Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ-ހަނގުރާމަ

އެހީ ބަހާ މަރުކަޒަކަށް ދިން ހަމަލާގައި ހަތަރު މީހަކު ޝަހީދު ކޮށްލައިފި

އިސްރާއީލްގެ އަސްކަރިއްޔާ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ޣައްޒާގައި ހުޅުވާލެވިފައިވާ ސަރަހައްދަކަށް އަމާޒުކޮށް ވަޒަން ޖަހާފައިވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 ޖޫން 2025 | ހޯމަ 06:21
ޣައްޒާގައި ކުޑަކުދިންތަކެއް ރޮމުން ގެންދާ މަންޒަރު

ޣައްޒާގައި ކުޑަކުދިންތަކެއް ރޮމުން ގެންދާ މަންޒަރު

ޣައްޒާ އަށް ބޭނުންވާ އިންސާނީ އެހީ ބެހުމުގެ މަސައްކަތް ކުރަމުން އަންނަ މަރުކަޒަކަށް އަމާޒުކޮށް އިސްރާއީލްގެ އަސްކަރިއްޔާ އިން ދިން ހަމަލާގައި، ހަތަރު މީހަކު ޝަހީދު ކޮށްލައިފި އެވެ.

ޣައްޒާގެ ޞިއްޙީ ވުޒާރާ އިން ހާމަކޮށްފައިވާ ގޮތުގައި އެހީ ބެހުމުގެ މަސައްކަތް ކުރަމުން އަންނަ މަރުކަޒަކަށް އަމާޒުކޮށް އިސްރާއީލް އިން ވަނީ ހަމަލާ ދީފަ އެވެ. އެ ވަގުތު އެ މަރުކަޒަަށް ގިނަ ބަޔަކު އެެއްވެފައި ތިބި ކަމަށާއި، އެ ހަމަލާގައި ހަތަރު މީހަކު ޝަހީދުވެފައިވާ ކަމަށް ވަނީ ބުނެފަ އެވެ. މީގެ އިތުރުން އިތުރު ބަޔަކަށް ގިނަ ޒަޚަމުތަކެއް ލިބިފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ޣައްޒާގައި ހުޅުވާލެވިފައިވާ ސަރަހައްދަކަށް އަމާޒުކޮށް ވަޒަން ޖަހާފައިވާ ކަމަށެވެ. އަދި އެގޮތަށް އަމަލު ކުރަން ޖެހުނީ ސިފައިންގެ ބަޔަކާ ދިމާލަށް މީހުންތަކެއް އަންނަން ފެށުމުން ކަމަށް ވެސް ބުނެފައިވެ އެވެ.

ޞިއްޙީ އޮފިޝަލުން ހާމަކޮށްފައިވާ ގޮތުގައި އިސްރާއީލްގެ ހަމަލާތަކުގައި ޝަހީދުވީ ހަތަރު މީހުންގެ ހަށިގަނޑު ވަނީ އެމްބިއުލާންސްގައި ވަގުތުން ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އެ ހަމަލާގައި ޝަހީދުވި މީހުންގެ ތެރޭގައި ހިމެނޭ، އުމުރުން 36 އަހަރުގެ ޚާލިދު ދޮޣްމާ ޝަހީދުވެފައި ވަނީ އޭނަގެ ފަސް ދަރިންނަށް ބޭނުންވާ ކާނާ ހޯދުމަށް މަރުކަޒަކަށް ގޮސް ހުއްޓަ އެވެ. އަދި އޭނާ ޝަހީދުވީ ބޮލަށް އަމާޒުކޮށް އިސްރާއީލްގެ ސިފައިން ވަޒަން ޖެހުމުންނެވެ. 

އިސްރާއީލް އިން އަންނަނީ ޣައްޒާގައި އެހީ ބަަހަމުން އަންނަ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާތައް ދީ، އެތައް ބަޔަކު ޝަހީދު ކުރަމުންނެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނި ވެސް 104 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ވަނީ ބުނެފަ އެވެ. އޭގެ ތެރޭގައި އެހީ ބަހާ މަރުކަޒު ތަކުން ޝަހީދުކޮށްލި ފަސް މީހުން ވެސް ހިމެނެ އެވެ. 

އިސްރާއީލް އިން އަންނަނީ ޣައްޒާ އަށް ދެމުން އަންނަ ހަަމަލާތައް އެއް ދުވަހުން އަނެއް ދުވަހަށް ވަރުގަދަ ކުރަމުންނެވެ. ޚާއްސަކޮށް އެހީ ބެހުމުގެ މަސައްކަތް ކުރަމުން އަންނައިރު ވެސް، އިސްރާއީލް އިން ދެމުން އަންނަ ހަމަލާތައް ގިނަވެފައިވާކަން ފާހަގަ ކުރެވެ އެވެ. 

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
08 ފެބުރުއަރީ 2017

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
05 ފެބުރުއަރީ 2017

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި
29 ޖެނުއަރީ 2017

ތުރުކީގެ އަސްކަރިއްޔާ ވަރުގަދަކުރުމަށް އިގިރޭސިވިލާތުން އެހީތެރިވަނީ

29 ޖެނުއަރީ 2017
ތުރުކީގެ އަސްކަރިއްޔާ ވަރުގަދަކުރުމަށް އިގިރޭސިވިލާތުން އެހީތެރިވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު