Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އާއި މެދު ރައީސް މުއިއްޒުގެ ހިތް އަދިވެސް ސާފެއްނޫން!؟

24 މެއި 2025 | ހޮނިހިރު 12:35

ސިޔާސީ ބޮޑެތި މަޤާމުތަކަށް ބޭފުޅުން އައްޔަން ކުރުމުގައި ވެސް އަބްދުއްރަހީމްގެ ބާރުވެރިކަން ދެއްކި، އެގޮތުން ބައެއް ވުޒާރާތަކުގެ މިނިސްޓަރުން ފެންވަރުގެ މަގާމުތަކަށާއި ސްޓޭޓް މިނިސްޓަރުންފެންވަރުގެ މަގާމުތަކަށް ވެސް ބޭފުޅުން އައްޔަން ކުރައްވަމުން ގެންދެވީ އަބްދުއްރަހީމްގެ ލަފަޔާއި އިރުޝާދުގެ މަތިން

ސިޔާސީ ބޮޑެތި މަޤާމުތަކަށް ބޭފުޅުން އައްޔަން ކުރުމުގައި ވެސް އަބްދުއްރަހީމްގެ ބާރުވެރިކަން ދެއްކި, އެގޮތުން ބައެއް ވުޒާރާތަކުގެ މިނސްޓަރުން ފެންވަރުގެ މަގާމުތަކަށާއި ސްޓޭޓް މިނިސްޓަރުންފެންވަރުގެ މަގާމުތަކަށް ވެސް ބޭފުޅުން އައްޔަން ކުރައްވަމުން ގެންދެވީ އަންބުއްރަހީމްގެ ލަފަޔާއި އިރުޝާދުގެ މަތިން

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 24 މެއި 2025 | ހޮނިހިރު 12:35
މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ރައީސް މުއިއްޒު

މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ރައީސް މުއިއްޒު

މަޤާމުގައި ހުންނަން ބޭނުންނަމަ ސަރުކާރުގެ ތެރޭގައި ހިނގާ އެއްވެސް ކަމަކާއި ވާހަކަ ނުދައްކަވާ ހިމޭނުން ހުރުމަކީ އެންމެ ބުއްދިވެރި ގޮތް. އެހެން ނޫނީ ދެން ކުރިމަތިލާން ޖެހޭނީ ހިތާމަވެރި ދުވަސްތަކަކާ.

މިއީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އާއި ގުޅުވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިކަމަށް ބުނާ ބަސްފުޅެކެވެ.

ކޮންމެ އަކަސް މިއީ މިކަން ހިނގާގޮތް ކަމަށް މިއަދު ސިޔާސީ ތަޖުރިބާކާރުން ބުނެއެވެ. ރައީސް މުއިއްޒު ވެރިކަމަށް ގެނައުމަށް އެންމެ ބުރަ މަސައްކަތެއް ކުރެއްވި އެއް ބޭފުޅަކީ ވެސް އަބްދުއްރަހީމްއެއެވެ. ޕޯޑިއަމްގައި ގަދަ ބަސްތައް ބުނެ، މޮޅެތި ހިސާބުތައް ޖައްސަވައި ރައީސް މުއިއްޒުގެ ދިފާއުގައި މޭފުއްޕާފަ އެންމެ ކުރީސަފުގައި އޭރު ހުރީ ވެސް އަބްދުއްރަހީމް އެވެ.

ރައީސް މުއިއްޒުއަށް ވެރިކަން ލިބިވަޑައިގެން ފަހުން ވެސް ވަރަށް ފަހަކާއި ޖެހެންދެން ވެސް އަބްދުއްރަހީމް ހުންނެވީ ހަމަ އެގޮތުގައެވެ. ސިޔާސީ ބޮޑެތި މަޤާމުތަކަށް ބޭފުޅުން އައްޔަން ކުރުމުގައި ވެސް އަބްދުއްރަހީމްގެ ބާރުވެރިކަން ދެއްކިއެވެ. އެގޮތުން ބައެއް ވުޒާރާތަކުގެ މިނސްޓަރުން ފެންވަރުގެ މަގާމުތަކަށާއި ސްޓޭޓް މިނިސްޓަރުންފެންވަރުގެ މަގާމުތަކަށް ވެސް ބޭފުޅުން އައްޔަން ކުރައްވަމުން ގެންދެވީ އަބްދުއްރަހީމްގެ ލަފަޔާއި އިރުޝާދުގެ މަތިންކަމަށް އައީ ބުނަމުންނެވެ.

އެގޮތުން ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް އަބްދުއްރަހީމްގެ ދަރިކަލުން އިބުރާހީމް ފައިސަލް އައްޔަން ކުރުމަކީ މިކަމަށް ހެކިދޭ އެއްކަމެވެ.

ގިނަ ބަޔަކު ބުނާގޮތުންނަމަ ރައީސް މުއިއްޒާއި އަބްދުއްރަހީމް އާއި ދެމެދު ޚިޔާލުތަފާތުވުންތައް އުފެދި ގުޅުން ގޯސްވީ ޓޫރިޒަމް މިނިސްޓަރުކަމުގައި ހުންނެވި އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހީމް ފައިސަލް މަގާމުން ވަކިކުރި ހިސާބުންނެވެ.

އެހިސާބުން އެ ދެ ބޭފުޅުންގެ ގުޅުން ގޯސްވެފައިވާކަން އަބްދުއްރަހީމް ވަނީ މިޑީއާއަކަށް ދެއްވި އިންޓަވިއު އެއްގައިވެސް ވިދާޅުވެފަ އެވެ. އޭގެ ފަހުން އަބްދުއްރަހީމް މަޖިލީހުގެ ރައީސްކަމުން ދުރުކުރަން މަސައްކަތްކުރާ އަޑުތަކެއްވެސް ފެތުރުނެވެ.

އެހެން ނަމަވެސް މިކަން ސަރުކާރުން ވަނީ ދޮގުކޮށްފައެވެ. މި ސަރުކާރުގެ އެތެރެކޮއިލުގެ ސިއްރު މައުލޫމާތު އެނގޭ ފަރާތަކުން ބުނީ އަބްދުއްރަހީމް މަޖިލީހުގެ ރައީސްކަމުން ވަކިކުރަން ރައީސް މުއިއްޒުގެ މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރިކަމަށެވެ. އެހެން ނަމަވެސް ޝަރުތުތަކަކާއި އެކު މަޖިލިސް ރައީސްކަމުގެ މަޤާމުން އަބްދުއްރަހީމް ވަކިނުކުރަން ނިންމީ ކަމަށެެވެ.

ނަންހާމަނުކުރުމަށް އެދި މި ސަރުކާރުގެ ސިއްރުތައް އެނގޭ ފަރާތަކުން ބުނީ އަބްދުއްރަހީމް އަށް މިއަދު އެހުރީ ދެކޮޅުންކުރެ ކޮޅަކަށްވެސް ގުޑާލަން ނުކެރިފައި ކަމަށެވެ. ދަރިކަލުން ފައިސަލް މިނިސްޓަރުކަމުގެ މަޤާމުން ވަކިކޮށް އެއްލާލިއިރު ވެސް މިއަދާއި ހަމައަށް ވެސް އެއްވެސް ވާހަކައެއް މި ސަރުކާރޭ ކިޔައިގެން ވެސް އަދި ރައީސް މުއިއްޒުއޭ ކިޔައިގެން ނަން ވެސް ގަންނަން އަބްދުއްރަހީމަށް ނުކެރިފައި އެ ހުރީ ވަރަށް ރަނގަޅަށް މަޅީގައި ބެދިފައި ހުރީމަ ކަމަށެވެ.

އަބްދުއްރަހީމަށް މިއަދު ނެތް އެހެން ގޮތެއް. ހުރީ ވަރުގަދަ މަޅިއެއްގައި ޖެހި ބާރުވެފަ. ހަމަ އަތަކަށް ވެސް ގުޑާލެވޭކަށް ނެތް މިއަދަކު
ސަރުކާރުގެ ޕާޓީ ޕީއެންސީއަށް ނިސްބަތްވާ ފަރާތެއް

މިއީ ސިޔާސީ ހިސާބު މޮޅަށް ޖައްސަވާ ކަމަށް އަމިއްލަ އަށް ވިދާޅުވި، އަދި އޭނާގެ ސިޔާސީ ތަޖުރިބާގެ ފުންކަން 30 އަކަށް އަހަރަށް ދެމިގެން ދިޔަ ކަމަށް ވިދާޅުވި އަބްދުއްރަހީމް އަށް ނިސްބަތްކޮށް ޕީއެންސީގެ މެމްބަރަކު ވިދާޅުވި ބަސްފުޅެކެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަކީ މީހުން ބުނާ ގޮތުން ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އެންމެ ގާތް މަދަދުގާރެވެ. އަދި އެންމެ ގާތް ރަހުމަތްތެރިޔާވެސް މެއެވެ. ރައީސް ޔާމީންގެ ދައުރުން ފެށިގެން ރައީސް މުއިއްޒުގެ ވެރިކަމާއި ހަމައަށް، ދާދި އިހަކަށް ދުވަހާއި ޖެހެންދެން ވެސް ގާތް ދެ މިތުރުންނެވެ.

ރިޔާސީ އިންތިޚާބުން ފެށިގެންވެސް ރައީސް މުއިއްޒަށް ވެރިކަން ލިބިވަޑައިގެންނެވުމާއި ހަމައަށް ވެސް މުއިއްޒަށް ވެރިކަމުގެ ތަހުތު ހޯއްދަވައި ދެއްވުމުގައި އެންމެ ބުރަކޮށް، ޖާނާއި މާލުން ޤުރުބާންވި ބޭފުޅަކީ ވެސް އަބްދުއްރަހީމްއެވެ.

ބައެއް ސިޔާސީ މުފައްކިރުން ވިދާޅުވާ ގޮތުގައި ރައީސް މުއިއްޒު ވެރިކަމަށް ގެނައުމުގައި ބެންނެވި އޮޑީގެ އެންމެ އިސް މާވަޑިއަކީ ވެސް އަބްދުއްރަހީމެވެ.

ރައީސް މުއިއްޒުގެ މި ސަރުކާރުގެ ކިއްސަރު ގެނައީ އަބްދުއްރަޙީމުގެ މާވަޑިކަމުގައި ހުންނަވައިގެންނެވެ. އެހެންކަމުން މި އޮޑި ފެނަށް ދުވާނެ ގޮތާއި، ދުވާނެ ވަރާއި ހުރިހާއެއްޗެއް ވެސް އެންމެ ރަނގަޅަށް އެނގިލައްވާނީ ވެސް އަބްދުއްރަޙީމަށެވެ. އަދި ކިއްސަރު އެޅުއްވި ގޮތަކަށް އަޅުއްވާފައި ކިޔެވެލި ކިޔަވާފައި އިރުވަރުބެލުމަށް ފަހު، އޮޑި ބާލައި ރައީސް މުއިއްޒާއި އޮޑި ހަވާލުކުރީ ވެސް ސީދާ އަބްދުއްރަޙީމެވެ.

ކަންމިހެން ހުރިއިރު، އަބްދުއްރަޙީމްގެ ސިޔާސީ ބާރުވެރިކަން ގުޅިފައި އޮތީ ރައީސް މުއިއްޒާއި އެކު އޮންނަ ގާތްކަމާއި ވަފާތެރިކަމާއި އެކުވެރިކަމާއެވެ.

ހަޤީޤަތަކީ މިއަދު އަބްދުއްރަހީމު ހުންނެވީ ގޮތް ހުސްވެފައެވެ. ބަނދެވިފައެވެ. އަބްދުއްރަހީމަށް ދެން ކުރެވެން އޮތީ ކޮންކަމެއްތޯ ވިސްނާލާއިރު އެއްކޮޅުގައި އޮތީ ބޮޑު މަގާމެވެ. އަނެއްކޮޅުގައި އޮތީ ވޭނާއި ހިތްދަތިކަމެވެ.

ތެދުފުޅެކެވެ. ޕާޓީން ވަކިކުރިޔަސް، ޕާޓީން ވަކިވިޔަސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރީ އަބްދުއްރަޙީމްގެ އަތްޕުޅުންނެވެ. އެ މަނިކުފާނު ވެސް ރުހިވަޑައިގެންނެވެ. އެހެންވީމާ، މަޖިލީހުގައި ރިޔާސަތުގައި އިންނެވުން އެކަންޏެއް ނޫނެވެ. ތަޅުމުގައި ކޮޅަށް ވެސް ހުންނެވޭނީ ރައީސް މުއިއްޒު ބޭނުންފުޅު ނަމައެވެ.

ހަގީގަތުގައި މުޅި ގައުމުގެ ހުރިހާ ބާރުވެރިކަމެއް މިލްކެއް ގޮތުގައި މިވަގުތު އޮތީ ރައީސް މުއިއްޒުގެ އަތްޕުޅުގައެވެ. އެ މަނިކުފާނުގެ ރުހުމާއި ތާއީދާ ނުލައި، އަބްދުއްރަޙީމް އަށް މިއަދު ކުރެވޭނޭ ހަމަ އެއްވެސް ކަމެއް ނެތެވެ. މަޖިލީހުގެ ރިޔާސަތާއި، އުންމީދުގައި ހޯދި ގޮނޑި ގެއްލިދާނެކަމުގެ ބިރަށް ބަނދެވިފައި އިނުންނޫން ގޮތެއް އަބްދުއްރަހީމަށް މިއަދު ނެތެވެ.

އެންމެ ކުޑަމިނުން ސަރުކާރުގެ ފަރާތުން ބާއްވާ ޖަލްސާއެއްގައިވެސް، ބައްދަލުވުމެއްގައި ވެސް އަބްދުއްރަހީމަށް ބަހެއް ބުނެލާނޭ ފުރުސަތެއް ވެސް މިހާރު ނެތެވެ. މަޖިލިސް ރައީސްގެ ގޮނޑިކޮޅުގައި ހިނިތުންވެލާފައި އިނުން ނޫންގޮތެއް މިއަދު އަބްދުއްރަހީމަށް ނެތެވެ.

ސިޔާސީ އިލްމާއި ޅެންވެރިކަމަށް ކިތަންމެ މޮޅަސް، އަދި ހިސާބަށް ކިތަންމެ މޮޅަސް، އަބްދުއްރަޙީމް މިއަދު އެ ހުންނެވީ، އެއްވެސް އާރެއް ބާރެއް ނެތި، ނިކަމެތިކޮށް، ބާކީކޮށް ލައިފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!
07 ފެބުރުއަރީ 2017

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި
01 ފެބުރުއަރީ 2017

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!
30 ޖެނުއަރީ 2017

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!
20 ޖެނުއަރީ 2017

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!
16 ޖެނުއަރީ 2017

ރިޒާ އަށް އެމްޕީއެލް އިން ދިން 2.9 މިލިއަން ރުފިޔާއާ މެދު ސުވާލެއް!

16 ޖެނުއަރީ 2017
ރިޒާ އަށް އެމްޕީއެލް އިން ދިން 2.9 މިލިއަން ރުފިޔާއާ މެދު ސުވާލެއް!
14 ޖެނުއަރީ 2017

މައުމޫނާ ނުލައި ރައީސް ޔާމީނަށް ކާމިޔާބު ލިބިވަޑައިގަންނަވާނެތަ؟

14 ޖެނުއަރީ 2017
މައުމޫނާ ނުލައި ރައީސް ޔާމީނަށް ކާމިޔާބު ލިބިވަޑައިގަންނަވާނެތަ؟
10 ޖެނުއަރީ 2017

ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!

10 ޖެނުއަރީ 2017
ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!
07 ޖެނުއަރީ 2017

ދުންޔާ އެނބުރި ސަރުކާރަށް، ރައީސް މައުމޫނަށް ވާނީ ކިހިނެއް؟

07 ޖެނުއަރީ 2017
ދުންޔާ އެނބުރި ސަރުކާރަށް، ރައީސް މައުމޫނަށް ވާނީ ކިހިނެއް؟
05 ޖެނުއަރީ 2017

ރައީސް ޔާމީނަށް ކުރާ އިލްތިމާސް!

05 ޖެނުއަރީ 2017
ރައީސް ޔާމީނަށް ކުރާ އިލްތިމާސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް