Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ފިސްކަލް ޒިންމާ ގެ ޗާޓަރ އެކުލަވާލަންވީ ވަގުތަކީ މިއީ، މިހާރު ނުވިކަމެއް ދެ އަހަރު ފަހުން ވެސް ނުވާނެ: ޑރ.ޝަމްހީދު

28 ނޮވެމްބަރު 2025 | ހުކުރު 08:45

އާ އިސްލާހާއި އެކު ފިސްކަލް ޒިންމާ ގެ ޗާޓަރ އެކުލަވާލަން ޖެހޭނީ 3 ޑިސެމްބަރު 2026ގައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 28 ނޮވެމްބަރު 2025 | ހުކުރު 08:45
ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑރ އަޙްމަދު ޝަމްހީދު

ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑރ އަޙްމަދު ޝަމްހީދު

ފިސްކަލް ޒިންމާ ގެ ޗާޓަރ އެކުލަވާލަންވީ ވަގުތަކީ މިއީ ކަމަށާއި މިހާރު ނުވިކަމެއް ދެ އަހަރު ފަހުން ވެސް ނުވާނެ ކަމަށް ރައްޔިތުން ގެ މަޖިލީހު ގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީ ގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ފިސްކަލް ޒިންމާގެ ޤާނޫނުގެ ދަށުން އެކުލަވާލަން ޖެހޭ، މާލީ ޒިންމާގެ ޗާޓަރު އެކުލަވާލަން ޖެހޭ މުއްދަތު މަވާން ކުޑަތަން ވެފައި ވަނިކޮށް، އެ ޗާޓަރު އެކުލަވާލުން 2 އަހަރަށް ފަސްކުރުމަށް ހުށަހެޅި އިސްލާހު ބަލައިގަނެފައި ވަނީ ބުރާސްފަތި ދުވަހު އެވެ.

އެކަމުގެ ސަބަބުން ރާއްޖޭގެ މާލީ އަގު ދަށް ވާ ކަމަށް ޝަމްހީދު ވިދާޅުވި އެވެ. މާލީ ރެޕިއުޓޭޝަން އާއި ކްރެޑިޓް ރޭޓިން ރަނގަޅޫކުރުމަކީ މުހިންމު ކަމެއް ކަމަށް ޝަމްހީދު ވިދާޅުވި އެވެ. ފިސްކަން ޒިންމާގެ ޗާޓު އެކުލަވާލަން ކުރިން ދީފައި އޮތް 6 މަސް ދުވަހުގެ މުއްދަތަކީ އެކަށީގެންވާ މުއްދަތެއް ކަމަށް ޑރ.ޝަމްހީދު ވަނީ ވިދާޅުވެފަ އެވެ. ޝަމްހީދު ވިދާޅުވީ ފިސްކަލް ޒިންމާގެ ޤާނޫނަށް އަމަލުކުރަން ފެށި ހިސާބުން ފެށިގެން މިހާތަނަށް އެކުލަވާލި ޤާނޫނުތަކުގެ ފިސްކަލް އެސެސްމެންޓް ހަދާފައި ނުވާތީ، އެއީ ޤާނޫނާއި ޚިލާފަށް ފާސްކޮށްފައިވާ ޤާނޫނުތަކެއް ކަމަށް ޝަމްހީދު ވިދާޅުވި އެވެ.

"މިފަދަ ޤާނޫނެއް އޮތުމަކީ މާލީ ވަޒީރު ވެސް އިތުރަށް ޒިންމާދާރުވޭ. މިހެން ހަދާ ޤާނޫނުތައް ވަނީ މާލީ ގޮތުން ބުރަ ބޮޑު ޤާނޫނުތަކަށް. މަޖިލީހުން ފާސްކުރާ ޤާނޫނުތަކުގެ ފިސްކަލް އިމްޕެކްޓް އެނގެން ޖެހޭ. އެކަން ނުކޮށް މިހާރު މި ހުށަހަޅަނީ ފިސްކަލް ޒިންމާގެ ޤާނޫނުގެ ބައެއް މާއްދާތަކަށް އަމަލު ނުކުރަން." ޑރ.ޝަމްހީދު ވިދާޅުވި އެވެ.

ފިސްކަލް ޒިންމާގެ ޤާނޫނަކީ މިދިޔަ ޑިސެމްބަރު މަހު ތަސްދީގު ކުރި ޤާނޫނެކެވެ. އެ ޤާނޫނަށް އަމަލުކުރަން ފެށީ ޖޫން މަހު އެވެ. އެ ގާނޫނުގައި ބުނާ ގޮތުން ފިސްކަލް ޒިންމާގެ ގާނޫނަށް އަމަލުކުރަން ފަށާތާ ހަ މަސްދުވަހުގެ ތެރޭގައި ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލަން ޖެހޭނެ އެވެ. އެހެންނަމަވެސް އެކަމާއި ގުޅިގެން ކުރަން ޖެހޭ ކަންކަން ސަރުކާރުން މިހާތަނަށް ފުރިހަމަކޮށްފަ އެއް ނުވެ އެވެ.

ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް އިސްލާހު ހުށަހަޅުއްވާފައި ވަނީ ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނުގެ ދަށުން އެކުލަވާލަން ޖެހޭ ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުމަށް ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތު އިތުރުކުރުމަށެވެ. އެ ޤާނޫނަށް ހުށަހަޅާފައިިވާ އިސްލާހަކީ ޤާނޫނުގެ 39 ވަނަ މާއްދާގެ ދަށުން އެކުލަވާލަން ޖެހޭ ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުމާއި، އެއަށް އަމަލުކުރަން ޖެހޭ މުއްދަތު ވެސް ދިގުދަންމާލުމެވެ. އިސްލާހު ހުށަހަޅާފައި ވަނީ ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުމުގެ މުއްދަތު ދެ އަހަރަށް އިތުރުކުރުމަށެވެ. އެހެންކަމުން ދެން އެ ޗާޓަރު އެކުލަވާލަން ޖެހޭނީ 3 ޑިސެމްބަރު 2026ގަ އެވެ.

ފިސްކަލް ޒިންމާގެ ގާނޫނުޑރ. އަހްމަދު ޝަމްހީދުރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
11 ޑިސެމްބަރު 2025

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު
09 ޑިސެމްބަރު 2025

ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

09 ޑިސެމްބަރު 2025
ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް
08 ޑިސެމްބަރު 2025

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް
06 ޑިސެމްބަރު 2025

ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި

06 ޑިސެމްބަރު 2025
ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި
06 ޑިސެމްބަރު 2025

ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި

06 ޑިސެމްބަރު 2025
ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި
05 ޑިސެމްބަރު 2025

މަރުގެ އަަދަބު ކަނޑައަޅަނީ އަދަބު ދޭ ހިތަކުން ނޫން، އެއީ އޭރުން މީހުން ކުށް ކުރަން ފަސްޖެހޭނެތީ: ރައީސް މުއިއްޒު

05 ޑިސެމްބަރު 2025
މަރުގެ އަަދަބު ކަނޑައަޅަނީ އަދަބު ދޭ ހިތަކުން ނޫން، އެއީ އޭރުން މީހުން ކުށް ކުރަން ފަސްޖެހޭނެތީ: ރައީސް މުއިއްޒު
05 ޑިސެމްބަރު 2025

ރައްޔިތުންނަށް ވާނުވާ ނޭނގޭ ގޮތައް ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލަން ޖެހޭ ތާރީޚު ފަސްކުރީ ކީއްވެ؟

05 ޑިސެމްބަރު 2025
ރައްޔިތުންނަށް ވާނުވާ ނޭނގޭ ގޮތައް ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލަން ޖެހޭ ތާރީޚު ފަސްކުރީ ކީއްވެ؟
04 ޑިސެމްބަރު 2025

މަސްތުވާތަކެތީ ގެ ބިލު: އުމުރަށް ޖަލަށްލުމުން މާފު ނުދެވޭ ގޮތަށް ހަދާ، އުމުރަށް ޖަލަށްލުން މާނަ ކުރާ ގޮތް ބަދަލުކޮށްފި

04 ޑިސެމްބަރު 2025
މަސްތުވާތަކެތީ ގެ ބިލު: އުމުރަށް ޖަލަށްލުމުން މާފު ނުދެވޭ ގޮތަށް ހަދާ، އުމުރަށް ޖަލަށްލުން މާނަ ކުރާ ގޮތް ބަދަލުކޮށްފި
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް