ކ. މާލެ
|
11 ޖޫން 2025 | ބުދަ 18:18
ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލަ އެއް ހިނގަމުން ދަނިކޮށް ކުއްލި ގޮތަކަށް ތިން ފަނޑިޔާރަކު ސަސްޕެންޑު ކޮށް ދެ ފަނޑިޔާރަކު ބޭ އިންސާފުން ވަނީ ވަކި ކޮށްފައި
ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލަ އެއް ހިނގަމުން ދަނިކޮށް ކުއްލި ގޮތަކަށް ތިން ފަނޑިޔާރަކު ސަސްޕެންޑު ކޮށް ދެ ފަނޑިޔާރަކު ބޭ އިންސާފުން ވަނީ ވަކި ކޮށްފައި
ރާއްޖެއެމްވީ ގްރެފިކްސް
ސުޕްރީމް ކޯޓު
ސުޕްރީމް ކޯޓަށް ފަނޑިޔާރުން ޢައްޔަން ކުރި ވޯޓުގައި އެމްޑީޕީ އިން ބައިވެރި ނުވީ ފަނޑިޔާރުން ގާނޫނާ ޚިލާފަށް ވަކި ކުރުމުން: ޝަމްހީދު
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރުމުގައި އިންސާފުވެރި އިޖުރާއަތުތަކެއް ނެތުމާއި، ފަނޑިޔާރު ގެއަށް ސަރުކާރުން ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތްކަމަށް ބުނެ ބޮޑެތި ކަންބޮޑުވުންތައް ބައިނަލް އަގްވާމީ ޖަމްއިއްޔާ ތަކުން ވަނީ ފާޅުކޮށްފައެވެ.

ސުޕްރީމް ކޯޓަށް ފަނޑިޔާރުން ޢައްޔަން ކުރި ވޯޓުގައި އެމްޑީޕީ އިން ބައިވެރި ނުވީ އެ ކޯޓުން ކުރިން ވަކިކުރެވުނު ފަނޑިޔާރުންގެ މައްސަލަ ނިންމާފައިވަނީ ޤާނޫނީ ހަމަތަކާއި އުޞޫލުތަކުގެ އިމުން ބޭރުން ކަމަށް ވާތީ ކަމުގައި އެމްޑީޕީ އަށް ނިސްބަތްވާ ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

"މިއަދު ސުޕްރީމް ކޯޓަށް ފަނޑިޔާރުން ޢައްޔަންކުރުމަށް ނެގުނު ވޯޓުގައި އެމްޑީޕީގެ މެންބަރުން ބައިވެރިނުވުމުގެ މައިގަނޑު ސަބަބަކީ، އެ ކޯޓުން ކުރިން ވަކިކުރެވުނު ފަނޑިޔާރުންގެ މައްސަލަ ނިންމާފައިވަނީ ޤާނޫނީ ހަމަތަކާއި އުޞޫލުތަކުގެ އިމުން ބޭރުން ކަމަށް ޤަބޫލުކުރެވޭތީ؛" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުދަ ދުވަހު މަޖިލީހުގައި ނެގި ވޯޓާ ބެހޭ ގޮތުން ޝަމްހީދު ވިދާޅުވިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުން ކަމުގައިވާ ޑރ. އަޒްމިރާލްދާ ޒާހިރު އަދި މަހާޒް އަލީ ޒާހިރު ވަކިކުރުމުގެ ކަންކަން ގެންގޮސްފައިވާ ގޮތާ ބެހޭ ގޮތުން ބައިނަލް އަގްވާމީ އެތައް ޖަމްއިއްޔާ އަކުންނާއި އދ. ން ވެސް ކަންބޮޑުވުން ފާޅު ކޮށްފައިވެއެވެ.

މި ދެ ފަނޑިޔާރުން ވަކިކުރުމުގައި އިންސާފުވެރި އިޖުރާއަތުތަކެއް ނެތުމާއި، ފަނޑިޔާރުގެއަށް ސަރުކާރުން ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތްކަމަށް ބުނެ ބޮޑެތި ކަންބޮޑުވުންތައް އުފެދިފައިވެއެވެ. އަދި މިކަމުގެ ސަބަބުން ޤައުމުގައި ޤާނޫނުގެ ވެރިކަމާއި އިންސާނީ ޙައްޤުތަކަށް ފުޅާ ދާއިރާއެއްގައި އަސަރުކުރާނެ ކަމަށް ބެލެވޭ ކަމަށް ވެސް ހައްގުތައް ރައްކައުތެރި ކުރުމާ ބެހޭ ޖަމްއިއްޔާ ތަކުން ބުނެފައިވެއެވެ.

ދެ ފަނޑިޔާރުން ވަކި ކުރުން ކުރިއަށް ގެންދިޔައީ، އެކަމުގެ ތެރެއަށް ސަރުކާރުން ނުފޫޒު ފޯރުވައިގެން ކަމަށް ބެލޭނެ ޖާގަ އޮތް ކަމަށް ބުނެ ފަނޑިޔާރުން ވަކިކުރުމުގެ މަސައްކަތް ވަގުތުން ހުއްޓާލުމަށާއި، ކުރިމަގުގައި ފަނޑިޔާރުންނާ ގުޅޭ ހުރިހާ ނިންމުމެއްގައި އިންސާފުވެރި އިޖުރާއަތުތަކާއި ފަނޑިޔާރުގެ މިނިވަންކަމުގެ އުސޫލުތަކަށް ޙުރުމަތްތެރިކޮށް ހިތުމަށް ބައިނަލް އަގްވާމީ ޖަމްއިއްޔާ ޖަމާއަތްތަކުން ސަރުކާރަށް ގޮވާލަމުން ދަނިކޮށް އެކަމަށް އެއްވެސް ފަރުވާލެއް ބެހެއްޓުމެއް ނެތި އެވެ.

- ކޮމެންޓް