Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ-ހަނގުރާމަ

އެހީ ބަހާ ސަރަހައްދަކަށް ދިން ބަޑީގެ ހަމަލާއެއްގައި 10 މީހަކު ޝަހީދު ވެއްޖެ

އެ ހާދިސާގައި 10 މީހަކު ޝަހީދުވެފައިވަ ކަމަށް ސިވިލް ޑިފެންސް އިން ވަނީ ހާމަކޮށްފައި. އަދި އޭގެ އިތުރުން 100 އަށް ވުރެ ގިނަ މީހުންނަށް އެކި ވަރުގެ ޒަޚަމުތައް ލިބިފައިވާ ކަމަށް ވެސް ވަނީ ހާމަކޮށްފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 ޖޫން 2025 | އާދީއްތަ 06:50
އެހީ ބަހަމުން އައި ސަރަހައްދެއްގައި ޣައްޒާގެ ރައްޔިތުންތަކެއް އެހީގެ ސާމާނު ހިފައިގެން ހިނގަނީ

އެހީ ބަހަމުން އައި ސަރަހައްދެއްގައި ޣައްޒާގެ ރައްޔިތުންތަކެއް އެހީގެ ސާމާނު ހިފައިގެން ހިނގަނީ

ޣައްޒާ އަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދީ، އެހީ ބެހުމުގެ މަސައްކަތް ކުރަމުން އައި ސަރަހައްދަަކަށް އިސްރާއީލްގެ ސިފައިން ދިން ބަޑީގެ ހަމަލާއެއްގައި ފަލަސްޠީނުގެ 10 މީހަކު ޝަހީދު ވެއްޖެ އެވެ.

ޣައްޒާގެ ދެކުނުމުގައި ހުރި އެމެރިކާގެ އެހީގެ ސައިޓަކަށް އަމާޒުކޮށް އިސްރާއީލްގެ ސިފައިން ބަޑީގެ ހަމަލާ ދިން އިރު، އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ރައްޔިތުން ތިބީ އެއްވެ އެވެ. 

އެ ހާދިސާގައި 10 މީހަކު ޝަހީދުވެފައިވަ ކަމަށް ސިވިލް ޑިފެންސް އިން ވަނީ ހާމަކޮށްފަ އެވެ. އަދި އޭގެ އިތުރުން 100 އަށް ވުރެ ގިނަ މީހުންނަށް އެކި ވަރުގެ ޒަޚަމުތައް ލިބިފައިވާ ކަމަށް ވެސް ވަނީ ހާމަކޮށްފަ އެވެ. 

ސިވިލް ޑިފެންސްގެ ތަރުޖަމާނު މަހުމޫދު ބައްސާލް އޭއެފްޕީ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައި ވަނީ، ރަފަޙުގެ ހުޅަނޑު ސަރަހައްދުގައި އެމެރިކާގެ އެހީގެ ސަަރަހައްދަކަށް އަމާޒުކޮށް އިސްރާއީލްގެ ސިފައިން ވަނީ ހަމަލާ ދީފަ ކަމަށެވެ. އަދި އެއީ އިސްރާއީލްގެ ސިފައިން ހިންގި ވަރަށް ބޮޑު ޖަރީމާއެއްގެ ގޮތުގައި ވެސް ވަނީ ސިފަ ކޮށްފަ އެވެ. 

އިސްރާއީލް އިން ޣައްޒާ އަށް އިންސާނީ އެހީ ފޯރުކޮށްްދިނުމަށް ގާތް ގަނޑަކަށް ތިން މަސް ދުވަހަށް ވަނީ ދަތި ކޮށްފަ އެވެ. އޭގެ ފަހުން ކޮންމެ ވެސް މިންވަރަކަށް އެހީ އެތެރެ ކުރުމުގެ ހުއްދަ ދީފައިވާއިރު، ޣައްޒާ އަށް ބޭނުންވާ މިންވަރަށް އެހީ ފޯރުކޮށްނުދެވޭ ކަމުގެ ކަންބޮޑުވުންތައް އިދާރާ ތަކުން އަންނަނީ ފާޅު ކުރަމުންނެވެ.

ޚާއްސަކޮށް މިހާރު ވެސް ޣައްޒާ އަށް އެތެރެ ކުރަމުން ދަނީ އެ ޤައުމުގެ ދެ މިލިއަން ރައްޔިތުންނަށް ބޭނުންވާ އެހީގެ މިންވަރަށް ވުރެ، މަދު އަދަދެއް ކަމަށް ވެސް ވަނީ ހާމަކޮށްފަ އެވެ. އަދި އެކަށީގެންވާ މިންވަރަކަށް އެހީ އެތެރެ ނުކުރެވުމުގެ ސަބަބުން، ޣައްޒާގައި އިންސާނީ ބޮޑު ކާރިސާއެއް ކުރިމަތި ވެދާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފަ އެވެ.

މީގެ އިތުރުން ދާދި ފަހުން އދ އިން ވެސް ހާމަ ކޮށްފައިވާ ގޮތުގައި މިވަގުތު ދުނިޔޭގައި ބަނޑުހައި ހޫނުކަން އެންމެ ބޮޑަށް ތަހަންމަލު ކުރަމުންދާ ސަރަހައްދަކީ ވެސް ޣައްޒާ އެވެ. އެ ޤައުމުގެ އާބާދީގެ ބޮޑު އިންސައްތައެއް ދަނީ ބަނޑުހައި ހޫނުކަން ތަހަންމަލު ކުރަމުންނެވެ.  

ކެއުމަށް ބޭނުންވާ ތަކެއްޗާއި އެހެނިހެން އަސާސީ ޚިދުމަތްތައް ލިބުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ޣައްޒާގެ ރައްޔިތުން އެހީ ހޯދުމަށް އެކި ސަރަހައްދު ތަކަށް ދަތުރު ކުރަމުންދެ އެވެ.

އެހީ ބަހަމުން އައި ސަރަހައްދަށް އަމާޒުކޮށް އިސްރާއީލް އިން ދިން މި ހަމަލާއާ ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމައުން ކަންބޮޑުވުން ފާޅު ކުރަމުންދާ އިރު، އިސްރާއީލް އިން މިހާތަނަށް މިކަމާ ގުޅޭ ގޮތުން އެއްވެސް ބަޔާނެއް ނެރެފައެއް ނުވެ އެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
08 ފެބުރުއަރީ 2017

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
05 ފެބުރުއަރީ 2017

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި
29 ޖެނުއަރީ 2017

ތުރުކީގެ އަސްކަރިއްޔާ ވަރުގަދަކުރުމަށް އިގިރޭސިވިލާތުން އެހީތެރިވަނީ

29 ޖެނުއަރީ 2017
ތުރުކީގެ އަސްކަރިއްޔާ ވަރުގަދަކުރުމަށް އިގިރޭސިވިލާތުން އެހީތެރިވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު