Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ފުލުހުން ލައްވާ ރައްޔިތުންގެ ލޮލަށް ގޮވުން

ޤާސިމް ފުލުސް އޮފީހަށް ދަމާއިރު ސަރުކާރު ކޯލިޝަންގެ އެމްޑީއޭގެ މެންބަރު މުހައްމަދު އިސްމާއީލް ހުންނެވީ ހުރިގޮތަށް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 3 އެޕްރީލު 2017 | ހޯމަ 15:39
ފުލުހުން: ބައެއް ޢަމަލް ތަކާ ހުރެ ރައްޔިތުން ކަންބޮޑުވޭ

ފުލުހުން: ބައެއް ޢަމަލް ތަކާ ހުރެ ރައްޔިތުން ކަންބޮޑުވޭ

ދިވެހި ފުލުހުން އުފެދުނުތާ ހެޔޮވަރު 84 އަހަރު ފުރި އިތުރު އަހަރަކަށް ކުރިމަތިލީއެވެ. މަލަކަށްފަހު މަލެއް ފަތަކަށްފަހު ފަތެއް ވެއްޓޭ ބީދައިން އެ މުއްސަސާއަށް ވެސް ބަދަލުތަކެއް އެހެރަދަނީ އަންނަމުންނެވެ. ހެޔޮބަދަލުތަކާއި ރައްޔިތުން ކަންބޮޑުވާހާ ކަންކަން އެދަނީ ފެންނަމުންނެވެ.

ދައްކާން މިއުޅެނީ ފުލުހުންގެ ވާހަކައެއް ނޫނެވެ. ފުލުހުންގެ މުއައްސަސާއަށް ބަޔަކު މީހުން ހަންފަތުރާން މަސައްކަތް ކުރާކަމުގެ ތުހުމަތު ކުރެވޭވަރުގެ ބޮޑެތި ކަންތައްތަކެއް ފެންނަމުންދާ ވާހަކައެވެ.

ރައީސް ނަޝީދުގެ ވެރިކަން ފުރޮޅާލުމަށް ކުރި މަސައްކަތުގައި އުޅުއްވި އެއްބޭފުޅަކީ މިހާރުގެ ރައީސް ރައީސް ޔާމީނެވެ. އޭރުގެ އިދިކޮޅުގައި ހިމެނުނު އޭރުގެ މުލަކު ދާއިރާގެ މެންބަރެވެ. ޔާމީން ވިދާޅުވީ ފުލުހުންގެ ޔުނީފޯމް ބާލާފައި އިދިކޮޅު ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރާ ފުލުހުންނަށް ގޮތެއް ހޯދައި ދެއްވާނެ ކަމަށެވެ. އެވިދާޅުވި އެއްޗަކަށް ޔާމީން ހާޒިރުކުރި ފުލުސް އޮފީހެއް އަމުރެއް ނެރުއްވި ކޯޓެއް ނެތެވެ. ކުރެވުނު ތަހުގީގެއް ނެތެވެ.

އެދުވަސްވަރާއި އެވާހަކަތައް މާޒީއަށް ދޫކޮށްލާނަމެވެ. މިހާރަށް ޖެހިލަމާ ހިނގާށެވެ. ރާއްޖޭގެ ސިޔާސީ މަޝްރަހްގައި މިހާރު މިޖަހާ ސަކަރާތައް ބަލާލަމާ ހިނގާށެވެ. އިދިކޮޅު ފަރާތްތަކުން އެވަނީ ހެޔޮ އިސްކޮޅަށް ދެމިލަން ފަށާފައެވެ. ސަރުކާރަށް ސަރުކާރުގެ މަޖިލީހުގެ މެޖޯރިޓީއާމެދު ސުވާލު އުފެދޭހާ އެވަނީ ގުޑުން އަރާފައެވެ. އެކަން އެންމެބޮޑަށް ހާމަވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅުމުންނެވެ. އެކަމަށްޓަކައި ނެގުނު ވޯޓު ކުޑަތަންވަމުން އައިއިރު ދެނަކާ ދެނެއް ނެތެވެ. އިދިކޮޅު ފަރާތްތަކުން ބޭއްވި ޕްރެސް ކޮންފަރެންސް ތަކާއި ޖަލްސާތަކުގައި ލައްކަ ވާހަކަ ދެއްކިއެވެ. އެއަށް ރައްދު ދީ ސަރުކާރަށް ތާއީދު ކުރާ މެންބަރުންވެސް ހަމަ އަރުވާ ޖަހާފައި މަތިހަށި ނަގާފައެވެ. ތާއީދު ހޯދުމާއި މެންބަރުން ހިފެހެއްޓުމުގައި ދެއްކުނިއްޔާ ދެއްކުނު ވާހަކައެއް ދައްކާ ނެގުމުގައެވެ.

ގުޅިފައިވާ ޕާޓީތަކުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރ ޢަބްދުﷲ ރިޔާޒް ވިދާޅުވީ މާފިއާ ގޭންގަކާ ސަރުކާރު ޙަވާލު ކުރެވެން ނެތްކަމަށެވެ. އިދިކޮޅު މީހަކު ބުންޏަސް ތެދެއްވާނީ ތެދަކަށެވެ. އެއްވެސް ދިވެހި ރައްޔިތަކު މި ޤައުމު މާފިއާ ގޭންގަކަށް ހަވާލު ކުރާކަށް ބޭނުމެއް ނުވާނެއެވެ. ދެން އޮތީ އެބޭފުޅާއަށް ލިބިވަޑައިގަންނަވާ މައުލޫމާތުގެ ގިނަ ކަމެވެ. ހީނހީނ ހަލާކެއް ނުވާނެ ހެއްޔެވެ. ރިޔާޒަކީ އެތައް ދުވަހަކު ފުލުހުންގެ ތެރޭގައި އުޅުއްވާފައިވާ ބޭފުޅެކެވެ. އާދައިގެ ބޭފުޅަކަށް ނޫނެވެ. ބޮޑެތި މަޤާމަތްކަކުން އައިސް އެންމެ އިސް ކޮމިޝަނަރ ކަމުގައެވެ. ގައިމުވާ ބަޔަކާ ހުންނާނީ ދިމާވެފައިތާއެވެ. ރައްޓެހިންނާއި ކަންކަން ހިއްސާ ކުރާނެ މީހުން ތިބޭނެތާއެވެ. ނުވިތާކަށް އޭނާއަކީވެސް އެތައް ތަމްރީން ތަކެއް ހައްދަވާފައިވާ އެކަމަށް ޤާބިލް ބޭފުޅެކެވެ. އެހެންކަމަށް ވާނަމަ މައުލޫމާތު ތަކެއް ލިބިގެން ނުވަތަ ސިޔާސީ މީހަކަށްވީތީވެސް ކަންތައްތަކެއް އެނގުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމަށްވާނަމަ އެދެވާހަކަ ހާމަކޮށްގެން ދެއިރު ދެދަޅައަށް ފުލުސްއޮފީހަށް ހާޒިރުކޮށް މާސިންގާހާ ތަހުގީގެއް ހިންގަން ފެށީމާ އެވަނީ މަޖަލަކަށެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް ދެއްކެވި ވާހަކައެއް ދެއްކެވީ މުޅި ދުނިޔެއަށް ފެންނަ ގޮތަށް ލައިވްކޮށް އެޕާޓީގެ ހަރުގޭގައެވެ. ޤާސިމް ވިދާޅުވީ އެޕާޓީން ދިޔަ މެންބަރުން އެނބުރި އެޕާޓީއަށް އައުން އެދޭ ކަމަށެވެ. އަދި އަތުވެއްޖެ ނަމަ ކުރީފަހަރުހެން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައިވެސް އެގޮނޑި އެމެންބަރަކަށް ހޯދައިދޭން އެހީތެރިވެދެއްވާނެ ކަމަށެވެ.

މީކީވެސް މީހަކު ފަޔަށް ހިނިއަރައިގެން އުޅޭ ވަރުގެ ވާހަކައެއް ހިނެއް ހީއެއް ނުވެއެވެ. މިއީ ރިޝްވަތު ދިނުމަށް ގޮވާލި ގޮވާލުމެއްކަމަށް ބުނެ ދެއިރުކާ ބޭހެއްހެން ޤާސިމް ފުލުސް އޮފީހަށް ދަމާއިރު ސަރުކާރު ކޯލިޝަންގެ އެމްޑީއޭގެ މެންބަރު މުހައްމަދު އިސްމާއީލް ހުންނެވީ ހުރިގޮތަށެވެ. މެންބަރުންނަށް ފައިސާ ދިނުމަށް ގޯނި ހިފައިގެން ވަޑައިގެންކަމަށް ވިދާޅުވީ އެހެން މީހެއް ނޫނެވެ. މަޖިލީހުގައާއި ޓީވީ ޗެނަލްތަކުގައި އެވާހަކަ ދެއްކެވީ ޚުދު އެމެންބަރެވެ. އެކަމަކު އެމެންބަރު ހާޒިރުކުރި ފުލުސް އޮފީހެއް ނެތެވެ. ހިންގާ ތަހުގީގެއް ނެތެވެ. ތިޔަށް ކިޔަންވީ ފުލުހުންގެ ޕްރޮފެޝަނަލް ކަމޭ ނަމަ ތިޔަ އެއްޗެއް ތިޔައޮތީ ދިމާ އެކޮޅުކޮޅުން ޖެހިފައެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ވޯޓު ކުޑަތަންވެގެން އައިރު ސަރުކާރު މެންބަރުންވެސް ދިޔައީ ހަމަ ތަފާތު ވާހަކަތައް ދައްކަވަމުންނެވެ. ބިރު ދެއްކުމުގެ ވާހަކަތއްވެސް އޭގައި ހިމެނުނެވެ. ހޫނުފެން އެޅުންފަދަ ވާހަކަ ތަކަކީ ސަރުކާރަށް ލިބިދީފައިވާ ބާރު ބޭނުން ހިންގައިގެން ބަޔަކަށް ނުފޫޒު ފާރުވުންކަމަށް ނުވާނެ ގޮތެއް ނެތެވެ. އެކަމަކު އެމެންބަރުން އެތިއްބެވީ ހަމަ ހެވިފައެވެ. އިއްޒަތުގައެވެ. ޕްރޮފެޝަނަލް ފުލުހުންނާއި މޮޅެތި ތަހުގީގް ޓީމުތަކުގެ ލޮލެއް އެފަރާތްތަކަކަށް އަމާޒެއް ނުވެއެވެ.

ކޮންމެއަކަސް ބައެއް ތަހުގީގްތައް ކުރެވިފައި އަނެއްބައި ތަހުގީގްތައް ނުކުރެވުން އެއީ މައްސަލައެކެވެ. ބައެއް މީހުން ހާޒިރުކުރެވި ބަޔާންތައް ނަގައި ފޯނުައް އަތުލެވޭއިރު ދެންތިބި މީހުން އެހިސާބަށް ކުޑަބޭރުވެސް އަރުވާލަން ނުޖެހުމަކީވެސް ވިޔާދާ ގޮތެއް ނޫނެވެ. ރައްޔިތުންގެ ކުރިމަތީގައި ރޯމާ ދުވާލު ހާމަކަން ބޮޑުގޮތެއްގައި ކުރާ ކަންކަމާއި ފެންނަމަންޒަރާ ތަފާތު ގޮތކަށް ފުލުހުންވިޔަސް ކަންކުރާނަމަ އެގޮވެނީ ފުލުހުން ލައްވާ ރައްޔިތުންގެ ލޮލަށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އަސޭލާގެ ސުވާލު:ރައީސް ޔާމީން ސިހުރު ގަބޫލުނުކުރައްވާނަަމަ، އަހަރެން ލައްވާ އެކަންކުރުވަންވީ ކީއްވެ؟

އަސޭލާގެ ސުވާލު:ރައީސް ޔާމީން ސިހުރު ގަބޫލުނުކުރައްވާނަަމަ، އަހަރެން ލައްވާ އެކަންކުރުވަންވީ ކީއްވެ؟

12 ޖުލައި 2017
ޖިނާއީ އިޖުރާއަތުގެ ގާނޫނު ތަންފީޒްކުރުމަށް ފުލުހުންނާއި ޕީޖީ އަދި ކޯޓް ތައްޔާރަށް!

ޖިނާއީ އިޖުރާއަތުގެ ގާނޫނު ތަންފީޒްކުރުމަށް ފުލުހުންނާއި ޕީޖީ އަދި ކޯޓް ތައްޔާރަށް!

02 ޖުލައި 2017
ދުވާލު ރޯދައަށް ރޭނގަޑު ބަނޑަށް – ޔަމަންގެ ރައްޔިތުންގެ ރޯދަ

ދުވާލު ރޯދައަށް ރޭނގަޑު ބަނޑަށް – ޔަމަންގެ ރައްޔިތުންގެ ރޯދަ

05 ޖޫން 2017
ރައީސެވެ. ކިއްލާއިން ނުކުމެވަޑައިގެން ރައްޔިތުންގެ ޝަކުވާ އައްސަވާށެވެ.

ރައީސެވެ. ކިއްލާއިން ނުކުމެވަޑައިގެން ރައްޔިތުންގެ ޝަކުވާ އައްސަވާށެވެ.

31 މެއި 2017
ކިތަންމެ ވަރަކަށް ހަރުގެ ޖަލްސާ ބޭއްވިޔަސް ރައްޔިތުންގެ ލޯތްބެއް ނުލިބޭނެ!

ކިތަންމެ ވަރަކަށް ހަރުގެ ޖަލްސާ ބޭއްވިޔަސް ރައްޔިތުންގެ ލޯތްބެއް ނުލިބޭނެ!

26 މެއި 2017

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު