނުފެނެއެވެ. ދުވަސްކޮޅަކުން އެނގެނީ އެކަން ކުރަން އެއްބަސްވަނީ ފޭކު ބައެއް ކަމެވެ. ކަމެއް ކުރެވޭވަރުގެ ބައެއް ނޫންކަމެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 15 ޖޫން 2025 | އާދީއްތަ 13:33
ހިޒް ރޯޔަލް ހައިނަސް ޕްރިންސް ފަހަދް ސަޢުދު އަލްޝަލަން، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރެއްވުން

ހިޒް ރޯޔަލް ހައިނަސް ޕްރިންސް ފަހަދް ސަޢުދު އަލްޝަލަން، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރެއްވުން

އިހު އުޅުނު ބައެއް ދުވަސްވީ މީހުން ބުނާތީ އަޑުއަހަމެވެ. ތިޔަވެރިން އަންނަނީ ކުކުޅުކާށެވެ. ރަށަށް އަރާފައި ކަނޑާނީ ސަޅިބައިސާއެވެ. ކަތީބުގެ ކަމަކީ އެވާހަކަތައް ރައްޔިތުންނަށް ވިސްނައިދީ ރަށަށް އަރާ ބޮޑުންނަށް ހޭހަންކޮށްދިނުމެވެ. ރަށުގައި ނެތްވަރުން ކުކުޅާ އޭތިމީތި ކާންދިނުމެވެ. ދެން އެދޭ ޚިދުމަތަތްތަކުގެ ވާހަކަ ދައްކާކަށް ލާހިކު ކުޅަދާނައެއް ނޫނެވެ.

އެއީ އެޒަމާނެވެ. އޭރު ބައެއް ރަށްރަށުގެ ވެރިން އޭރުކަންކުރި ގޮތެވެ. މިހާރު އެހެނެއް ރަށަކަށް ހެދުމަކީ ފަސޭހަ ކަމެއް ނޫނެވެ. ކިތަންމެ ކުޅަނދު މަދަސް ރަށްރަށުމީހުން ހޭއަރައިފިއެވެ.

އެކަމަކު މިހާރު މިފެންނަނީ މުޅިން އެހެން ޒަމާނެކެވެ. މިއޮށް ހޭވެރި ޒަމާނުގައި ފެނިގެން ނުވާނެފަދަ ކަމެކެވެ. ބަސްބުނާ ހިނދުން ކަންކަން ފެންނާން ހުންނަ އަދި ބަލާލެވޭ ޒަމާނެއްގައެވެ.

ދިއުޅިދިގުކުރާކަށް ހާސަރުތަކެއް ދެމުމުގެ ބޭނުމެއް ނެތެވެ. ތަންތަނުން އަންނަ ފޭކު ޕްރިންސުންގެ އަވައިގާ މާ އަވަހަށް ޖެހެވެނީއެވެ. އެމީހުން ދަމާ "ގުއި ރޯނުގައި" ޖެހެނީ އާދައިގެ ބައެއް ނޫނެވެ. މިހާރު މިއޮތް މާސިންގާ ސަރުކާރެވެ. އާރާބާރުން ބަރުވެފައި އޮތް ބޮޑު ސަރުކާރުންނެވެ. ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވާ ގާބިލް ވަޒީރުންނެވެ. އެވަޒީރުންނަށް ސަތޭކަ ޕަސެންޓް އިތުބާރު ކުރާތީ ޚުދު ރައީސް މީހާއެވެ.

ގައުމުތަކުން އަންނަ ފޭކު ޕްރިންސުންގެ ބަހަށް ހެއްލި، ވަގުތުން ލިބޭނޭކަމަށް ހީވާ ފައިސާފުނިވަރަށްޓަކައި ސަރުކާރުން ފުރަތަމަވެސް ދައްކާލަނީ ބޮޑު މަންޒަރެކެވެ. ބާއްވަނީ އަތްގުޅިނުކާވަރުގެ ބޮޑު ސިންގާ ހަފްލާއެކެވެ. އެހަފްލާގައި ރައީސުލްޖުމްހޫރިއްޔާއާއި ދެންތިއްބަވާ ވެރިންވެސް ކަނޑާލަނީ ބޮޑެތި ސިންގާހާ ފޮންޏެވެ. ބޮޑެތި ބިޔަ ޕްރޮޖެކްޓްތަކުގައި ސޮއިކުރަނީ އެކަންޏެއް ނޫނެވެ. އޭގެން ލިބޭނޭ ބޮޑެތި މަލްޓި މިލިއަން ޑޮލަރުގެ ވާހަކަވެސް ރައްޔިތުންނަށް ތިލަ ކުރަނީއެވެ. ޕްރޮޖެކްޓް ނިމޭއިރު އޮންނާނޭ ގޮތުގެ އެނިމޭޓެޑް ވީޑިއޯވެސް ދައްކަނީއެވެ. ހަމައެކަނި ވީޑިއޯއަކުންވެސް ނިންމައެއް ނުލައެވެ. ބިންގާތައްވެސް އަޅަނީއެވެ. ރައްޔިތުން ހީނހީނފައި އަތްޖަހަނީއެވެ. ނުވިތާކަށް ލަވަ ކިޔާ ނަށާވެސް ހަދަނީއެވެ.

ބައެއް މިސާލުތަކުން ކަން އޮތްގޮތް އެނގޭނެކަމަށް ހީކުރަމެވެ.

އިކޮނޮމިކް މިނިސްޓަރ ސައީދު ޗައިނާއަށް ވަޑައިގަތުމަށްފަހު ދެއްވި ޔަގީންކަމާއެކު ރައީސް މުއިއްޒު ދެފައި އެއްތާކު ނުޖައްސަވައެވެ. ސީދާ އިންޑިއާއާ ޖެހިވަޑައިގެންނެވީއެވެ. އަވައްޓެރި ގައުމަކަށް އެއްޗެހި ވިދާޅުވާން ނުވާވަރަށް ހުތުރުކޮށް އެއްޗެހި ގޮވާ މަލާމާތްވެސް ކުރެއްވީއެވެ. ގަދަބަސް ވިދާޅުވެ އިންޑިޔާއާ ނުލައި ތިމަންމެންނަށް އުޅެވޭނެއޭވެސް ވިދާޅުވީއެވެ.

ވީގޮތް އެނގޭ ދޯއެވެ. ސައީދުގެ ފެހި ސިގްނަލުން ވީކަމެއް ހަތްހަރާމުން ހަރާމެވެ. އާޚިރުގައި އެފަހަރު ފެނުންމައްޗަށް ބޯހިއްލާލެވޭވަރުވީ އިންޑިޔާ އުނގަށްވެއްޓި މޯދީއަށް ކުރުނީސް ކުރިހިސާބުންނެވެ. އިންޑިޔާއިންދިން ކަރަންސީ ސްވޮޕުން އިގްތިސޯދަށް އެއްޗެއް ލެވުނީތީއެވެ.

އަހަރަކު 400 މިލިއަން ޑޮލަރު ލިބޭނޭ ކަމަށް ވިދާޅުވެ ފެށި ބަންކަރިންގެ ވާހަކަ ނަގަނަގާފައި ދެއްކުމުގެ ބޭނުމެއް ނެތެވެ. ފައިދާލިބުނު ބޭރުގެ ކުންފުނީގެ ހަގީގަތްއެނގުނުއިރު ހަތަރެސްކަން ހަމަވެ ވާނެހާއެއްޗެއް އޮތީވެ ނިމިފައެވެ. ކީ ލަވަޔާއި ރާގު ބަދަލުކުރާން ޖެހުނީ ސައީދުއާއި ރައީސް މުއިއްޒުއެވެ.

ތިނަދޫގައި ގާއިމްކުރާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ވީޑިއޯ ފެނިފައި ތިނަދޫ މީހުންގެ ކޮލު ދަތްކޮޅު ފެންނަހާވިއެވެ. ރީތި މާސިންގާ އެއަރޕޯޓެކެވެ. މުޅި ދުނިޔެއަށްވެސް އަލަށް އެޅޭ ފްލޯޓިންގ ޓަރމިނަލްއެވެ. ނުހެވޭންވީ ސަބަބެއް ނެތެވެ. އާޚިރުގައި އެކަންވެސް ހަރުތާކު ނުޖެހުނެވެ. ފޭކް ބައެކެވެ. ދެއްކި ދަޅައެކެވެ. ހަވާލުވާނެ ބަޔަކު ނުވިއެވެ. ކަންވެ ނިމުނުއިރު ޖަވާބުދާރީވާނެ މީހަކުވެސް ނެތެވެ.

ރަސްމާލެ ވާހަކައާއި ރަސްމާލެއާ މާލެއާ ގުޅުވައިދޭ ބިއްލޫރި ޓަނަލްގެ ވާހަކަ ރަނަގަޅުވާނީ ނުދެއްކިއްޔާއެވެ. ދައުލަތުގެ ބަޖެޓުން ލޯލާރިއެއްވެސް ހޭދަ ނުކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އެކަމަކު އެކަމާހުރެ އަދިވެސް އެއުޅެނީ ރާޖުގެ ކިބައިން ސަލާމަތް ނުވެވިގެންނެވެ.

ސްޕެޝަލް އިކޮނޮމިކް އެންޑް ފައިނޭންޝަލް ސާވިސަސް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރާ ކ. ފުނަދޫ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އަދި ވެރި ރަށް މާލެ މޮނޯރެއިލްއިން ގުޅާލުމުގެ މަޝްރޫއެއްގެ އެއްބަސްވުމެއްގައިވެސް ޗައިނާގެ ކުންފުންޏަކާއެކު ސޮއިކުރިއެވެ. އަދިއަދަށްވެސް އެއަށް ވޯގޮތެއް ދެނެހުރި މީހަކު ނެތެވެ. އޭގެފަހުން ފުނަދޫގެ އެތައް އެހެން ޕްލޭނެއް ހާމަކުރިއިރު އެބުނާ މޮނޯރެއިލްގެ ހިލަމެއްވެސް ނެތެވެ.

މަޝްހޫރު ސައޫދީ ޕްރިންސްގެ ވާހަކަވެސް ދައްކާލަމާހެއްޔެވެ.

ގަތަރުގެ ޝާހީ އާއިލާއަށް ނިސްބަތްވާ ޝެއިހު ނަޔެފް ބިން އީދް އަލް ތާނީގެ ކުންފުންޏެއް ކަމަށްވާ އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްއިން ހުޅުމާލޭގައި އަޅަން ނިންމި ފައިނޭންޝަލް ސެންޓަރުގެ މަސައްކަތް ފެށިދުވަހު ސަހަރޯ ހީވިއެވެ.  ހުޅުމާލޭގައި ހަދާ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރަށް އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްއިން 8.8 ބިލިއަން ޑޮލަރުގެ އިންވެސްޓެއް ކުރަން ނިންމާފައިވާ ކަމަށް ސަރުކާރުން ބުންޏެވެ. އެ ކުންފުނިން ސަރުކާރަށް ފުރަތަމަ ދިން ޔަގީން ކަމަކީ ބަޖެޓު ސަޕޯޓަށް 250 މިލިއަން ޑޮލަރު ދިނުމެވެ. ނަމަވެސް އެ ފައިސާ ލިބުން ލަސްވަމުން ގޮސް، އެންމެ ފަހުން ސަރުކާރަށް ޔަގީންކަން ދިނީ އެއްބަސްވުމުގައި ސޮއިކުރުމާއެކު 50 މިލިއަން ޑޮލަރު ދިނުމަށެވެ.

އެއިން އެއްވެސް ފައިސާ ނުލިބުނެވެ. އެމީހުން ބޭނުންވީ ހަމައެކަނި ފޮޓޯގަނޑެކެވެ. ލިޔުންތަކާއި ފޮޓޯގަނޑު ހިފައިގެން ބޭރުގެ އިންވެސްޓަރުން ގާތަށް އެ މީހުން ދުވަނީއެވެ. ސަރުކާރަށް ރޭކާލީ މިހާރުއެވެ. އެއީ އެކަން ވާވަރުގެ ބައެއް ނޫންކަމަށް މިހާރު ގަބޫލުކުރެވޭއިރު ބިމެއް ހުސްކޮށް އެޅި ބިންގަލާ، އެކަމަށް މުއިއްޒާއި ސަރުކާރުން ކެނޑިފޮނި ފެންނެތް ބޮޑެތި ކާށިތަކަކަށްވެ ނިމެނީއެވެ.

ކޮންމެއަކަސް ބޭރުގެ ގައުމަކުން އާރުލާ މީހަކު އެއްޗެއް ނުބުނުމާއި ނާށިގަނޑު ހިފައިގެންގޮސް އާދޭސްކުރުމުންވެސް އެއްޗެއް ދިއްކޮށްލާނެ ގައުމެއް ނުވުމުން މުޅިންވެސް މިޖެހެވެނި މިފަދަ ޕްރިންސުންގެ ގުއިރޯނުގައެވެ. ބޮޓުންކޮޅު ލައްވާ ބަވަބަވާފައިވެސް އާޚިރުގައިގޮސް މިއެރެވެނީ ގެރިމޯދީ އުނގަށެވެ. ތިރިވަނީ ބޭރުކުރާން އައި އިންޑިޔާ ފައިބުޑަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުން ހަދަނީ ހަދާނެ އެއްޗެއް! ރައްޔިތުން ގޮތް ހުސްވެފައި!

ސަރުކާރުން ހަދަނީ ހަދާނެ އެއްޗެއް! ރައްޔިތުން ގޮތް ހުސްވެފައި!

14 ޖޫން 2017
ރައްޔިތުން ނޫނެކޭ ބުނީ ސަރުކާރުގެ ސިޔާސަތުތަކަށް!

ރައްޔިތުން ނޫނެކޭ ބުނީ ސަރުކާރުގެ ސިޔާސަތުތަކަށް!

12 މެއި 2017
ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!

ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!

04 މެއި 2017
ސަރުކާރު އުޅެނީ "މޮޔަ ހަސަނަށް އަމާ ފެނިގެން އުޅުނު ހެން"

ސަރުކާރު އުޅެނީ "މޮޔަ ހަސަނަށް އަމާ ފެނިގެން އުޅުނު ހެން"

23 އެޕްރީލު 2017
ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟

ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟

21 އެޕްރީލު 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު