Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ-ހަނގުރާމަ

ބުދަ ދުވަހު ޣައްޒާގައި 16 މީހަކު ޝަހީދު ކޮށްލައިފި

ހަމަލާގައި ފޮޓޯ ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ނޫސްވެރިޔާ، އުސާމާ އަލް އަރުބީދުގެ އާއިލާ އަށް ނިސްބަތްވާ ނުވަ މީހަކު ވެސް ވަނީ ޝަހީދުވެފައެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 މެއި 2025 | ބުދަ 08:23
އުތުރު ޣައްޒާ އަށް އަމާޒުކޮށް އިސްރާއީލް އިން ދީފައިވާ ހަމަލާގެ މަންޒަރު

އުތުރު ޣައްޒާ އަށް އަމާޒުކޮށް އިސްރާއީލް އިން ދީފައިވާ ހަމަލާގެ މަންޒަރު

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގައި ބުދަ ދުވަހު ވެސް 16 މީހަކު ޝަހީދު ކޮށްލާފައިވާ ކަމަށް، ޣައްޒާގެ ސިވިލް ޑިފެންސް އިން ހާމަކޮށްފި އެވެ.

ސިވިލް ޑިފންސް އިން ހާމަކޮށްފައިވާ ގޮތުގައި ބުދަ ދުވަހު އިސްރާއީލް އިން ދިން ވައިގެ ހަމަލާއެއްގައި، ޣައްޒާ އިން 16 މީހަކު ޝަހީދުވެފައިވާ ކަމަށެވެ. 

އެކަމާ ގުޅިގެން ސިވިލް ޑިފެންސްގެ ތަރުޖަމާނު މަޙުމޫދު ބައްސާލް އޭއެފްޕީ އަށް ވިދާޅުވެފައިވާ ގޮތުގައި، އެންމެ ފުރަތަމަ ހަމަލާ ދީފައި ވަނީ މެންދަމު ދޭއް ޖެހިއިރު އެވެ. އެ ހަމަލާ ދީފައި ވަނީ ޣައްޒާގެ އުތުރުގައި ހުރި ގެއަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ހަމަލާގައި ފޮޓޯ ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ނޫސްވެރިޔާ، އުސާމާ އަލް އަރުބީދުގެ އާއިލާ އަށް ނިސްބަތްވާ ނުވަ މީހަކު ވެސް ވަނީ ޝަހީދުވެފަ އެވެ.

އެ ހަމަލާގައި ނޫސްވެރިޔާ އަރުބީދަށް ވެސް ވަނީ އަނިޔާވެފަ އެވެ. މީގެ އިތުރުން ޣައްޒާގެ އެއް އާއިލާ އަކަށް ނިސްބަތާ ހަ މީހަކު ވެސް ވަނީ އެ ހަމަލާގައި ޝަހީދުވެފަ އެވެ. އަދި އެ ހަމަލާގެ ސަބަބުން 15 މީހަކު ޒަޚަމުވެފައިވާ ކަމަށް ވެސް ވަނީ ހާމަކޮށްފަ އެވެ. އޭގެ ތެރޭގައި ކުޑަ ކުދިން ހިމެނޭ ކަމަށް ވެސް ބައްސާލް ވަނީ ވިދާޅުވެފަ އެވެ. 

މީގެ އިތުރުން އެ ހަމަލާގެ ސަބަބުން ޚާން ޔުނިސް ސަރަހައްދުގައި އާންމު ރައްޔިތުންގެ ތެރެއިން އެކަކު ޝަހީދުވެފައިވެ އެވެ. އިސްރާއީލް އިން ބުދަ ދުވަހު މި ދިން ހަމަލާތަކާ ގުޅިގެން، އެ ޤައުމުގެ އަސްކަރިއްޔާ އިން މިހާތަނަށް ވަކި އެއްޗެއް ބުނެފައި ނުވެ އެވެ. 

ޖަނަވަރީ މަހުގެ ތެރޭގައި ހަނގުރާމަ ހުއްޓާލުމަށް ފަހު، މާޗު މަހުގެ ތެރޭގައި ވަނީ ދެ ވަނަ ފަަހަރަށް އަނެއްކާ ވެސް ހަމަލާ ދޭން ފަށައިފަ އެވެ. އޭގެ ފަހުން މިހާތަނަށް އެކަނި ޣައްޒާ އިން 3822 މީހަކު ވަނީ ޝަހީދުވެފަ އެވެ. 

2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ފެށުނު މި ހަނގުރާމައިގައި، އިސްރާއީލްގެ ހަމަލާތަކުގައި މިހާތަނަށް ޣައްޒާ އިން ވަނީ ޖުމުލަ 54000 އަށް ވުރެ ގިނަ ރައްޔިތުން ޝަހީދުވެފަ އެވެ. ޝަހީދުވެފައިވާ މީހުންގެ ތެރޭގައި ގިނަ އިން ހިމެނެނީ އަންހެނުންނާއި ކުޑަ ކުދިން ކަމަށް ބުނެފައިވެ އެވެ. 

އިސްރާއީލް އިން ވަނީ މި ފަހުން ޣައްޒާ އަށް ދެމުން އަންނަ ހަމަލާތައް ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ. އަދި ހަމާސް ޖަމާއަތް މުޅިން ބަލިކޮށް، ހަމާސް އިން ރަހީނުކޮށްފައިވާ އިސްރާއީލްގެ ރައްޔިތުން މިނިވަން ކުރަންދެން ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށް ވެސް އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ވިދާޅުވެފަ އެވެ.

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

14 ފެބުރުއަރީ 2017
ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
13 ފެބުރުއަރީ 2017

ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި

13 ފެބުރުއަރީ 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި
10 ފެބުރުއަރީ 2017

ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ

10 ފެބުރުއަރީ 2017
ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު