Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ-ހަނގުރާމަ

އެހީގެ ގުދަނަކަށް އެތައް ބަޔަކު އަރައިގަތުމުން ދެ މީހަކު މަރުވެއްޖެ

އޭއެފްޕީ އިން އާންމުކޮށްފައިވާ ވީޑިއޯ މަންޒަރު ތަކުން ފެންނަ ގޮތުގައި ދީރު އަލް ބަލާހުގައި ހުރި ގުދަނަކަށް، ބަނޑުހައި ހޫނުކަން ތަހަންމަލު ކުރަމުންދާ އެތައް ބަޔަކު އަރައިގަންނަ މަންޒަރު ފެނެއެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 މެއި 2025 | ބުރާސްފަތި 07:01
ދީރު އަލް ބަލާހުގައި ހުރި ގުދަނަކަށް އެހީ ހޯދުމަށް ފަލަސްޠީނުގެ އެތައް ރައްޔިތުންނެއް އެއްވެ އުޅޭ މަންޒަރު

ދީރު އަލް ބަލާހުގައި ހުރި ގުދަނަކަށް އެހީ ހޯދުމަށް ފަލަސްޠީނުގެ އެތައް ރައްޔިތުންނެއް އެއްވެ އުޅޭ މަންޒަރު

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގެ ސަބަބުން، ޣައްޒާ އަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް އދ އިން ކުރަމުން އަންނަ ގުދަނަކަށް ޣައްޒާގެ އެތައް ރައްޔިތުންނެއް ޖަމާވެ، މީހުން ތޮއްޖެހުމުގެ ސަބަބުން ދެ މީހަކު މަރުވެއްޖެ އެވެ.

މި ހާދިސާ ހިނގާފައި ވަނީ ބުދަ ދުވަހު އެވެ. ޣައްޒާ އަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށް އިސްރާއީލް އިން ދަތި ކޮށްފައިވާއިރު، ޣައްޒާގައި ވަނީ ބަނޑުހައި ހޫނުކަން އިތުރުވެފަ އެވެ. އަދި ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެތި އަދި ސާފު ފެން ނުލިބުމުގެ ސަބަބުން ވަނީ އިންސާނީ ބޮޑު ކާރިސާއަކާ ކުރިމަތިލާން ޖެހިފަ އެވެ. 

އެހެންކަމުން ޣައްޒާގެ އިންސާނީ ޙާލަތު މިހާރު ވެސް ވަނީ ނުރައްކާތެރި ހިސާބަކަށް ގޮސްފައި ކަމަށް ބައިނަލްއަޤުވާމީ އިދާރާ ތަކުން އަންނަނީ ފާހަގަ ކުރަމުންނެވެ. ޣައްޒާ އަށް ބޭނުންވާ އިންސާނީ އެހީގެ ކޮންމެ ވެސް މިންވަރެއް މިހާރު އެތެރެ ކުރަމުން އަންނައިރު، ކާބޯތަކެތީގެ ރައްކާތެރިކަމާ ބެހޭ މާހިރުން ބުނެފައިވާ ގޮތުގައި ކޮންމެ ފަސް މީހަކުން އެކަކު ވަނީ ބަނޑުހައި ހޫނުގެ ކަމުގެ ނުރައްކަލާ ކުރިމަތިލާން ޖެހިފަ އެވެ. 

އޭއެފްޕީ އިން އާންމުކޮށްފައިވާ ވީޑިއޯ މަންޒަރު ތަކުން ފެންނަ ގޮތުގައި ދީރު އަލް ބަލާހުގައި ހުރި ގުދަނަކަށް، ބަނޑުހައި ހޫނުކަން ތަހަންމަލު ކުރަމުންދާ އެތައް ބަޔަކު އަރައިގަންނަ މަންޒަރު ފެނެ އެވެ. މި ހާދިސާގައި ދެ މީހަކު މަރުވެފައިވާ ކަަމަށް ބުނެފައިވާއިރު، އަނިޔާވި މީހުންގެ އަދަދު ދެނެގަތުމުގެ މަސައްކަތް ޑަބްލިއުއެފްޕީ އިން އަންނަނީ ކުރަމުންނެވެ.

ޣައްޒާ އަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނައިރު، އެމެރިކާގެ އެހީތެރިކަމާ އެކު ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) މެދުވެރިކޮށް އެހީ ބެހުމަށް ކުރަމުން އަންނަ މަސައްކަތަށް އދ އިން ވަނީ ފާޑު ކިޔައިފަ އެވެ. އަދި އެއީ ވަސީލަތްތައް އިސްރާފު ކުރުމުގެ ކަމެއް ކަަމަށް ވަނީ ތުހުމަތު ކޮށްފަ އެވެ. 

އިސްރާއީލް އިން ޣައްޒާ އަށް ހަމަލާ ދީ ހަނގުރާމަ ފެށި ފަހުން މިހާތަނަށް 600 އަށް ވުރެ ގިނަ ދުވަސް ވެގެން ގޮސްފައިވާއިރު، ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޓަކައި ކުރަމުން އަންނަ މަސައްކަތް ކާމިޔާބުވެފައި ނުވެ އެވެ. އޭގެ ބަދަލުގައި އިސްރާއީލް އިން އަންނަނީ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތައް އެއް ދުވަހުން އަނެއް ދުވަހަށް ވަރުގަދަ ކުރަމުންނެވެ. 

މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ހަނގުރާމަ ހުއްޓާލުމުގެ ވަގުތީ އެއްބަސްވުމެއް ޤާއިމު ކުރެވުނު ނަމަވެސް، އެ އެއްބަސްވުމާ ޚިލާފަށް މާޗު މަހުގެ ތެރޭގައި އިސްރާއީލް އިން ވަނީ އަނެއްކާ ވެސް ޣައްޒާ އަށް ހަމަލާތައް ދޭން ފަށައިފަ އެވެ. އޭގެ ފަހުން ވެސް މިހާތަނަށް ޣައްޒާ އިން ވަނީ ގިނަ ބަޔަކު ޝަހީދު ކޮށްލައިފަ އެވެ. 

ޣައްޒާގެ ޞިއްޙީ ވުޒާރާ އިން ހާމަކޮށްފައިވާ ގޮތުގައި، ޣައްޒާގައި އިސްރާއީލް އިން ހިންގަމުން އަންނަ ހަނގުރާމައިގައި މިހާތަނަށް ވަނީ އެ ޤައުމުން 54000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފަ އެވެ. 

އިތުރަށް ކިޔާލަން

02 އެޕްރީލު 2017

ބޯކޮށް ވާރޭވެހި ކިސަޑު ފޭބުމުގެ ސަބަބުން ކޮލަމްބިއާގެ އެތައް ބަޔަކު މަރުވެއްޖެ

02 އެޕްރީލު 2017
ބޯކޮށް ވާރޭވެހި ކިސަޑު ފޭބުމުގެ ސަބަބުން ކޮލަމްބިއާގެ އެތައް ބަޔަކު މަރުވެއްޖެ
22 މާރިޗު 2017

އިގިރޭސި ޕާލަމަންޓް ބޭރުގައި ބަޔަކު ބަޑި ޖަހައިފި

22 މާރިޗު 2017
އިގިރޭސި ޕާލަމަންޓް ބޭރުގައި ބަޔަކު ބަޑި ޖަހައިފި
10 މާރިޗު 2017

ޖަރުމަނުގެ ރެއިލްވޭ ސްޓޭޝަނެެއްގައި ކޯރާޑިން ހަމަލާދީ ބަޔަކު ޒަޚަމްކޮށްލައިފި

10 މާރިޗު 2017
ޖަރުމަނުގެ ރެއިލްވޭ ސްޓޭޝަނެެއްގައި ކޯރާޑިން ހަމަލާދީ ބަޔަކު ޒަޚަމްކޮށްލައިފި
07 މާރިޗު 2017

ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި

07 މާރިޗު 2017
ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި
20 ފެބުރުއަރީ 2017

ރެފިއުޖީން ބަަލައިގަތުމަށް ގޮވާލާ އެތައް ހާސް ބަޔަކު ސްޕެއިންގައި މުޒާހަރާ ކޮށްފި

20 ފެބުރުއަރީ 2017
ރެފިއުޖީން ބަަލައިގަތުމަށް ގޮވާލާ އެތައް ހާސް ބަޔަކު ސްޕެއިންގައި މުޒާހަރާ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު