Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރިޕޯޓު

ހަމަ ހަގީގަތުގައިވެސް ރައްޔިތުންގެ ސިއްޚީ ދުޅަހެޔޮކަމާއި މެދު ރައީސް ކުޑަކޮށް ވެސް ސަމާލުކަމެއް ނުދެއްވައެވެ!؟

29 މެއި 2025 | ބުރާސްފަތި 11:51

ގައުމުގެ ރައްޔިތުން ސިއްހީ ގޮތުން ދުޅަ ހެޔޮ ބަޔަކަށް ހެދުމުގެ ނަމުގައި ޒުވާން ޖީލުތަކަށް ދުންފަތުގެ ބާވަތްތައް މަނާކޮށް ދުވާލަކަށް ގާނޫނެއް ތަސްދީގުކުރައްވަމުން ގެންދަވާއިރު ގާނޫނު އަސާސީއިން ރައްޔިތުންނަށް ކަށަވަރުކޮށްދޭން ޖެހޭ ސިއްހީ އަސާސީ ވަސީލަތްތަކުގެ ހާލަތަކީ ކޮބައިތޯ ކުޑަކޮށް ވެސް ވިސްނާނުލައްވާ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 29 މެއި 2025 | ބުރާސްފަތި 11:51
ރާއްޖޭގެ ސިއްޚީ އަސާސީ ޚިދުމަތްތަކުހެ ހާލަތު ދުވަހެއް ދުވަހަކަށް ދަނީ ދަށަށް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުން

ރާއްޖޭގެ ސިއްޚީ އަސާސީ ޚިދުމަތްތަކުހެ ހާލަތު ދުވަހެއް ދުވަހަކަށް ދަނީ ދަށަށް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުން

ރަނގަޅު ކަމެއް ވާނީ ރަގަޅުކަމަކަށެވެ. ހަމަ އެފަދައިން ގޯސްކަމެއް ނަމަ އެކަންވެސް ވާނީ ހަމަ ގޯސް ކަމަށެވެ. ރުހުނަސް އަދި ނުރުހުނަސް މެއެވެ.

ހަމަ ހަގީގަތުގައިވެސް ދުންފަތުގެ ބާވަތަކީ ރައްކާތެރި އެއްޗެއް ނޫނެވެ. އެ ބޭނުން ކުރުމަކީ ސިއްޚަތައް ވެސް އެކަމުގެ ނުރައްކާތެރިކަން އިންތިހާ ބޮޑުކަމެކެވެ. މިއީ މުޅި ދިނިޔެވެސް ހެކިދޭ ބޮޑު ހަގީގަތެކެވެ. މިއީ ހަމަ ކޮންމެ މީހަކު ވެސް ގަބޫލުކރާނެ ހަގީތަކެވެ.

ކަންމިހެން އޮތް ނަމަވެސް ރާއްޖޭގެ އާބާދީއަށް ބަލާއިރު، ނިސްބަތުން ދުންފަތުގެ އިސްތިއުމާލުކުރާ މީހުން ގިނައެވެ. އެއީ ހުއްޓުވަން ވެސް ޖެހޭ ކަމެކެކެވެ. ގައުމުގެ ރައްޔިތުންގެ ހައްގުގައެވެ. އެ ރައްޔިތުންގެ ދުޅަހެޔޮކަމަށްތަކައެވެ. އަދި އެ ރައްޔިތުންގެ މުސްތަގުބަލަށްޓަކައިވެސް މެއެވެ.

ކަން މިހެން އޮތް އިރު، ރައްޔިތުންނަށް ހުޅަހެޔޮ ސިއްޚަތެއް ކަށަވަރުކޮށްދެއްވުމަށް ރާއްޖޭގައި ދުންފަތް ކޮންޓްރޯލުކުރުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވަމުން ގެންދާވާކަމަށް އަޑުތައް ފެތުރިފައިވެއެވެ. އެގޮތުން ދުންފަތް މަނާކުރުމަށް ކަމަށް ވިދާޅުވެ، ބިލުތަކެއް ގާނޫނުތަކަކަށް ބަދަލުކޮށް ވޭޕް މަނާކުރުމާ ޖެނެރޭޝަނަލް ޓޮބޭކޯ ބޭން ގާނޫނެއްވެސް ވުޖޫދުކުރާކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. ރައީސް މުއިއްޒުގެ މި މަސައްކަތަށް ޝުކުރުދަންނަވާ ސަނާކިޔާ އަތްޖަހާ ބަޔަކުވެސް އެބަ ތިއްބެވެ.

އެންމެރަނގަޅެވެ. ރައީސް މުއިއްޒު އެ ކުރައްވަނީ ރަނގަޅު ކަމެކެވެ. އެ ނިންމަނީ ރަނގަޅު ނިންމުންތަކެވެ. އަދި މިނިންމުނަތްކަށް ދުނިޔޭގެ ފެންވަރފުގެ އެވޯޑުތަކެއް ވެސް ރައީސް މުއިއްޒަށް ލިބިވަޑައިގެންފިކަމަށް ބުނާތީ އަޑުއެހީމެވެ.

އެހެނަސް އެކަންކަން ކުރައްވައިގެން ރައީސް މުއިއްޒު މެޑަލް ޖައްސަވާ އެވޯޑުތައް ހޯދަމުން ގެންދަވާއިރު ގައުމުގެ ރައްޔިތުން ތިބީ ހާލާއި މެދު ނުވިސްނަވާކަމީ ވަރަށް ވެސް ހިތާމަހުރި ކަމެކެވެ. މިއަދު މި ގައުމުގެ ރައްޔިތުން ތިބީ ސިއްހީ ގޮތުން ކޮންފަދަ ބިރުވެރި، އަދި ނުރައްކާތެރި ހާލަތެއްގައި ކަމާއި މެދު ވިސްނާލުމެއްވެސް ނެތެވެ.

ގައުމުގެ ރައްޔިތުން ސިއްހީ ގޮތުން ދުޅަ ހެޔޮ ބަޔަކަށް ހެދުމުގެ ނަމުގައި ޒުވާން ޖީލުތަކަށް ދުންފަތުގެ ބާވަތްތައް މަނާކޮށް ދުވާލަކަށް ގާނޫނެއް ތަސްދީގުކުރައްވަމުން ގެންދަވާއިރު ގާނޫނު އަސާސީއިން ރައްޔިތުންނަށް ކަށަވަރުކޮށްދޭން ޖެހޭ ކަމަށް ބަޔާން ކުރާ ސިއްހީ އަސާސީ ވަސީލަތްތަކުގެ ހާލަތު ވަނީ ވަރަށް ދަށްވެފައެވެ. އެހެންނީ ރައްޔިތުންގެ ސިއްހީ އަސާސީ ވަސީލަތްތައް މިއަދު ހުރި ހިސާބު ރަށްރަށުގައާއި މާލެއަށް ނަޒަރުހިންގާލިއަސް ފެނެއެވެ.

ރާއްޖޭގެ ސިއްހީ ހާލަތު ދުވަހެއް ދުވަހަކަށް އަންނަނީ ގޯސްވަމުންނެވެ. ބޭނުންވާ ބޭސް ނުލިބި، ރައްޔިތުންގެ ކަންބޮޑުވުން ދުވަހެއްދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ.

އެސްޓީއޯގެ ފާމަސީތަކުން ބޭސް ނުލިބި، ބޭސް ސިޓީތަކާއިގެން އެތައް ފާމަސީއަކަށް ދާންޖެހޭ ހާލަތަކަށް ކަންތައްތައް ވަނީ ވެއްޓިފައެވެ. ރަށްރަށުގައާއި މާލޭގައި ހުންނަ އެސްޓީއޯގެ ފާމަސީތަކުން ބޭސް ނުލިބުމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވަމުންދާއިރު، މިކަމުގެ ސަބަބުން ބޭސް ހޯދުމަށް އެތައް ތަނަކަށް ދާންޖެހި، ވަގުތާއި ފައިސާ އިސްރާފުވަމުންދާ ކަމަށް ވެސް ގިނަ ބަޔަކު މިއަދު ބުނަންފަށައިފިއެވެ.

އަސާސީ ބޭހުގެ އިތުރުން ތަފާތު އޮޕަރޭޝަންތައް ކުރުމަށް ހޭނެއްތުމަށް ބޭނުން ކުރާ މުހިއްމު ބޭސްތަކާ ހަކުރު ބަލި، ލޭ މައްޗަށް ދިއުން ހިތުގެ ބަލި ފަދަ ބަލިތަކަށް ބޭނުންވާ މުހިއްމު ބޭސް ނުލިބުމުގެ ޝަކުވާއަކީ މިއަދު އާންމުކަމަކަށް ވެއްޖެއެވެ. މީގެ ކުރިން އާސަންދަ އަދި އެސްޓީއޯއިން ލިބޭ ބޭސްތައްވެސް އެންމެފަހުން ގަންނަންޖެހި، އެ ބޭސްތަ ނުލިބޭކަމުގެ ޝަކުވާތައް ވެސް ވަނީ އިތުރުވެފައެވެ.

އިންޑިއާއިން ބޭސް ގެނައުން ހުއްޓާލާ ތުރުކީއިންނާ ބެންކޮކުން ރަނގަޅު ފެންވަރުގެ މޮޅު ބޭސް ގެންނަން ވިދާޅުވި ވިދާޅުވުން ވެސް އުނބަށް ޖައްސަވައި ދިވެހިންނަށް ބޭނުންވާ އަސާސީ ބޭސް ގަންނަން އިންޑިއާ ބަޔަކާ ވަނީ ހަވާލުކޮށްފައެވެ. އުނބަށް ޖެއްސެވުމުގައި ރެކޯޑު އޮތް ރައީސް މުއިއްޒު އެކަމުގައި ވެސް ޖެއްސެވީ އުނބަށެވެ. ވިދާޅުވި ބަސްފުޅާއި އަމަލާއި ބަހާއި ދިމާނުކުވެ، ވާނުވާގައި އުޅުއްވާއިރު، ރައްޔިތުން މިއަދު ދަނީ ބޭސް ފަރުވާއަށް ވެސް ސަލާން ޖަހަންފަށާފައެވެ.

ވަރުނެއްކޮޅަށް މޮޅެތި ބިލުތައް ފާސްކޮށް ތަސްދީގުކުރައްވަމުން ގެންގޮސް، ސިއްހީ ދާއިރާއިން އެވޯޑުތައް ހޯސްދަވަމުން ގެންދަވާއިރު ސިއްހީ ހިދުމަތް ދޭ ތަންތަނުގެ ހާލަތު މިއަދު ހުރީ އާދައިގެ ހެލްތް ސެންޓަރަކަށް ވުރެވެސް ދަށް ހާލަތުގައެވެ. މިއީ މިއަދު ދިވެހި ރައްޔިތުން ގަބޫލުކުރާ ހަގީގަތެކެވެ.

އޭޕްރީލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެސްޓީއޯ ބޭސްފިހާރަތަކުން ދަތިކަމެއް ނެތި ލިބޭނެކަމަށް މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރައީސް މުއިއްޒު ވިދާޅުވެލެއްވި ތާ ދެމަހާއި ގާތްވަނީއެވެ. ނަމަވެސް އަދިވެސް ރައްޔިތުންނަށް ބޭނުންވާ އަސާސީ ބޭސްގުޅައެއް ވެސް ނުލިބުމުގެ ދަތިކަން އެ ފރާތަތްކުން ދަނީ ތަހައްމަލުކުރަމުންނެވެ.

ރާއްޖޭގެ ސިއްޚީ ހާލަތު މިހާ ދަށަށް ގޮސްފައިވާއިރު، ސިއްހީ ދާއިރާގެ އިހުމާލުން އެތައް ފުރާނައެއް ވަނީ ގެއްލިގެން ގޮސްފައެވެ. ހިތާމައިގެ ކޮޅެއްވެސް ނެތެވެ.

މަނިކުފާނެވެ. ރައްޔިތުންނަށް ހެޔޮއެދޭނަމަ ބޭންކުރައްވަންވީ ހަމައެކަނި ދުންފަތެއް ނޫނެވެ. ގާނޫނު އަސާސީއިން ރައްޔިތުންނަށް ކަށަވަރުކޮށްދޭން ޖެހޭ ކަމަށް ބަޔާން ކުރާ ސިއްހީ އަސާސީ ވަސީލަތްވެސް ކަށަވަޜުކޮށްދޭން ޖެހެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

10 އެޕްރީލު 2017

ސެމްސޮން ގެލެކްސީ އެސް8ގެ ފެށުން ވަރަށް ވެސް ފުރިހަމަ

10 އެޕްރީލު 2017
ސެމްސޮން ގެލެކްސީ އެސް8ގެ ފެށުން ވަރަށް ވެސް ފުރިހަމަ
07 އެޕްރީލު 2017

އިދްލީބަށް ދިން ކެމިކަލް ހަމަލާ: އެންމެން ރުޅި އަރުވާލައިފި

07 އެޕްރީލު 2017
އިދްލީބަށް ދިން ކެމިކަލް ހަމަލާ: އެންމެން ރުޅި އަރުވާލައިފި
03 އެޕްރީލު 2017

ފުލުހުން ލައްވާ ރައްޔިތުންގެ ލޮލަށް ގޮވުން

03 އެޕްރީލު 2017
ފުލުހުން ލައްވާ ރައްޔިތުންގެ ލޮލަށް ގޮވުން
30 މާރިޗު 2017

މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

30 މާރިޗު 2017
މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ
19 މާރިޗު 2017

ބަދަލުވީ ހަމައެކަނި މާ، ކުރަނީ ހަމަ އެއް ކަމެއް

19 މާރިޗު 2017
ބަދަލުވީ ހަމައެކަނި މާ، ކުރަނީ ހަމަ އެއް ކަމެއް
18 މާރިޗު 2017

ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

18 މާރިޗު 2017
ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!
18 މާރިޗު 2017

ކަދުރު، ޕެނެޑޯލް، ދަބަސް، ހިތާނުކުރުން، މިއީ ހަމަ ފިސާރި މެޑަމެއް!

18 މާރިޗު 2017
ކަދުރު، ޕެނެޑޯލް، ދަބަސް، ހިތާނުކުރުން، މިއީ ހަމަ ފިސާރި މެޑަމެއް!
17 މާރިޗު 2017

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

17 މާރިޗު 2017
ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!
09 މާރިޗު 2017

އިދިކޮޅަށް ފުރުސަތު ނުދީ ކުރާ "ހަމަހަމަ" ކެމްޕެއިން!

09 މާރިޗު 2017
އިދިކޮޅަށް ފުރުސަތު ނުދީ ކުރާ "ހަމަހަމަ" ކެމްޕެއިން!
14 ފެބުރުއަރީ 2017

ހަމަ އެންމެ ފޮޓޯއަކުން ސަރުކާރުގެ ޙާލަތު!

14 ފެބުރުއަރީ 2017
ހަމަ އެންމެ ފޮޓޯއަކުން ސަރުކާރުގެ ޙާލަތު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް