Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިދިކޮޅު ގުޅިފައިވާ ޕާޓީތައް

ގައުމުގެ ކަންކަން ރަނގަޅު ކުރުމަށް އިހުތިޖާ ކުރުމަށް އަނާރާ ގޮވާލައްވައިފި

އަނިޔާވެރިކަމާ ދެކޮޅަށް ބަސް ބުނަން ޖެހޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 27 އޯގަސްޓު 2017 | އާދީއްތަ 11:36
ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމު --

ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމު --

ރާއްޖޭގެ ކަންކަން ރަނގަޅު ކުރުމަށް ރައްޔިތުން ނިކުމެ އިހުތިޖާޖު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމު ގޮވާލައްވައިފި އެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ޖުމްހޫރީ ޕާޓީގެ މައިޖަގަހަ މ. ކުނޫޒުގައި އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަނާރާ ވިދާޅުވީ އަނިޔާވެރިކަމާ ދެކޮޅަށް ރައްޔިތުން ނިކުމެ ބަސްބުނުމަކީ ގައުމު ހަމަ މަގަށް އެޅުވުމަށް ކުރަމުންދާ މަސައްކަތަށް ލިބިގެންދާނެ ހިތްވަރެއް ކަމަށެވެ.

"ދިވެހިރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު މިހާރު ސަރުކާރާމެދު ހިތްހަމަ ނުޖެހުން އެބަހުރި. ހިތްހަމަ ނުޖެހުން ފާޅު ކުރަމުން މިދަނީ ވެސް ސަބަބުތަކެއް ހުރެގެން. ހަމައެކަނި ޖަލަށްލާފައި، އެހާވަރުން ފުއްދާލަނީކީ ވެސް ނޫން. ޖަލަށްލާފަ އިތުރު އަނިޔާތަކެއް ވެސް އެބަދޭ..ވީހާ ވެސް ގިނަ އަދަދެއްގެ ރައްޔިތުން މިކަންކަމާއި އިހުތިޖާޖުކޮށް، ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތަށް ކަންކަން ގެންދިއުމަށް މަސައްކަތް ކުރަންޖެހޭ ޝުއޫރު ފާޅުކޮށް، ބަސްބުނެ، ކުރެވެން ހުރި މަސައްކަތްތައް ކުރަންޖެހޭ،" އަނާރާ ވިދާޅުވި އެވެ.

އަނާރާ ވިދާޅުވީ އަނިޔާވެރިކަމާ ދެކޮޅަށް ބަސް ބުނުމަށް ރައްޔިތުން ތެދުވާން ޖެހެނީ ގައުމު އަމާން ބަނދަރަކަށް ގެންދިއުމަށް ކަމަށެވެ. ހަމަ އެގޮތަށް ރައްޔިތުންނަށް އުފާވެރިކަން ލިބިގެންދާނީ ގައުމުގެ ކަންކަން ހަމަ މަގަށް އެޅި، އިންސާފުން ކަންކަން ނިމިގެންދާނަމަ ކަމަށް ވެސް އަނާރާ ވިދާޅުވި އެވެ.

އަނާރާ އަކީ އަދާލަތު ޕާޓީގެ މެމްބަރެކެވެ. ދީނީ އިލްމުވެރިޔާ އަނާރާ އަކީ މަޑުމައިތިރި ކަނބަލެއް ނަމަވެސް މިހާރު ރާއްޖޭގައި ހިނގަމުންދާ އަނިޔާވެރި ކަންކަމާ ދެކޮޅަށް ބަސް ވިދާޅުވުމުގައި ކުރިއަށް ވަޑައިގަންވާ ކަނބަލެކެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވި ޖަލްސާގައި މެމްބަރު ހުސެއިން އަރީފް އިހުތިޖާޖްކޮށްފި

06 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވި ޖަލްސާގައި މެމްބަރު ހުސެއިން އަރީފް އިހުތިޖާޖްކޮށްފި
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު