Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތަހުގީގުކުރާ މައްސަލަތައް

ބޮޑެތި ތުހުމަތުތަކާއެކު ކުންފުނިތަކުގެ ވެރިން މަގާމުން ދުރުކުރި ނަމަވެސް އެ މައްސަލަތައް މިއަދާ ހަމައަށް ނުބެލޭ، މިއީ ބަލައިގަނެވެނޭ ކަމެއް ނޫން : މެންބަރު ޒިޔާދު

2 ޖޫން 2025 | ހޯމަ 13:18

ޝަރުއީ ނިޒާމަށް އިތުބާރު ނެތްތަނެއްގައި ރައްޔިތުންނަށް އިތުބާރެއް ނޯންނާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 2 ޖޫން 2025 | ހޯމަ 13:18
ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު (ފިއްޓެ)

ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު (ފިއްޓެ)

ބޮޑެތި ތުހުމަތުތަކާއެކު ކުންފުނިތަކުގެ ވެރިން މަގާމުން ދުރުކުރި ނަމަވެސް އެ މައްސަލަތައް މިއަދާ ހަމައަށް ނުބެލި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ކުރިއަށް ގެންދިޔަ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި މެންބަރު ޒިޔާދު ވިދާޅުވީ ޝަރުއީ ނިޒާމަށް އިތުބާރު ނެތްތަނެއްގައި ރައްޔިތުންނަށް އިތުބާރެއް ނޯންނާނެ ކަމަށާއި، މިއަދު މިގައުމުގެ ފެނާއި ކަރަންޓަށް ވެސް މިހާރު އިތުބާރެއް ނެތް ކަމަށެވެ. އަދި ސަރުކާރުން ފެށި ތަހުގީގެއް ސަބަބުން ބީއެމްއެލްއަށް ވެސް އިތުބާރެއް ނެތް ކަމަށް މެންބަރު ޒިޔާދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައްޔިތުންގެ މަޖިލީހަށް އިޝާރާތް ކުރައްވައި މެންބަރު ޒިޔާދު ވިދާޅުވީ މިއީ ރައްޔިތުންގެ ހައްގުގައި ބަސް ބުނުމަށް ރައްޔިތުން އިންތިޚާބު ކުރި މެންބަރުންތަކެއް ކަމަށެވެ. ނަމަވެސް ރައްޔިތުން މަޖިލީހުގެ ގާނޫނު އަސާސީއަށް އެގެނައި އިސްލާހުގެ ސަބަބުން މިއަދު ރައްޔިތުން މަޖިލީހުގައި ރައްޔިތުންގެ މެންބަރުން ވެސް ނެތް ކަމަށް މެންބަރު ޒިޔާދު ވިދާޅުވިއެވެ.

އިއްޒަތްތެރި ރައީސް އެކަން ގަބޫލުފުޅެއް ނުކުރައްވާ. އެހެންނަމަވެސް ގާނޫނު އަސާސީ އޮތީ އެހެން. ފިޔަވަޅު އަޅާ ކޮމެޓީއަށް ބޭނުންވެއްޖެއްޔާ މެންބަރުގެ ގޮނޑި ގެއްލޭނެ. އެހެން އެހާލަތުގައި ތިއްބެވި މެންބަރުންތަކެއް ލައްވާ މި ސުޕްރީމްކޯޓެއް ނަގަނީ. އެ އިތުބާރު ރައްޔިތުންނަށް އޮންނާނެތޯ ނޫންތޯ މިއީ މިއަދު އުފެދޭ ސުވާލެއް. އެންމެ ބޮޑަށް ރައްޔިތުންގެ އިތުބާރު އުފެދޭނީ ރައްޔިތުންގެ މަޖިލިސް މިނިވަންކަމާއެކު ބަހުސްކޮށްލާ ރައްޔިތުން މަޖިލިސް މެންބަރުންނަކީ މިނިވަންކަމާއެކު ބަސް ބުނެވޭ ހާލަތެއްގައި ގައުމު އޮތީމަ ނޫނިއްޔާ ރައްޔިތުންގެ އިތުބާރެއް އިތުރު އެއްވެސް މުއައްސަސާއަކަށްނުކުރާނެ. ސަބަބަކަށް ވަނީ މި މުއައްސަސާތަކަށް މީހުން ނަގަނީ މި ރައްޔިތުން މަޖިލިސް މެދުވެރިކޮށް. އެހެންވީމަ ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް އޮންނަންޖެހޭ ފުރިހަމަ ބާރާ އިހުތިޔާރާއި މިނިވަންކަން. އެހެންވެ ގާނޫނު އަސާސީގައި އެބާބު އެގޮތަށް ލިޔެފައި އެއޮތީ. ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް މިއަދު މިހިނގާ ދިޔަ ކަންތައްތައް ރައްޔިތުން މަޖިލީހުގެ ކޮމެޓީއަކުން ބަލަން ގެންނައިރުގައި މިއީ ސަރުކާރުގެ މެންބަރުންނޭ.
ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު

ބޮޑެތި ތުހުމަތުތައް އަމާޒުވާ ކުންފުނިތަކުގެ ވެރިން ދުރުކުރާކަން ފާހަގަކުރައްވައި މެންބަރު ޒިޔާދު ވިދާޅުވީ އެފަދަ ބޭފުޅަކާ މެދު ފިޔަވަޅު އެޅިފައިނުވާ ކަމަށާއި، ކުރިއަށް ގެންދާ ތަހުގީގަށް ވާނުވާ ނޭނގޭ ކަމަށެވެ. އަދި އާއްމު ރައްޔިތުންގެ ފާޑުކިޔުންތައް އަމާޒުވުމުން ކުންފުނިތަކުން އެފަދަ ބޭފުޅުން ދުރުކުރި ނަމަވެސް އެކަން ރައްޔިތުން ބަލައި ނުގަންނާނެ ކަމަށާއި، އެވަރުން ނުފުދޭ ކަމަށް މެންބަރު ޒިޔާދު ވިދާޅުވިއެވެ.

ސަރުކާރުގެ އެމްޑީއެކޭ އަދި ތަޑިދޮންވެފައި ހުއްޓަސް އެ މެންބަރަށް އެބަޖެހޭ ބަލަން. އެ އެމްޑީ ބަހައްޓަންޖެހޭ. ކޮންމެވެސް މެންބަރުންތަކެއް ނުކުންނާނެ އެމްޑީގެ ދިފާއުގައި. އެހެންނަމަވެސް މިއީ މިއަދު މިހެން އޮތީމަ. އަޅުގަނޑުމެންނަށް ފެނުނު ސަރުކާރު ވަރަށް ބޮޑެތި ވެރިންނާ އެކިއެކި ތަންތަނުގެ ކުންފުނިތަކުގެ ވެރިން ބަދަލުވެގެން ދިޔަ ތަން. ހަމަ ބޮޑެތި ތުހުމަތުތަކެއް ކުރެވުނު. އެ ތުހުމަތުތައް ނުބެލި މިއަދާ ހަމައަށް އޮތުމަކީ ރައްޔިތުންގެ އިތުބާރު ގެއްލޭ ކަމެއް. އިއްޒަތްތެރި ރައީސް ބަލަން އެބަޖެހޭ. ތުހުމަތުކުރެވެނީ ވައްކަމަކަށް ވެއްޖެއްޔާ އަދި ވަޒީރު ނުވަތަ އެމްޑީ ބަދަލުކޮށްލާގެން ނުފުދޭ. އެ ތަހުގީގެއް ދާންޖެހޭ. ދާދިފަހުން ވިދާޅުވީ އެޗްޑީސީގެ އެމްޑީ ބަދަލުކުރީމަ ނަތީޖާ އެބަ ފެނޭ. ފަހަރުގައި ވެދާނެ ރައީސުލްޖުމްހޫރިއްޔާ ބަދަލުވީމަ އޭގެ ނަތީޖާތަކެއް ފެންނާނެ ކަމަށް.
ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު

ބޮޑެތި ތުހުމަތުތަކާއެކު ކުންފުނިތަކުގެ ވެރިން މަގާމުން ދުރުކުރި ނަމަވެސް އެ މައްސަލަތައް މިއަދާ ހަމައަށް ނުބެލި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް މެންބަރު ޒިޔާދު ވިދާޅުވެފައިވާއިރު، 15 މެއި 2025 ގައި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ން ބޭއްވި ޖަލްސާގެ ކުރީ ސަފުން ވަނީ ފެނިގެން ގޮސްފައެވެ.

މީގެ ކުރިން ކޮރަޕްޝަންގެ ތުހުމަތު ކުރެވިގެން މަގާމުން އިސްތިއުފާ ދެއްވި އެޗްޑީސީގެ ކުރީގެ އެމްޑީ ފަޒުލް ރަޝީދު އާއި ފެނަކާގެ ކުރީގެ އެމްޑީ މުއާޒް މުހައްމަދު ރަޝީދު އާއި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ކުރީގެ އެމްޑީ އިސްމާއިލް ސުހައިލްގެ އިތުރުން ތުހުމަތުތަކާ ގުޅިގެން މަގާމުން ވަކިކުރި އެމްޕީއެލްގެ ކުރީގެ އެމްޑީ މުހައްމަދު ވަޖީހު އިބްރާހިމް އަދި ކޮރަޕްޝަންގެ ތުހުމަތު ކުރެވިފައިވާ އަބްދުﷲ މުހައްމަދު ވަނީ ޕީއެންސީއާ ރަސްމީކޮށް ގުޅިވަޑައިގެން ރައީސް ޑރ.މުހައްމަދު މުއިއްޒުއަށް ބޯލަނބައި ކިޔަމަން ވާން އެއްބަސްވެ، އިގުރާރުވެވަޑައިގެންފައެވެ.

މިއިން އެއްވެސް ބޭފުޅެއްގެ މައްސަލައެއްގެ ތަހުގީގެއް ކުރިއަށް ނުގެންދެއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

4

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
25 ޖެނުއަރީ 2017

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!
24 ޖެނުއަރީ 2017

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ
24 ޖެނުއަރީ 2017

ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ

24 ޖެނުއަރީ 2017
ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
22 ޖެނުއަރީ 2017

ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ދެ ފަތުވެރިންގެ ހަށިގަނޑު ފެނިއްޖެ

22 ޖެނުއަރީ 2017
ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ދެ ފަތުވެރިންގެ ހަށިގަނޑު ފެނިއްޖެ
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް