Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔުކްރެއިން ހަނގުރާމަ

ޓްރަމްޕްގެ ރުޅިވެރި ކަމަށް އަމަލީ ސިފައެއް އަންނާނެ ކަމަށް އުންމީދު ކުރަން: މެކްރޮން

ރަޝިޔާ އާއި ޕުޓިން އަށް ދެވޭ ސުން ގަޑި ހަމަވުމާ އެކު، އެ ޤައުމާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅައި، އެ ޤައުމަށް ފިއްތުންތައް ކުރިމަތި ކުރުވަން ޖެހޭ ކަމަށް ވެސް މެކްރޮން ވަނީ ވިދާޅުވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 މެއި 2025 | އަންގާރަ 03:50
ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ރަޝިޔާ އިން ޔުކްރެއިން އަށް ދިން ހަމަލާއެއްގައި ބަޔަކު މަރުވުމާ ގުޅިގެން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފާޅު ކުރެއްވި ރުޅި ވެރިކަމަށް އަމަލީ ސިފައެއް އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ވިދާޅުވެއްޖެ އެވެ.

ޔުކްރެއިން އަށް އަމާޒުކޮށް ރަޝިޔާ އިން ދިން ޑްރޯން ހަމަލާއެއްގައި ވަނީ އެ ޤައުމުން 13 މީހަކު މަރުވެފަ އެވެ. އެކަމާ ގުޅިގެން ޓްރަމްޕް ވަނީ ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން އަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ.

ވިއެޓްނާމްގެ ހަނޯއީގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މެކްރޮން ވިދާޅުވީ، ރަޝިޔާގެ ރައީސް ޕުޓިން އޮޅުވާލުންތަކެއް ގެން ގުޅޭކަން ޓްރަމްޕަށް މިހާރު އެނގިވަޑައިގެންފައި ވާނެ ކަމަށެވެ. އަދި ސުލްޙަ އަށް ތައްޔާރުވެފައިވާ ކަމަށް ޕުޓިން ވިދާޅުވެފައިވާ ވިދާޅުވުމަކީ ވެސް ދޮގެއްކަން ޓްރަމްޕަށް އެނގިވަޑައިގަންނަވާނެ ކަމަށް ވެސް މެކްރޮން ވިދާޅުވި އެވެ. 

ޔުކްރެއިން އަށް އަމާޒުކޮށް ރަޝިޔާ އިން މި ފަހުން ހަމަލާ ދީފައި ވަނީ، ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޓަކައި މަޝްވަރާތަކެއް ކުރަމުން އައި ވަގުތެއްގަ އެވެ. 

ހަނގުރާމަ ހުއްޓާލުމަށް ހުށަހަޅާފައިވާ ހުށަހެޅުން ޔުކްރެއިން އިން ޤަބޫލު ކޮށްފައި ވީ ނަމަވެސް، ރަޝިޔާ އިން އެ ހުށަހެޅުން ޤަބޫލު ކޮށްފައި ނުވެ އެވެ. އެއީ 30 ދުވަހުގެ މުއްދަތަކަށް ހަނގުރާމަ ހުއްޓާލުމަށް ހުށަހަޅާފައިވާ ހުށަހެޅުމެކެވެ. 

އެކަމަށް އިޝާރާތް ކުރައްވައި މެކްރޮން ވިދާލުވީ ރަޝިޔާއާ ދެކޮޅަށް މާ ބޮޑެތި އަދި ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ. އަދި ޕުޓިން އަށް ސުން ގަޑިއެއް ދިނުމަށް ފަހު، އޭނާ ދައްކަވާ ވާހަކަ އަކީ ދޮގު ވާހަަކަތަކެއްކަން ދުނިޔެ އަށް ސާބިތު ކޮށްދޭން ޖެހޭ ކަމަށް ވެސް މެކްރޮން ވިދާޅުވެފައިވެ އެވެ. 

އަދި ރަޝިޔާ އާއި ޕުޓިން އަށް ދެވޭ ސުން ގަޑި ހަމަވުމާ އެކު، އެ ޤައުމާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅައި، އެ ޤައުމަށް ފިއްތުންތައް ކުރިމަތި ކުރުވަން ޖެހޭ ކަމަށް ވެސް މެކްރޮން ވަނީ ވިދާޅުވެފަ އެވެ. 

އެމެރިކާގެ ރައީސް ޓްރަމްޕް ވެސް ވަނީ ޕުޓިން އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. ޕުޓިންއާ އަބަދު ވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ކަމަށާއި، އެހެން ނަމަވެސް މިހާރު ޕުޓިން އަށް ކޮންމެ ވެސް ކަމެއް ވެފައި ހުރި ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

އެހެން ނަމަވެސް ޕުޓިން ބޭނުން ވަނީ މުޅި ޔުކްރެއިން ކަމަށާއި، މީހުން މަަރަން ވެސް ބޭނުންވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އަދި ޕުޓިން މިހާރު ހުރީ ކުޑަކޮށް މޮޔަވެފައި ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ.

އިތުރަށް ކިޔާލަން

05 މެއި 2017

އޮބާމާކެއަރ އުވާލައި ޓްރަމްޕްގެ ހެލްތްކެއަރ ބިލް ފާސްކޮށްފި

05 މެއި 2017
އޮބާމާކެއަރ އުވާލައި ޓްރަމްޕްގެ ހެލްތްކެއަރ ބިލް ފާސްކޮށްފި
04 އެޕްރީލު 2017

ރައީސް ޓްރަމްޕްގެ މުސާރަ ޕާކްތައް މަރާމާތު ކުރުމަށް

04 އެޕްރީލު 2017
ރައީސް ޓްރަމްޕްގެ މުސާރަ ޕާކްތައް މަރާމާތު ކުރުމަށް
30 މާރިޗު 2017

ޓްރަމްޕްގެ އެސިސްޓެންޓްގެ މަގާމަށް ދޮށީ ދަރިކަނބަލުން!

30 މާރިޗު 2017
ޓްރަމްޕްގެ އެސިސްޓެންޓްގެ މަގާމަށް ދޮށީ ދަރިކަނބަލުން!
25 މާރިޗު 2017

މަޖިލިސް ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީ، އެކަމަކު ޓްރަމްޕްގެ ފުރަތަމަ ބިލްވެސް ވީ ފޭލް

25 މާރިޗު 2017
މަޖިލިސް ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީ، އެކަމަކު ޓްރަމްޕްގެ ފުރަތަމަ ބިލްވެސް ވީ ފޭލް
18 މާރިޗު 2017

އިނގިރޭސި ވިލާތުގެ ކޮމިއުނިކޭޝަންސް އިންޓެލިޖެންސް އޭޖެންސީން ޓްރަމްޕްގެ ތުހުމަތު ދޮގުކޮށްފި

18 މާރިޗު 2017
އިނގިރޭސި ވިލާތުގެ ކޮމިއުނިކޭޝަންސް އިންޓެލިޖެންސް އޭޖެންސީން ޓްރަމްޕްގެ ތުހުމަތު ދޮގުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު