Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާންގެ ނިއުކްލިއަރ ޕްރޮގްރާމް

އީރާނުގައި ޔޫރޭނިއަމް ފައްކާ ކުރިއަސް ނުކުރިއަސް އެއީ އެމެރިކާ އާ ކޮން ބެހޭ ކަމެއް؟: ރޫހާނީ ލީޑަރު އާޔަތުﷲ

އެމެރިކާ އިން ހުށަހަޅާފައިވާ ހުށަހެޅުމަކީ 100 އިންސައްތަ އީރާނުގެ މަސްލަހަތާ ދެކޮޅު އެއްޗެއް ކަމަށާއި އެމެރިކާގެ ހަރުކަށި އަދި ބޮޑާ ވެރިން ތަކުރާރުކޮށް ޑިމާންޑް ކުރަނީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލުމަށް ކަމަށާއި އެހެން ނަމަވެސް އީރާނުން ޔޫރޭނިއަމް ފައްކާ ކުރާނެކަން ނުވަތަ ނޫންކަން ނިންމުމުގެ ހައްގު ލިބިގެންވަނީ ކާކަށްތޯ އާޔަތު ﷲ ޚާމަނާއީ ސުވާލު ކުރެއްވިއެވެ.

ރާއްޖެ އެމްވީ | 4 ޖޫން 2025 | ބުދަ 13:15
އީރާނުގެ އިސްލާމީ ޖުމްހޫރިއްޔާގެ ބާނީ އަވަހާރަވިތާ 36 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އަޔަތުالله ޚާމަނާއީ އެއްވެ ތިބި މީހުންނަށް އަތްޕުޅުން އިޝާރާތް ކުރައްވަނީ

އީރާނުގެ އިސްލާމީ ޖުމްހޫރިއްޔާގެ ބާނީ އަވަހާރަވިތާ 36 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އަޔަތުالله ޚާމަނާއީ އެއްވެ ތިބި މީހުންނަށް އަތްޕުޅުން އިޝާރާތް ކުރައްވަނީ

ޔޫރޭނިއަމް ފައްކާ ކުރުމަކީ ނިއުކްލިއަރ ޕްރޮގްރާމުގެ މައިގަނޑު ކަމެއް ކަމަށާއި، އީރާނުން ޔޫރޭނިއަމް ފައްކާ ކުރުން ހުއްޓާލުމަށް އެމެރިކާ އިން ހުށަހަޅާފައިވާ ހުށަހެޅުން ބަލައިނުގަންނަ ކަމަށް އީރާނުގެ އިސްލާމީ އިންޤިލާބުގެ ލީޑަރު އާޔަތު ﷲ ސައްޔިދު އަލީ ޚާމަނާއީ ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ފުރަތަމަ ބަހަކީ އީރާނުގައި ނިއުކްލިއަރ ސިނާއަތެއް އޮވެގެން ނުވާނެ ކަމަށާއި އެމެރިކާ އަށް ބަރޯސާވާން ޖެހޭނެ ކަމަށް ބުދަ ދުވަހު ދެކުނު ތެހެރާނުގައި ހުންނަ އިމާމް ޚުމައިނީގެ މަޤްބަރާގައި ދެއްވި ތަޤްރީރެއްގައި އީރާނުގެ އިސް ލީޑަރު ވިދާޅުވިއެވެ.

"އެމެރިކާގެ ބޭކާރު ވާހަކަތަކަށް އަޅުގަނޑުމެންގެ ޖަވާބު ސާފެވެ: އެމީހުންނަށް މިކަމުގައި އެއްވެސް ކަމެއް ނުކުރެވޭނެއެވެ،" އިސްލާމީ ޖުމްހޫރިއްޔާގެ ބާނީ އަވަހާރަވިތާ 36 އަހަރު ފުރުނު ދުވަސް ފާހަގަ ކުރުމަށް ބޭއްވި އެއްވުމުގައި ލީޑަރު ވިދާޅުވިއެވެ.

މިއީ އީރާނާއެކު އެމެރިކާ އިން ކުރިއަށް ގެންދާ ނިއުކްލިއަރ މަޝްވަރާތަކާ ގުޅޭގޮތުން އީރާނު ސަރުކާރުގެ ސިޔާސަތު ބަޔާން ކޮށްދެއްވުމަށް ދެއްކެވި ވާހަކަފުޅެކެވެ. ޓްރަމްޕް ވިދާޅުވެފައިވަނީ އީރާނަށް "އެއްވެސް ވަރަކަށް ޔުރޭނިއަމް ފައްކާ ކުރުމުގެ ހުއްދައެއް ނުދެވޭނެ" ކަމަށެވެ.

ޓްރަމްޕް މިހެން ވިދާޅުވި އިރު، އެމެރިކާގެ މީޑިއާތަކުން އަންގާރަ ދުވަހު އާންމު ކުރި ރިޕޯޓެއްގައި އެމެރިކާ އިން އީރާނަށް ހުށަހަޅަމުންދަނީ "ވަކި މުއްދަތަކަށް އީރާނުގެ ބިމުގައި މަދު މިންވަރަކަށް ދަށް ފެންވަރެއްގައި ޔުރޭނިއަމް އެންރިޗްކުރުމުގެ" ހުއްދަ ދިނުމަށް ކަމަށް ބުނެފައިވެއެވެ.

"މި ހުށަހެޅުމުގެ ދަށުން، އެމެރިކާ އިން އީރާނަށް ނިއުކްލިއަރ ހަކަތައިގެ ރިއެކްޓަރުތައް އެޅުމަށް މަގުފަހި ކޮށްދޭނެއެވެ. އަދި ސަރަޙައްދީ ޤައުމުތަކުގެ ބައިވެރިވުމާއެކު މެނޭޖުކުރާ އެންރިޗްމަންޓް ފެސިލިޓީތައް އެޅުމާ ބެހޭ މަޝްވަރާތައް ކުރިއަށް ގެންދާނެއެވެ،" ދަ ނިއު ޔޯކް ޓައިމްސް ގައި ލިޔެފައިވެއެވެ. "އީރާނަށް މި ވައުދުތަކުގެ މަންފާ ލިބެން ފެށުމުން، އެ ޤައުމުގައި ހިންގާ ހުރިހާ އެންރިޗްމަންޓެއް ހުއްޓާލަން ޖެހޭނެއެވެ."

އާޔަތު ﷲ ޚާމަނާއީ ވިދާޅުވީ، ޔުރޭނިއަމް އެންރިޗްކުރުމަކީ ނިއުކްލިއަރ މަސައްކަތުގެ މައިގަނޑު ކަމަށެވެ. އަދި ދުޝްމަނުންވެސް އެންރިޗްމަންޓް މަސައްކަތް ކުރަމުން ގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކަލޭމެން ކީއްވެ މިކަމަށް އަތްބާނަނީ؟ އީރާނުގައި އެންރިޗްމަންޓް އޮތަސް ނެތަސް، އެއީ ކަލޭމެންނާ ކޮން ބެހޭ ކަމެއް؟ ތިޔައީ ކޮން ބައެއް؟" ލީޑަރު އެމެރިކާ އަށް އިޝާރާތް ކުރައްވާ ވިދާޅުވިއެވެ.

އާޔަތު ﷲ ޚާމަނާއީ ވިދާޅުވީ އީރާނުން ވަނީ ވަރަށް ބުރަ މަސައްކަތުން ފުރިހަމަ ނިއުކްލިއަރ ފިއުލް ސައިކަލް އެއް ހާސިލުކޮށްފައި ކަމަށެވެ. އަދި ނިއުކްލިއަރ ސިނާއަތަކީ ހަމައެކަނި ހަކަތައަށް އެކަނި ބޭނުންކުރާ އެއްޗެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"ނިއުކްލިއަރ ސިނާއަތަކީ މައި ސިނާއަތެކެވެ. ގިނަ ޢިލްމީ ދާއިރާތަކަށް ނިއުކްލިއަރ ސިނާއަތުގެ އަސަރު ފޯރައެވެ."

"އަނެއްކޮޅުން، ޤައުމީ މިނިވަންކަމުގެ މާނައަކީ އެކަހެރިވުމެއް ނޫނެވެ. އަދި ދުނިޔެއާ ގުޅުން ނެތުމެއްވެސް ނޫނެވެ. އޭގެ މާނައަކީ އީރާނުގެ ޤައުމާއި ރައްޔިތުން އަމިއްލަ ފައިމައްޗަށް ތެދުވެ ތިބުމެވެ." އާޔަތު ﷲ ޚާމަނާއީ ވިދާޅުވިއެވެ.

"ޤައުމީ މިނިވަންކަމުގެ މާނައަކީ ޤައުމު އެމެރިކާ އާއި އެފަދަ ފަރާތްތަކުގެ ރަތް ނުވަތަ ފެހި ސިގުނަލަށް ބަލަން ނުތިބުމެވެ. ޤައުމީ މިނިވަންކަމުގެ މައިގަނޑު އުންސުރަކީ 'އަޅުގަނޑުމެންނަށް ކުރެވޭނެ' މި އުސޫލެވެ،" އާޔަތު ﷲ ޚާމަނާއީ ވިދާޅުވިއެވެ.

"އެމެރިކާ އިން ހުށަހަޅާފައިވާ ހުށަހެޅުމަކީ 100 އިންސައްތަ އަޅުގަނޑުމެންގެ މަސްލަހަތާ ދެކޮޅު އެއްޗެކެވެ... އެމެރިކާގެ ހަރުކަށި އަދި ބޮޑާ ވެރިން ތަކުރާރުކޮށް ޑިމާންޑް ކުރަނީ އަޅުގަނޑުމެން ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލުމަށެވެ. އީރާނުން ޔޫރޭނިއަމް ފައްކާ ކުރާނެކަން ނުވަތަ ނޫންކަން ނިންމުމުގެ ހައްގު ލިބިގެންވަނީ ކާކަށްތޯއެވެ؟" އާޔަތު ﷲ ޚާމަނާއީ ސުވާލު ކުރެއްވިއެވެ.

ތެހެރާނުން އަބަދުވެސް ބުނަމުން އައިސްފައިވަނީ އެމީހުން ބޭނުން ވަނީ ސުލްހަވެރި މަގްސަދުތަކަށްޓަކައި ނިއުކްލިއަރ ޓެކްނޮލޮޖީގެ ހުނަރު ކުރިއެރުވުމަށް ކަމަށެވެ. އަދި ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް މަސައްކަތް ކުރަމުން ދާކަމަށް ހުޅަނގުގެ ބާރުތަކުން ކުރާ ތުހުމަތުތައް އީރާނުން ދަނީ ދޮގު ކުރަމުންނެވެ.

އާޔަތުﷲ ސައްޔިދު އަލީ ޚާމެނީއީރާންޔުރޭނިއަމް އެންރިޗްމަންޓްއެމެރިކާއީރާނުގެ ނިއުކްލިއާ ޕްރޮގްރާމް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
ގަވަރުނަރު ނިއުސަމް އިށީނދެގެން އިންނެވި ގޮތުން، މީމްސް ހަދައި ފާޑު ކިޔަނީ

ގަވަރުނަރު ނިއުސަމް އިށީނދެގެން އިންނެވި ގޮތުން، މީމްސް ހަދައި ފާޑު ކިޔަނީ

07 ޑިސެމްބަރު 2025
އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!

އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު