Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަނޑިޔާރުން އައްޔަން ކުރެއްވުން

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހަމީދާއި ސަލީމު އައްޔަން ކުރެއްވުމަށް ފާސްކޮށްފި

ފަނޑިޔާރު ކަމަށް ހަމީދު އައްޔަން ކުރެއްވުމަށް ފެންނަ ކަމަށް 60 މެމްބަރުން ވޯޓް ދެއްވާފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 11 ޖޫން 2025 | ބުދަ 07:13
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވި، މުހައްމަދު ސަލީމާއި، އަބްދުﷲ ހަމީދު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވި، މުހައްމަދު ސަލީމާއި، އަބްދުﷲ ހަމީދު

ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިސްކަން ދެއްވި މުޙައްމަދު ސަލީމް އަދި ޢަބްދުﷲ ޙަމީދު އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމު ހުސްވީ، ކުރިން އެ ފަނޑިޔާރު ކަމުގައި ތިއްބެވި ޑރ. އަޒްމިރަލްދާ ޒާހިރު އަދި އަލްއުސްތާޒު މަހާޒް އަލީ ޒާހިރު ފަނޑިޔާރު ކަމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމުންނެވެ.

Advertisement - newsAdvertisement

އެއާއެކު ސުޕްރީމް ކޯޓަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 12 ފަރާތަކުން ކުރިމަތިލީއިރު، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ އިންޓަވިއު އިން ކުރި ހޯދީ ސަލީމް އަދި ޙަމީދު އެވެ. އެއާއެކު ޖޭއެސްސީ އިން ވަނީ އެ ދެ ބޭފުޅުން ސުޕްރީމް ކޯޓަށް އައްޔަން ކުރުމަށް ރައީސް މުއިއްޒު އަށް ލަފާ ދީފަ އެވެ.

ޖޫން މަހުގެ 4 ވަނަ ކުރިއަށް ގެންދިޔަ ޖުޑިޝަރީ ކޮމެޓީގައި، ކޮމެޓީ މެންބަރުންގެ އިއްތިފާގުން ދެ ބޭފުޅުންނަށް ވެސް ރުހުންދޭން ވަނީ ފާސްކޮށްފައެވެ.

އެގޮތުން، ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަލީމް އަދި ޙަމީދު އައްޔަން ކުރުމަށް ވަނީ ފާސްކޮށްފަ އެވެ. ފަނޑިޔާރު ކަމަށް ހަމީދު އައްޔަން ކުރެއްވުމަށް ފެންނަ ކަމަށް 60 މެމްބަރުން ވޯޓް ދެއްވާފައިވެއެވެ. އަދި ސަލީމް ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމަށް ފެންނަ ކަމަށް 61 މެމްބަރުން ވަނީ ވޯޓް ދެއްވާފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަން ކުރެއްވި، ސަލީމް އަކީ، މިހާރު ދިވެހި ރާއްޖޭގެ ހައި ކޯޓުގެ ފަނޑިޔާރު ކަމުގައި ހުންނެވި ފަރާތެކެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް، ފަނޑިޔާރު ސަލީމްގެ ޝަރުރު ހަމަވުމާ ގުޅޭ ގޮތުން ޖޭއެސްސީ ގައި ބޮޑު ބަހުސެއް ކުރިއަށް ދިޔައިއިރު، ޖޭއެސްސީ އިން އެންމެ ފަހުން ނިންމީ ވަކީލު ކަމުގެ ހުއްދަ އަށް ހަތް އަހަރު ވެއްޖެ ނަމަ، ޝަރުތު ހަމަވާނެ ކަމަށެވެ.

މީގެ އިތުރުން ޙަމީދަކީ ހައި ކޯޓުގެ އިސް ފަނޑިޔާރުކަން މީގެ ކުރިން ކުރައްވާފައިވާ ބޭފުޅެކެވެ. ޙަމީދާ ގުޅުން ހުރި މައްސަލަ އެއް ޖޭއެސްސީ އިން ތަހުގީގު ކުރިއިރު، ފަނޑިޔާރު ކަމުން އޭނާ ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ 2022 ވަނަ އަހަރު ފާސްކޮށްފަ އެވެ. އެއީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ފަނޑިޔާރުންނަށް ދިން ފްލެޓު ގަބޫލު ކުރި މައްސަލައިގަ އެވެ.

ސުޕްރީމް ކޯޓަށް މި ދެބޭފުޅުން އައްޔަން ކުރެއްވުމާއެކު، ކޯޓުގެ ބެންޗު ފުރިހަމަވާނެއެވެ.

ސުޕްރީމް ކޯޓުގައި މި ދެބޭފުޅުންގެ އިތުރުން، މިވަގުތި ތިއްބެވީ، އުއްތަމަ ފަނޑިޔާާރު އަޙުމަދު މުއުތަސިމް އަދުނާން، ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު އަލީ ރަޝީދު ޙުސެއިން، ފަނޑިޔާރު ޑޮކްޓަރު މުޙައްމަދު އިބްރާހީމް އަދި ފަނޑިޔާރު ޙުސެއިން ޝަހީދު އެވެ. މީގެ ތެރެއިން ޝަހީދު ސުޕްރީމް ކޯޓަށް އައްޔަން ކުރީ މި ސަރުކާރުންނެވެ.

އެއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އަލްއުސްތާޛް ހުސްނުއް ސުއޫދު އިސްތިއުފާ ދެއްވުމުންނެވެ.

ފަނޑިޔާރު ކަމުގެ މަގާމުން ސުއޫދޫ އިސްތިއުފާ ދެއްވީ، ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ ދުސްތޫރީ މައްސަލައެއްގެ އަޑު އެހުން ފަށަން ކުޑަތަން ވެފައި ވަނިކޮށް، ޖޭއެސްސީ އިން ކުއްލި ގޮތަކަށް އޭނާ ސަސްޕެންޑު ކުރި ފަހުންނެވެ. ފަނޑިޔާރު ކަމުން ސުއޫދު އިސްތިއުފާ ދެއްވީ ފަނޑިޔާރު ގެއަށް ރައީސް މުއިއްޒު އަދި ސަރުކާރުން ނުފޫޒު ފޯރުވަމުން ގެންދަވާތީ، އެކަމާ އިހުތިޖާޖު ކުރެއްވުމުގެ ގޮތުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި

ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު

ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު

14 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017
ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!

ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!

12 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު