Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރަައީސް ޔާމީނު

ރަސްރަނި ބަގީޗާ ބިނާކުރި އިސް ސިފައިންނާ ރައީސް ބައްދަލު ކުރައްވައިފި

ބައްދަލު ކުރެއްވީ ރައީސް އޮފީހުގައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 27 އޯގަސްޓު 2017 | އާދީއްތަ 13:38
ރަސްރަނި ބަގީޗާ ހެދުމުގައި އިސްކޮށް ހަރަކާތްތެރިވި ސިފައިންނާ ރައީސް ޔާމިން ބައްދަލު ކުރައްވަނީ

ރަސްރަނި ބަގީޗާ ހެދުމުގައި އިސްކޮށް ހަރަކާތްތެރިވި ސިފައިންނާ ރައީސް ޔާމިން ބައްދަލު ކުރައްވަނީ

ރަސްރަނި ބަގީޗާ ބިނާކުރުމުގައި އިސްކޮށް އުޅުއްވި ސިފައިންގެ ބޭކަލުންނާއި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބައްދަލު ކުރައްވާ ޝުކުރު ދަންނަވައިފިއެވެ.

އާދީއްތަ ދުވަހު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލު ކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސިފައިންގެ ސިވެކް ކުންފުނީގެ ފަރާތުން ރަސްރަނި ބަގީޗާ، ކުރު މުއްދަތެއްގެ ތެރޭގައި ވަރަށް ފުރިހަމަޔަށް ތައްޔާރު ކޮށްދެއްވާފައިވާކަން ފާހަގަކުރައްވާ އެކަމަށްޓަކައި ޝުކުރު ދެންނެވިއެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި، ސިފައިންގެ ރަސްމީ މަސައްކަތުގެ ބޭރުން ޤައުމު ބިނާކުރުމުގެ މިފަދަ މަޝްރޫޢުތަކުގައި ސިފައިން މަސްޢޫލުވެ އުޅުމަކީ ދިވެހި ކޮންމެ ރައްޔިތަކުމެ ހިތުގެ އެންމެ ފުންމިނުން ބަލައިގަންނާނެ ކަމެކެވެ.

މާލޭ ސަލްޓަންޕާކު ސަރަޙައްދުގައި "އެޑިއުޓެއިންމަންޓް އެންޑް ހެރިޓޭޖް" ކޮންސެޕްޓަށް ތަރައްޤީ ކުރެވިފައިވާ ރަސްރަނި ބަގީޗާ ހުޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ފާޠިމަތު އިބްރާހީމެވެ. މިމަހުގެ 21 ވަނަ ދުވަހުގެ ރޭ ރަސްމީކޮށް ހުޅުއްވައިދެއްވި ރަސްރަނި ބަގީޗާ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި މި ބަގީޗާއަކީ ހުރިހާ ދިވެހިންގެ ތަނެއް ކަމަށާއި، މިފަދަ ބަގީޗާއެއް ހެދުމުގެ ބޭނުމަކީ، ކުޑަކުދިންނަށް ފަންނީ މަސައްކަތްކުރެވޭ، ތަޢުލީމީ ތަޖުރިބާ ލިބޭފަދަ ތަނެއް ޤާއިމުކުރުން ކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރަސްރަނި ބަގީޗާއަކީ ތަފާތު އެކި ބައިތަކާއި ވަޞީލަތްތައް ހިމަނައިގެން ތަރައްޤީކުރެވުނު ބަގީޗާއެކެވެ. މި ބަގީޗާގައި ކުޑަކުދިންނަށް ޚާއްޞަ ޙަރަކާތްތަކާއި ކުޅިވަރުތައް ކުޅެވޭނެފަދަ އިންތިޒާމުތައް ހަމަޖެހިފައިވުމުގެ އިތުރުން، މި ބަގީޗާއަކީ އެކި ޢުމުރުފުރާތަކަށް ވެސް ހިތްހަމަޖެހޭ އުފާވެރި މާޙައުލެއްގައި ވަގުތު ހޭދަކުރެވޭނެ ގޮތަށް ތައްޔާރު ކުރެވިފައިވާ ހިތްފަސޭހަ މައިދާނެކެވެ.

ސިފައިން ލައްވާ ނިމިދިޔަ ރޯދަމަހުގެ ފަހު ދިހައިގެ ރޭގަނޑުގެ ވަގުތުތަކުގައި ވެސް ހުއްޓުމެއް ނެތި އެތަނުގެ މަސައްކަތް ކުރުވާފައިވާއިރު ރައީސް ނަޝީދުގެ ވެރިކަމުގައި ރާއްޖޭގައި ބޭއްވި ސާރކް ސަމިޓަށް އައްޑޫ ކޮންވެންޝަން ސެންޓަރ ޤާއިމް ކުރުމުގައި ސިފައިން ބޭނުން ކުރުމުން ސިފައިންނާއި މިހާރުގެ ސަރުކާރުގެ ބޭފުޅުން އަދި އޭރުގެ އިދިކޮޅު ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް

25 ޖެނުއަރީ 2017
ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް
23 ޖެނުއަރީ 2017

އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

23 ޖެނުއަރީ 2017
އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
22 ޖެނުއަރީ 2017

ފިލްމް އެސޯސިއޭޝަންގެ ވައިސް ޗެއަރޕާސަންގެ މަގާމަށް މުއާ!

22 ޖެނުއަރީ 2017
ފިލްމް އެސޯސިއޭޝަންގެ ވައިސް ޗެއަރޕާސަންގެ މަގާމަށް މުއާ!
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު