Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ ގުޅުން

އީރާނާއި އެމެރިކާގެ މަޝްވަރާތައް ބުރާސްފަތި ދުވަހު ކުރިއަށް ދާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

10 ޖޫން 2025 | އަންގާރަ 07:38

ޓްރަމްޕް ވިދާޅުވީ މަޝްވަރާތަކުގައި އީރާނުން އެދެނީ ކުރެވެން ނެތް ކަންތައްތަކެއް ކަމަށާއި، އީރާނުން ދޫ ދޭން ޖެހޭ ތަނުގައި ދޫ ދޭން ވެސް ބޭނުން ނުވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 ޖޫން 2025 | އަންގާރަ 07:38
އެއާ ފޯސް ވަން އަށް އަރައި ވަޑައިގަތުމުގެ ކުރިން ޓްރަމްޕް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ

އެއާ ފޯސް ވަން އަށް އަރައި ވަޑައިގަތުމުގެ ކުރިން ޓްރަމްޕް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ

އީރާނާއި އެމެރިކާއާ ދެމެދު ކުރިއަށް ގެންދަމުން އަންނަ ނިއުކްލިއާ މަޝްވަރާތަކުގެ އިތުރު ބައްދަލުވުމެއް، ބުރާސްފަތި ދުވަހު އޮންނާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހު ޓްރަމްޕް ވިދާޅުވެފައި ވަނީ އީރާނަކީ ވަރަށް މޮޅަށް މަޝްވަރާ ކުރާ ޤައުމެއް ކަމަށެވެ. އެހެން ނަމަވެސް. މައިގަނޑު ހުރަހަކަށް ވެފައި ވަނީ ޔުރޭނިއަން އެންރިޗްމަންޓާ ގުޅޭ މައްސަލަ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި ހޯމަ ދުވަހު އޮތް އިވެންޓެއްގައި ބައިވެރިވެ ވަޑައިގެން، ނޫސްެވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެމެރިކާ އިން އަންނަނީ އީރާނާ ގުޅުން ހުރި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އަދި އެއީ ވަރަށް އުނދަގޫ މަސައްކަތްތަކެއް ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. 

މީގެ އިތުރުން ޓްރަމްޕް ވިދާޅުވީ މަޝްވަރާތަކުގައި އީރާނުން އެދެނީ ކުރެވެން ނެތް ކަންތައްތަކެއް ކަމަށާއި، އީރާނުން ދޫ ދޭން ޖެހޭ ތަނުގައި ދޫ ދޭން ވެސް ބޭނުން ނުވާ ކަމަށެވެ.  އަދި އީރާނުން ކޮންމެހެން ވެސް ޔުރޭނިއަން އެންރިޗްމަންޓް ބޭނުންވާ ކަމަށާއި، ނަމަވެސް އެއީ އެމެރިކާ އަށް ބަަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ. 

އިތުރަށް ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވެފައި ވަނީ، އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އާއެކު، އެހެނިހެން މައްސަލަތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. އީރާނާއި އިސްރާއީލާ ދެމެދު އޮތް މައްސަލަތަކާ ގުޅޭ ގޮތުން ެވސް މަޝްވަރާ ކުރެވިފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. 

އޮމާން އިން މެދުވެރިއެއްގެ ދައުރު އަދާ ކުރަމުން އަންނަ މި މަޝްވަރާތަކުގައި މިހާތަނަށް ވަނީ ފަސް ބައްދަލުވުމެއް ބާއްވައިފަ އެވެ. އެންމެ ފަހުގެ ބައްދަލުވުން ނިންމާލީ އިތުރު ބައްދަލުވުމެއް އޮންނާނެ ކަމުގެ ޔަގީންކަމާ އެކު އެވެ. ނަމަވެސް އޭރު ދެން ހަ ވަނަ ބައްދަލުވުން އޮންނާނެ ތާރީޚެއް ހާމަކޮށްފައި ނެތެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
29 ޖެނުއަރީ 2017

އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި

29 ޖެނުއަރީ 2017
އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި
28 ޖެނުއަރީ 2017

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
25 ޖެނުއަރީ 2017

ސީރިޔާގެ ސުލްހައިގެ މަޝްވަރާތައް ފެށިއްޖެ

25 ޖެނުއަރީ 2017
ސީރިޔާގެ ސުލްހައިގެ މަޝްވަރާތައް ފެށިއްޖެ
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
23 ޖެނުއަރީ 2017

ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ

23 ޖެނުއަރީ 2017
ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް