Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

ވަޒީރަށް ގޯސްވީ މީޑިއާތައް

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު, ރާއްޖެ އެމްވީ | 17 މާރިޗު 2017 | ހުކުރު 14:58
ހެލްތު މިނިސްޓަރ ބައްދަލުވުމެއްގައި ބައިވެރިވަނީ

ހެލްތު މިނިސްޓަރ ބައްދަލުވުމެއްގައި ބައިވެރިވަނީ

މިދިޔަ ހޯމަދުވަހާ ހަމައަށް ރާއްޖޭގައި ސްވައިން ފްލޫ ނުވަތަ އެޗްވަންއެންވަން ފެތުރެމުންދާކަން އޮތީ ސަރުކާރުގެ ބޮޑު ސިއްރެއްގެ ގޮތުގައެވެ. ނޫސްވެރިންނާއި ސޯޝަލް މީޑިއާގައި އާންމުންގެ ފަރާތުން ކުރިމަތިވަމުންދިޔަ ޕްރެޝަރާ އެކު ކުއްލިއަކަށް ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވިއެވެ. ކަމާބެހޭ ފަރާތްތަކުން ބޭއްވި ބަދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ފެންނާކަށް ނެތެވެ. އެކަމަކު އެކަމުގެ އެންމެ ބޮޑު މައްސޫލިއްޔަތު އޮތީ އެ ވަޒީރު ބެލުމުގެ ދަށުގައެވެ.

r

ހޯމަދުވަހު ހެނދުނު ޑޮކްޓަރުންގެ ޓީމަކުން މައުލޫމަތު ދެމުން ބުނީ ސްވައިން ފްލޫ ފެތުރުނަސް ރާއްޖޭގެ އާންމު ހާލަތު އޮތީ ބިރުވެރި ދަރަޖައެއްގައި ނޫން ކަމަށެވެ. ނަމަވެސް އޭގެ ނުވަ ގަޑިއިރު ފަހުން މަންޒަރު މުޅިން ބަދަލުވިއެވެ. ކުއްލިއަކަށް ބައްދަލުވުމެއް ބާއްވައި، ރޮގާ ފެތުރުން "ނުރައްކާތެރި ހާލަތަށް ދިޔަކަން" އިއުލާން ކުރިއެވެ. އޭރުވެސް ވަޒީރު ހުންނެވީ ނޫސްވެރިންގެ ބައްދަލުވުން ކުރިއަށްދިޔަ ތަނުގައި ފިއްލަވައިގެން ކަހަލަ ގޮތަކަށެވެ. ނޫސްވެރިންނާއި ކުރިމަތިލައްވާކަށް ކެރިވަޑައެއްނުގަތެވެ.

ހުރިހާ ކަމެއްވެ، ރައްޔިތުންގެ ފާޑު ކިޔުންތައް ވަޒީރަށް އަމާޒުވާން ފެށިއެވެ. އެންމެ ފަހުން ކޯފާ އިސްކުރައްވާ އެހުރިހާ ވަރެއް ބާލާލީ ނޫސްވެރިންނާއި މީޑިއާތަކަށެވެ. ގޯސްވީ އެވާހަކަތައް ރައްޔިތުންނާއި ހަމައަށް ތިލަކުރި ނޫސްވެރިންނެވެ. މީޑީއާތަކެވެ. އެކަން ސިއްރުކޮށްގެން މަތިޖަހައިގެން އުޅުއްވި ހަދާނެއް ނެތެވެ. ނޫސްތަކުގައި އެވާހަކަ ލިޔުން ވަޒީރު ސިފަކުރެއްވީ ކުޑަކުއްޖަކަށް ނަރަކައިގެ ވާހަކަ ކިޔައިދިނުން ފަދަ ކަމަކަށެވެ.

"މީހުން ޕެނިކް ކޮށްލުމަކީ އެ މީހެއްގެ ސިއްހަތު ގޯސްކޮށްލާނެ ކަމެއް. އަޅުގަނޑުގެ 3-4 އަހަރުގެ ކުއްޖާ އަށް ނަރަކައިގެ ވާހަކަ ވަރަށް ބިރުވެރިކޮށް ކިޔައިދީފިއްޔާ އޭނާ ނުނިދާނެ. އެހެންވީމާ ކޮންމެ ރައްޔިތަކަށް ވެސް މައުލޫމާތު ދޭން ޖެހޭނީ އެ ރައްޔިތަކަށް ބޭނުންވާ މިންވަރަށް،" މިހާރު ނޫހަށް ވަޒީރު ވިދާޅުވެފައި ވެއެވެ.

ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޮޑު ބަލިމަޑުކަމެއްގެ ވާހަކަ ނޫސްތަކުގައި ޖެހުމާއި ކުޑަކުއްޖަކަށް ނަރަކައިގެ ވާހަކަ ކިޔައިދިނުމާ ގުޅިލާމެހޭ ގޮތެއް ފަހުމް ވާނީ ހަމައެކަނި ވަޒީރަށެވެ. ސަރުކާރުން އެކަން ސިއްރުކުރުމުން އެކަމުގެ ގެއްލުންވީ އާދައިގެ ރައްޔިތުންނަށެވެ. އެކަން ފޮރުވުމަށް މި "ގަޓު ސަރުކާރުގެ" ހެލްތު މިނިސްޓަރުގެ ޓަފް ވާހަކަތަކުގައި "ކޮސް" ގޮވުމަކީ ރައްޔިތުންގެ ކުށެއް ނޫނެވެ. ހުރިހާ ކަމެއް ފަޅާއެރުމުން ވަޒީރުގެ ބީޕީ ހައިވުމަކީ ވެސް ރައްޔިތުންގެ މައްސަލައެއް ނޫނެވެ. އެކަން ހަޖަމްނުވާނަމަ ރައީސް ވިދާޅުވާ ހަޖަމުގެ ބޭސް ބޭނުންކުރެއްވުން ބުއްދިވެރިއެވެ.

މިއަހަރުގެ ޖެނުއަރީން ފެށިގެން ސުވައިންފުލޫ އުޅޭކަން ކަމާ ބެހޭ ފަރާތްތަކަށް އެނގެއެވެ. ނަމަވެސް ރައްޔިތުންނަށް އެކަން ހާމަކުރީ މިހިނގާ މާޗްމަހުގެ މެދުތެރޭގައެވެ. އިތުރު ގޮތެއް ނެތިގެންނެވެ. ފާއިތުވެގެންދިޔަ ތަނުގައި ރައްޔިތުން ހޭލުންތެރި ކުރުވަން ކުރެވުނު އެއްވެސް ކަމެއް ނެތެވެ. ހުރިހާ ކަމެއް އޮތީ ވަންހަނާކުރެވިފައެވެ. އެންމެ ފުރަތަމަ އެޗްވަންއެންވަން އަށް ޕޮސިޓިވް ޒުވާނާ ހޮސްޕިޓަލަށް ދެއްކީ ފެބްރުއަރީ 26 ގައެވެ. އޭނާ ނިޔާވީ މާރޗް 4 ގައެވެ. އޭނާގެ ބައްޔަކީ އެޗްވަންއެންވަން ކަމަށް އާއިލާ އަށް އެންގީ މިމަހު 14 ވަނަ ދުވަހުއެވެ. އޭގެ ކުރިން އާއިލާއަށް އެކަން އެނގުނީ ނޫސްތަކުންނެވެ. އެވަރުން ވެސް ކޯފާ އިސްކުރައްވަނީ ވަޒީރެވެ. މިހުރިހާ ކަމެއް ގޯހުން ގޯހަށް ދިޔައިރު ވެސް ވަޒީރު އުޅުއްވީ ރައްޔިތުންގެ ލޮލުގައި އަދުން އެޅުވުމަށް ކެމްޕޭނުތަކުގައެވެ.

ސްވައިން ފްލޫއާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެފައިވާ ހިތާމަވެރި ހާލަތު، ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުން ނުކުރުމަށާއި އެއީ ގައުމަށް ވެވޭ ހިޔާނާތެއް ކަމަށް ވަޒީރު ދެކެވަޑައިގަންނަވާއިރު، އެންމެ ފުރަތަމަ ޚިޔާނާތްތެރި އެވެވެނީ ޚުދު ވަޒީރަށެވެ. ނުރައްކާތެރި ބަލިމަޑުކަމެއް ގައުމަށް ކުރިމަތިވެގެންދިޔައިރު އެކަން ސިއްރުކުރުން މިނިސްޓަރަށް މައްސަލައަކަށް ނުވިއެވެ. އެޙާލަތު ސިޔާސީ ކުރެއްވެވީވެސް ޚުދު އަމިއްލަ ފުޅަށެވެ. ރައްޔިތުންގެ ނުކައި ނުބޮއި މިސަރުކާރައް ޓެކްސް ދައްކަމުންދަނީ ރަނގަޅު ޚިޒުމަތްތަކެއް ލިބިގަތުމުގެ ބޭނުމުގައެވެ. އެޚިދުމަތް ނުލިބޭ ނަމަ އެވެވެނީ ވެސް ޚިޔާނާތެކެވެ. ރައްޔިތުން ދައުލަތަށް ޓެކްސް ދައްކަނީ ނާގާބިލު ކުފޫހަމަނުވާ ބޭފުޅަކު މިނިސްޓަރުން ފެންވަރުގެ ގޮނޑިތަކުގަޔާއި ފިނިކުރި ޕުރައިވެޓް ރޫމުތަކުގައި ބައިތިއްބާކަށެއް ނޫނެވެ.

މިނިސްޓަރު ނާޒިމްގެ ވާހަކަތައް ހުރިގޮތުން މިކަމަކީ މާ ސީރިއަސް ކަމެއް ނޫނެވެ. އެހެންވިއްޔާ ސީރިއަސް ވަނީ ކިހާހިސާބަކައް ދިޔުމުންކަން ވެސް އެގެންޖެހެއެވެ. ޖެނުއަރީގަ މި ބަލި ފެތުރެން ފަށައިފިއެވެ. ދޮޅުމަސް ކުރީން ފިޔަވަޅުއެޅުއްވި ނަމަ އެފިޔަވަޅެށް ރައްޔަތުންނަށް ނޭންގެންވީ ސަބަބެއް ނެތެވެ. ދުރާލާ އެ ރޯގާއިން ސަލާމަތްވުމަށް ވެކްސިން ދިނުމަށް ވެކްސިންގެ ޝިޕްމަންޓެއް ނުގެނެވެންވީ ސަބަބެއް ނެތެވެ. ދޮޅުމަސް ކުރިން މަވެސް ޖަހައިފިން ކިޔާފައި ފެށީ ހިމަބިއްސަށް ވެކްސިން ދޭށެވެ. ލިމިޓެޑް ސްޓޮކެއް ހުރި ރޯގާގެ ވެކްސިން މިހާ ދުވަސްވީއިރު ހުންނަންވާނީ ގެނެވިފައެވެ. އެންމެ ކުޑަ މިނުން ފްލޫ ކްލިނިކްގައި ހަރަކާތްތެރިވާ ނަރުހުންނަށް ޖަހާނެ ވެކްސިން ކޮޅެއް ވެސް ނެތި އެފަދަ ބަލި މީހުންނާ ކުރިމަތިލާން ނަރުހުންނާއި ޑޮކްޓަރުން ނެރެންޖެހުމަކީ ވެސް ފެއިލިއާއެކެވެ. އެކަން އެގޮތަށް ކުރެވިފައި ނުވުމަކީ ވަޒީރަށް ޒިންމާ އުފުލިފައިނުވާ ކަމުގެ އަލިގަދަ ހެއްކެކެވެ. ދެން އެކަމަށް ޖަވާބުދާރީވުމުގެ ބަދަލުގައި ޒިންމާއިން ރެކެން ބަހަނާ ދެއްކުމަކީ އަމިއްލައަށް ފެއިލްވެފައިވާ ޤަބޫލުކުރުމެވެ.

ހުރިހާ ކަމެއް ރައްޔިތުންނާއި ހަމައަށް ތިލަވުމުން ވެސް ރަށްޔިތުން "ގަމާރުކޮއްފައި" ބޭތިއްބުމުގެ ބަލުގައި ހޭލުންތެރި ކުރުވި ނަމަ، ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުނީހެވެ. އެންމެ ކިލޯމީޓަރެއް ހަމަވާ ތަނެއްގައި ދޮޅުލައްކައެއްހާ މީހުން ދިރި އުޅެމުންދާއިރު މިވާހަކަ ދެއްކި ބަޔަކު ކުށްވެރިކޮއް ތިމާމެންގެ ޒިންމާއިން ރެކެން އުޅުމަކީ މަދުބަޔަކު ނޫނީ ޤަބޫލު ކުރާނެ ކަމެއް ނޫނެވެ.

އެއްދޮގު ފޮރުވަން ސަތޭކަ ދޮގު ހަދަން ޖެހޭނެ އެވެ. ސިއްރު ނުކުރާކަމުގައި ވަނީ ނަމަ އޭގެ މާނައަކީ ހެލްތު މިނިސްޓަރަށް ދާއިރާގެ ކަންކަން ބަލަންވާ ވަރަށް ބެލިފައި ނެތުމެވެ. އެވަރުން އެންމެ ރަނގަޅުވާނީ އެހެންފަރާތަކާ ޒިންމާ ހަވާލުކުރުމެވެ. ހެލްތު މިނިސްޓަރު ކިޔާ މީހަކު މިގައުމުގައި އުޅޭކަން ވެސް ގިނަ ރައްޔިތުންނަށް ނޭނގޭ ކަހަލައެވެ. ޕްރޮފައިލް ރީތިކުރަން ތިމާއާ ބެހޭ އިންޓަވިއުތައް ދީ ނޫސްތަކުގައި ބޮޑު ފޮޓޯ ޖެހިއެއް ކަމަކު ރައްޔިތުންނާ ގުޅޭ ކަމެއްގައި މައުލޫމާތު ދެއްވަން ކެމެރާ ކުރިމައްޗަށް ވަޑައިގަންނަވާން ކެރިވަޑައިނުގެންނެވުމަކީ ފިނޑި އަމަލެކެވެ. ގައުމުގެ ހާލަތު ގޯހުން ގޯހަށް ދިޔުމުން ދެން އިތުރު "ޗޮއިސް" އެއް ނެތިގެން، ރައްޔިތުންނާ ކުރިމަތިލުމަކުން ނުފުދޭނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު އަޒްލީންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރެވޭނެ!؟

މިނިސްޓަރު އަޒްލީންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރެވޭނެ!؟

07 ޖުލައި 2017
ދުވާލު ރޯދައަށް ރޭނގަޑު ބަނޑަށް – ޔަމަންގެ ރައްޔިތުންގެ ރޯދަ

ދުވާލު ރޯދައަށް ރޭނގަޑު ބަނޑަށް – ޔަމަންގެ ރައްޔިތުންގެ ރޯދަ

05 ޖޫން 2017
ރައީސެވެ. ކިއްލާއިން ނުކުމެވަޑައިގެން ރައްޔިތުންގެ ޝަކުވާ އައްސަވާށެވެ.

ރައީސެވެ. ކިއްލާއިން ނުކުމެވަޑައިގެން ރައްޔިތުންގެ ޝަކުވާ އައްސަވާށެވެ.

31 މެއި 2017
ކިތަންމެ ވަރަކަށް ހަރުގެ ޖަލްސާ ބޭއްވިޔަސް ރައްޔިތުންގެ ލޯތްބެއް ނުލިބޭނެ!

ކިތަންމެ ވަރަކަށް ހަރުގެ ޖަލްސާ ބޭއްވިޔަސް ރައްޔިތުންގެ ލޯތްބެއް ނުލިބޭނެ!

26 މެއި 2017
އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

03 މެއި 2017

އަހަރުތަކުން މިއަދު

3 ފެބުރުއަރީ
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި
20233 އަހަރު ކުރިން
ރާއްޖެ

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ
20197 އަހަރު ކުރިން
ކުޅިވަރު

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު