Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ރައީސް މުއިއްޒު ކަހަލަ ވެރިއަކު ލިބުމަކީ ނަސީބެއް ނޫންތޯއެވެ؟

ރައީސް މުއިއްޒު ހިންގަވާ ސަރުކާރަކަށް މާގިނަ އުސޫލުތަކެއް ހަމަތަކެއް ބޭނުމެއް ނުވެއެވެ. ކުންފުނިތަކާއި މިނިވަން މުއައްސަސާތައް ބޭނުމެއް ނުވެއެވެ.

އާމިރު ސަލީމް
އާމިރު ސަލީމް, ރާއްޖެ އެމްވީ | 31 މެއި 2025 | ހޮނިހިރު 16:10
ރައީސް ޑރ. މުޙައްމަދު މުއިއްޒު

ރައީސް ޑރ. މުޙައްމަދު މުއިއްޒު

މީހުން ބުނަނީ ރަނގަޅަށެވެ. ރައީސް މުއިއްޒު ކަހަލަ ވެރިއަކު ގައުމަކަށް ލިބުމަކީ މަދުން ނޫނީ ނުވާނެ ކަމެކެވެ. ހާއްސަކޮށް ޑިކޮމްރަސީއާއި ބެސްޓް ޕްރެކްޓިސްއާއި ބާރުތައް ވަކިވެފައިވާ ވެރިކަމުގެ ނިޒާމްތައް ހިނގަމުންދާ މިފަދަ ޒަމާނެއްގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ފަދަ ބޭފުޅަކު ގައުމެއްގެ ވެރިކަމުން ފެނުމަކީ ހުދު ކާޅެއް ފެނުން ކަހަލަ ކަމެކެވެ. ނުވަތަ ކާޅަކުން ހުދު ފަތެއް ފެނުން ކަހަލަ ކަމެކެވެ.

މިހެން ނުބުނެވެންވީ ކީއްވެގެންތޯއެވެ. ރައީސް މުއިއްޒު ހިންގަވާ ސަރުކާރަކަށް މާގިނަ އުސޫލުތަކެއް ހަމަތަކެއް ބޭނުމެއް ނުވެއެވެ. ކުންފުނިތަކާއި މިނިވަން މުއައްސަސާތައް ބޭނުމެއް ނުވެއެވެ.

ކޯޕަރޭޓް ގަވަނަންސްއެއް ކުންފުނީގެ ބޯޑެއް، ޗެއަރމަނެއް، އެމްޑީއެއް ބޯޑުގެ ނިންމުމެއް ރިޒޮލިއުޝަނެއް ބޭނުމެއް ނުވެއެވެ. ތެދު ތެދަށް ދަންނަވާ ނަމަ ވަޒީރުންގެ މަޖިލީހެއްވެސް ބޭނުމެއް ނުވެއެވެ. މިއީ ކިހާ ހަރަދު ކުޑަވާނެ ނިޒާމެއް ތޯއެވެ.

މިސާލަކަށް ދަންނަވަންތޯއެވެ. ގައުމެއްގެ ރައީސަކު އެގައުމުގައި ހިންގާ މަޝްރޫއުތަކަށް ބޭނުންވާނެ އެޅިގާ އަޅަން ކުންފުންޏެއް ހަދާނީ ކޮން ގައުމެއްގައި ތޯއެވެ. އެކަންވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުރެއްވީއެވެ. މިފަދަ ވެރިއަކު ފެންނާނެ ތޯއެވެ. އެހެން މިސާލެއް ދަންނަވަންތޯއެވެ. ހައްޖަށް ފުރުއްވަން ވަޑައިގެންނަވަނިކޮށް ހިތްޕުޅަށް އެއަރާވަޑައިގަތީ އާސަންދައިން އައިނު ހައްދާ މީހުންނަށް އިތުރު 1000 ރުފިޔާ ދެއްވާށެއެވެ. ވަގުތުން އެނިންމެވީއެވެ. ކީއްކުރާ އާސަންދަ އޮފީހެއް ކީއްކުރާ އެސްޕާއެއް ކީއްކުރާ ބޯޑެއްތޯއެވެ. ނިންމަވާނީ ރައީސް ނޫންތޯއެވެ. މިވަރުގެ ވެރިއަކު ލިބޭނެތޯއެވެ. އެހެންވާހަކައެކެވެ. ހައްޖުވެރިންނަށް ދޭން ޑޮލަރު ލިމިޓް އިތުރުކޮށްލެއްވީވެސް ސީދާ ރައީސްއެވެ. މިކަންކުރެއްވި އިރު ބީއެމްއެލްއާއި ބީއެމްއެލްގެ ބޯޑާއި ހިންގާ ގަވާއިދާއި ހިއްސާދާރުންނާއި އޮތީ އޮތް ތަނުގައެވެ. ކީއްކުރާ ބައެއްތޯއެވެ. ނިންމާނީ ރައީސް ނޫންތޯއެވެ. މިވަރުގެ ވެރިޔަކު ހުވަފެނުންވެސް ފެންނާނެތޯއެވެ.

ދިގު ކުރާކަށް ކިޔާނެ ކަމެއް ނެތެއް ނޫންތޯއެވެ. މަސްވެރިން މިފްކޯއަށް ކިރުވާ މަހުގެ ފާއިސާ ދުވަހުން ދުވަހަށް ދޭން ބީއެމްއެލްއަށް އަންގަވަނީވެސް ސީދާ ރައީސްއެވެ. އޭޓީއެމް ބަހައްޓާނެ ރަށްރަށާއި ބަހައްޓާނެ އަވަސް ލަސްމިންވެސް ކަނޑައަޅުއްވަނީ ރައީސްއެވެ. ސިއްހީ ދާއިރާއަށް ބެލިޔަސް ހަމަ މިފަދައެވެ. ހޮސްޕިޓަލްތަކުގައި ހުންނަން ޖެހޭނެ ހިދުމަތާއި ބޭނުން ކުރަން ޖެހޭނެ އާލާތާއި ކާން ޖެހޭނެ ބޭހުގެ ބްރޭންޑްވެސް ނިންމަވަނީ ރައީސްއެވެ. ކީއްކުރާ މެޑިކަލް ބޯޑެއް ކީއްކުރާ ހެލްތް މިނިސްޓަރެއްތޯއެވެ. މިވަރުގެ ސިއްހީ މާހިރެއް ލިބޭނެތޯއެވެ. ގިނަ ކަންކަން ނިންމަވަނީ ޓުވީޓަކުންނެއެވެ. އިރުއޮއްސިފައި އަލިވާއިރު ސްޓެލްކޯގެ އެމްޑީއަށް ފެންނަނީ ކަރަންޓް ޔުނިޓަކަށް ޗާޖު ކުރަންޖެހޭ ވަރު ރައީސް ކަނޑައަޅުއްވާފައި އޮއްވައެވެ. އެނަރޖީ އޮތޯރޓީއެއްވެސް އެބައޮތެއެވެ. ކަންކަން ނިންމާނެ ބޯޑެއްވެސް އެތަނުގައި އެބައޮތެވެ. އެކަމަކު އެމީހުންނަކީ ރައީސް ނިންމެވީމާ އަމަލު ކުރަން ތިބި ބައެއް ނޫންތޯއެވެ. ގައުމީ ދިފާއި ބާރަށް ބޭނުން ވާނެ މަނަވަރުގެ ބްރޭންޑާއި، މިސައިލްގެ ސްޕީޑާއި ޓޭންކަރުގެ ބޮޑުމިންވެސް އެނގިވަޑައިގަންނަވަނީ ރައީސްއަށެވެ. ރައްޓެއްސެއްގެ އަތުން ކޮންމެވެސް އަގަކަށް ލިބެން ހުރީމާ ގެންނަވަނީއެވެ. ގެނައީމާ ޖެހޭނީ ބޭނުންކުރަން ނޫންތޯއެވެ. މިވަރުގެ ކަމެއް ދުވަހަކުވެސް ފެންނާނެތޯއެވެ. ކީއްކުރާ ޖެނެރަލުންނެއް ކީއްކުރާ ޗީފުންނެއް ކީއްކުރާ ޑިފެންސް އެޑްވައިޒަރީ ބޯޑުތަކެއްތޯއެވެ. މިވަރުގެ އަސްކަރީ ތަޖްރިބާކާރަކު ދުވަހަކުވެސް ބަޔަކަށް ލިބޭނެތޯއެވެ.

ޤަބޫލުފުޅުކުރައްވާށެއެވެ. ރައީސްގެ ބާރާއި ވާޖިބުތަކާއި މަސްއޫލިއްޔަތު ތައް ސާފުކޮށް ލިޔެފައި އޮތް ޤާނޫނު އަސާސީއެއް އެބައޮތެއެވެ. ރައީސް މުއިއްޒު އަކީ މިވަގުތު ދިވެހި ދައުލަތުގެ އަދި ދިވެހި ސަރުކާރުގެ އެންމެ މަތީ ވެރިޔާއެވެ. އެކަމަކު އެބާރަކީ ދަނޑިދިގު އުނދުޅިއެއްގެ ގޮތަށް ލިޔެފައިވާ ބާރުތަކެއް ނޫންނެއް ނޫންތޯއެވެ. އެނަރޖީ އޮތޯރިޓީގަޔާއި އެންސްޕާގަޔާއި ހައްޖު ކޯޕަރޭޝަންގަޔާއި އާސަންދަގަޔާއި، ސްޓެލްކޯގަޔާއި މަޖިލީހުގެ ރިޔާސަތުގަޔާއި، އޭސީސީއާއި އިލެކްޝަން ކޮމިޝަންގެ ރިޔާސަތުގައިވެސް މަނިކުފާނު އިންނަވަން ދިމާކުރެއްވުމުން މަނިކުފާނުފަދަ ބޭފުޅަކު ގައުމެއްގެ ރައީސް ކަމަށް ލިބުމަކީ ނަސީބެއް ނޫންތޯ އަހާ ނުލާއި މިފަދަ ޒަމާނެއްގައި ދެން އަހާނީ ކީކޭތޯއެވެ. މަނިކުފާނު ވަރެއް ހަމަ ނެތެއެވެ. އެޓެންޝަންއާއި ޕްރޮމޯޝަންއާއި މެޑަލްއަކާއި ލިބޭ ނަމަ ދެފައިކޮޅަށް ލޭ ފާއިބާއިރުވެސް 14 ގަޑިއިރު ކޮޅަށް ހުންނަވައިގެން ރެކޯޑް ހައްދަވަންވެސް މަނިކުފާނަށް ހަމަ އެންމެ ރަނގަޅެއެވެ. ރައްޔިތަކަށް ނޫސްވެރިއަކަށް ސާފުވި އެއްޗެއް ނެތަސް ހެޔޮ ނޫންތޯއެވެ. ތިވަރުގެ ކަމެއް ދުވަހަކުވެސް ފެންނާނެތޯއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު