Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުކުރު ޚުތުބާ

ހައްޖުގެ ބުރަ އަޅުކަމަށް ފަހު އަންނަނީ އަޟުޙާ އީދުގެ އުފާވެރި ދުވަސްތައް، އިސްލާމީ ހަމަތަކުން ބޭރުނުވާ ގޮތަށް އުފާ ފާޅުކުރަންޖެހޭ: ޚުތުބާ

30 މެއި 2025 | ހުކުރު 08:15

ހެޔޮ އަމަލުކުރުން ގިނަކޮށް، އާޚިރަތުގެ ބާއްޖަވެރިކަން ލިބިގަތުމަށް ގަދައަޅައި މަސައްކަތްކުރަންޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 30 މެއި 2025 | ހުކުރު 08:15
ހުކުރު ޚުތުބާ އަޑުއަހަނީ

ހުކުރު ޚުތުބާ އަޑުއަހަނީ

ހައްޖުގެ ބުރަ އަޅުކަމަށް ފަހު، އަންނަނީ އަޟުޙާ އީދުގެ އުފާވެރި ދުވަސްތައް ކަމަށާއި، އިސްލާމީ ހަމަތަކާއި އަޚުލާގީ އިމުން ބޭރުނުވާ ގޮތަށް އުފާ ފާޅުކުރުމަށް ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

''ޢަރަފާތު ދުވަހުގެ މާތްކަން'' މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ އަހަރެމެން ވޭތިކުރަމުން މި ދަނީ ހައްޖުމަހުގެ ފުރަތަމަ ދިހައިގެ ދުވަސްތައް ކަމަށާއި، މިއީ ތަގުވާވެރިވުމާއި ކުރެވިފައިވާ ކުށްފާފަތަކުން ތައުބާވުމުގެ ދުވަސްތައް ކަމަށެވެ. އަދި ހެޔޮ އަމަލުކުރުން ގިނަކޮށް، އާޚިރަތުގެ ބާއްޖަވެރިކަން ލިބިގަތުމަށް ގަދައަޅައި މަސައްކަތްކުރަންޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

ޚުތުބާގައި ބުނީ، މި ދުވަސްތަކުގެ ތެރޭގައި ހިމެނޭ އެންމެ މާތް ދުވަހަކީ ހައްޖު ދުވަސް ނުވަތަ އަރަފާތު ދުވަސް ކަމަށާއި، އެ ދުވަހު އަރަފާތުގެ ބިމަށް ޖަމާވެފައިވާ ހައްޖުވެރިންގެ ގިނަގުނަ ފާފަތައް މާތް الله ފުއްސަވައިދެއްވާ ކަމަށެވެ. އެއީ ފާފަފުއްސެވުމާއި، އަފޫކުރެއްވުމުގެ ދުވަސް ކަމަށާއި، ނަރަކައިން ދިންނަވައި، މުއްތިކުރެއްވުމުގެ ދުވަސް ކަމަށެވެ.

ޚުތުބާގައި ބުނީ މާތް اللهގެ އޯގާވަންތަކަމާއި، ތަނަވަސް ރަހްމަތުން ހައްޖުގެ އަޅުކަން އަދާކުރުމުގެ ނަސީބު ނުލިބޭ މީހުން ވެސް މި ދުވަހުގެ ސަވާބުން މަޙުރޫމެއް ނުކުރައްވާ ކަމަށެވެ. ހައްޖަށް ދިއުމުގެ ނަސީބު ނުލިބޭ މީހުން އަރަފާތު ދުވަހު ރޯދަހިފުން މޮޅު އިތުރުވެގެންވާ ކަމަށާއި، އަރަފާތު ދުވަހު ރޯދަހިފުމަކީ ފާއިތުވެ ދިޔަ އަހަރާއި އަންނާން އޮތް އަހަރުގެ ކުދި ފާފަތައް ފުހެވޭ ކަމެއްކަމުގައި مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ޙަދީޘުން ސާބިތުވާ ކަމަށެވެ.

مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ޙަދީޘްކުރައްވައިފައި ވެއެވެ. (مَا مِنْ يَوْمٍ أَكْثَرَ مِنْ أَنْ يُعْتِقَ اللهُ فِيْهِ عَبْدًا مِنَ النَّارِ مِنْ يَوْمِ عَرَفَةَ) މާނައީ: "ޢަރަފާތު ދުވަހަށް ވުރެ، ގިނައިން މާތް الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ." ޢަރަފާތު ދުވަހަކީ ޙައްޖުމަހުގެ ނުވަވަނަ ދުވަހެވެ. އެދުވަހަކީ މާތް الله އެކަލާނގެ އަޅުތަކުންގެ ކިބައިން ޢަހުދު ކަށަވަރު ހިއްޕެވި ދުވަހެވެ. މާތް الله ވަޙީކުރައްވައިފައި ވެއެވެ.މާނައީ: "އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ އާދަމުގެދަރިންގެ ކިބައިން އެއުރެންގެ ބުރިކަށިތަކުން އެއުރެންގެ ދަރިފަސްކޮޅު ނެރުއްވައި އެއުރެންގެ އަމިއްލަ نفسތަކުގެ މައްޗަށް އެއުރެން ހެކިކުރެއްވިހިނދު ހަނދުމަކުރާށެވެ! (އެކަލާނގެ وحيކުރެއްވިއެވެ.) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ކަމުގައި، ތިމަންރަސްކަލާނގެ ވޮޑިގެން ނުވަންހެއްޔެވެ؟ އެއުރެން ދެންނެވޫއެވެ. ނޫނެކެވެ. (އިބަރަސްކަލާނގެއީ، އަޅަމެންގެ ވެރިރަސްކަލާނގެއެވެ.) އެކަމަށް އަޅަމެން ހެކިވެއްޖައީމުއެވެ. (އެކަން އެހެންވީ) މިކަމާމެދު غافلވެގެންވާ ބަޔަކު ކަމުގައި ހަމަކަށަވަރުން، ތިމަންމެންވީމުއޭ، قيامة ދުވަހުން ތިޔަބައިމީހުން ބުނާނެކަމަށް ޓަކައެވެ. ނުވަތަ ތިޔަބައިމީހުން ބުނާނެކަމަށް ޓަކައެވެ. شريكކޮށް އުޅުނުކަން ކަށަވަރީ، މީގެކުރީން ތިމަންމެންގެ ކާބަފައިންނެވެ. ތިމަންމެންވީ، އެއުރެންގެ ފަހުން އައި ދަރިފަސްކޮޅެއްކަމުގައެވެ. ފަހެ، باطلގޮތަށް އުޅުނުމީހުން ކުޅަކަންތަކަށް ޓަކައި، ތިމަންމެން ހަލާކުކުރައްވަނީތޯއެވެ؟"
ހުކުރު ޚުތުބާ

އަޟުޙާ އީދު ދުވަހަށް އިޝާރާތްކޮށް ޚުތުބާގައި ބުނީ އީދު ދުވަހަކީ އެހެން މީހުންނަށް ހެޔޮކަން ފޯރުވައި އެހީތެރިވުމުގެ ދުވަސް ކަމަށާއި، އުޟުހިޔާ ކަތިލުމުގެ ދުވަސް ކަމަށެވެ. އެއީ ކީރިތި ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَއެ ކަމަށް ބާރުއަޅުއްވައި، އެކަލޭގެފާނު އަމަލީ ގޮތުން އެ ކަން ކުރައްވައި ނަމޫނާ ދައްކަވައިފައިވާ ކަމެއްކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

ޚުތުބާގައި ބުނީ ހައްޖުގެ ބުރަ އަޅުކަމަށް ފަހު، އަންނަނީ އަޟުޙާ އީދުގެ އުފާވެރި ދުވަސްތައް ކަމަށާއި، އެއީ ކެއިންބުއިމާއި، ޒީނަތްތެރިވެ އިސްލާމީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތީން ކުޅިވަރުކުޅުމާއި، އުފާ ފާޅުކުރުމުގެ ދުވަސްތަކެއް ކަމަށެވެ. ނަމަވެސް އިސްލާމްދީނުގައި މިއިން ކޮންމެ މުނާސަބަތެއް ވެސް ފާހަގަކުރެވެނީ މާތް اللهއަށް ކުރެވޭ މަތިވެރި އަޅުކަމަކުން ކަމަށެވެ.

اَلْإِمَامُ اِبْنُ الْقَيِّمِ رَحِمَهُ اللهُ ވިދާޅުވެފައިވެއެވެ. "މާތް ﷲއަށް ޝުކުރުކުރުމަކީ، އެކަލާނގެ ދެއްވި ނިޢުމަތްތަކަށް އިޢުތިރާފުވެ، ހިތުން ލޮބުވެތިކަން ފާޅުކޮށް ﷲ سُبْحَانَهُ وَتَعَالَىގެ ހުޟުރަތަށް ރުޖޫއަވެ ތައުބާވުމެވެ. ދުލުން އެކަލާނގެއަށް ޙަމްދާއި ސަނާކިޔުމެވެ. އަދި ގުނަވަންތަކުން އެކަލާނގެއަށް ކިޔަމަންތެރިކަން އަދާކުރުމެވެ." އެހެންކަމުން އީދު ނަމާދަކީ ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދީންނާއި ދަތުރުވެރީންނާއި ރަށުގައި ޤާއިމުވެ ތިބޭ މީހުން ކުރުން ސުންނަތްކަން ގަދަވެގެންވާ ނަމާދެކެވެ. އަދި އަންހެނުންގެ ތެރެއިން ޢީދުނަމާދުގައި ބައިވެރި ނުވެވޭ އުޒުރުވެރީން ވެސް އީދު ޚުތުބާ އަޑުއެހުމަށް، مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ބާރު އަޅުއްވައިފައި ވެއެވެ.
ހުކުރު ޚުތުބާ

ޚުތުބާގައި ބުނީ އީދު ދުވަހު އުފާކުރުމާއި އުފާފާޅުކުރުމަކީ ހުއްދަކަމެއް ކަމަށާއި، ނަމަވެސް އީދު ދުވަހު ކުޅިވަރުތައް ކުޅެ، އުފާ ފާޅުކުރާން ޖެހޭނީ އިސްލާމީ ހަމަތަކާއި އަޚުލާގީ އިމުން ބޭރުނުވާ ގޮތަށް ކަމަށެވެ. އަދި އާއްމު މަސްލަހަތަށް ޓަކައި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކާ ވެސް ޚިލާފު ނުވާ ގޮތެއްގެ މަތީން އުފާފާޅު ކުރުމަށް ޚުތުބާގައި ގޮވާލާފައިވެއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

4

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
30 ޖެނުއަރީ 2017

ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް

30 ޖެނުއަރީ 2017
ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
28 ޖެނުއަރީ 2017

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
13 ޖެނުއަރީ 2017

މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ

13 ޖެނުއަރީ 2017
މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް