Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބާސެލޯނާ ހަމަލާ

ބާސެލޯނާ ހަމަލާ: މަރުވި 3 އަހަރުގެ ހާވިއޭގެ ބައްޕަ "މުސްލިމުންނާ އެކު"

ބާސެލޯނާގައި ދިން ހަމަލާގައި 15 މީހަކު މަރުވެ 100 އަށްވުރެ ގިނަ މީހުން ޒަޚަމްވި

އައިޝަތު ޝާނީ
އައިޝަތު ޝާނީ | 26 އޯގަސްޓު 2017 | ހޮނިހިރު 15:16
ބާސެލޯނާ ހަމަލާގައި މަރުވި 3 އަހަރުގެ ހާވިއޭ މާޓިނެޒްގެ ބައްޕަ ޒޭވިއާ އާއި އިމާމް ދްރިސް ސަލީމް

ބާސެލޯނާ ހަމަލާގައި މަރުވި 3 އަހަރުގެ ހާވިއޭ މާޓިނެޒްގެ ބައްޕަ ޒޭވިއާ އާއި އިމާމް ދްރިސް ސަލީމް

އިސްލާމް ދީނުގެ ނަމުގައި ދެމުންދާ ހަމަލާތަކާ ގުޅިގެން މުސްލިމުންނާ މެދު އެތައް ބައެއް ނުރުހުން ފާޅު ކުރަމުން ދާއިރު، ސްޕެއިންގެ ބާސެލޯނާއަށް ނިމިގެން ދިޔަ ހަފްތާގައި ދިން ހަމަލާގައި ނިޔާވި އެެންމެ ތުއްތު ކުއްޖާގެ ބައްޕަގެ ފަރާތުން ތަފާތު މަންޒަރެއް ފެނިިއްޖެއެވެ.

ބާސެލޯނާގެ ލަސް ރަމްބްލާސް އެވެނިއުއަށް ވޭނެއް ބޭނުން ކޮށްގެން އޮގަސްޓް 17 ވަނަ ދުވަހު ދިން ހަމަލާގައި 15 މީހުން މަރުވެ 100 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާއިރު، މި ހަމަލާގައި ތިން އަހަރުގެ ހާވިއޭ މާޓިނެޒް އާއި އޭނާގެ ބޮޑު ބޭބެ ފްރަންސިސްކޯ ލޮޕެޒް ރޮޑްރިގެޒް ވަނީ މަރުވެފައެވެ.

ނަމަވެސް ހާވިއޭގެ ބައްޕަ، ޒޭވިއާގެ ފަރާތުން ފެނުނީ އެއްބައިވަންތަ ކަމުގެ މިސާލެކެވެ.

އެގޮތުން ޒޭވިއާ މުސްލިމް އިމާމް ދްރިސް ސަލީމްއާ ވަނީ ބައްދާލާ ވާހަކަ ދައްކާލާފައެވެ. އަދި މި މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އިރު، ބައްފަގެ މި އަމަލާ އެކު އެތައް ބައެއް ރޮއްވާލައިފިއެވެ.

މި ކަންތައް ހިނގާފައި ވަނީ ބާސެލޯނާ ކައިރި އޮންނަ ރުބީ ޓައުންގައެވެ. އެ ބައްދަލު ވުމަކީ ޒޭވިއާގެ އެދުމުގެ މަތިން ބާއްވާފައިވާ ބައްދަލުވުމެއްކަން ރިޕޯޓްތަކުގައިވެއެވެ.

އަދި ހާވިއޭގެ ބައްޕަގެ މި އަމަލުން އިމާމަށް ކެތް ނުކުރެވި، ގިސްލަގިސްލާ ރޯތަން ވީޑިއޯއިން ފެނެއެވެ.

އެހެން މިފަދަ ގިނަ ހަމަލާ ތަކެކޭ އެއްފަދައިން ބާސެލޯނާއަށް ދިން ހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ނަގާފައިވާއިރު، މި ހަމަލާގައި އިސްކޮށް އުޅުނު މީހާއާ ކުރިމަތިލުމެއް ހިނގާ ބަޑި ޖަހާ މަރާލާފައިވާ ކަމަށް ސްޕެއިންގެ ފުލުހުން ބުނެފައިވެއެވެ.

ވީޑިއޯ: ބާސެލޯނާއަށް ދިން ހަމަލާގައި މަރުވި ތިން އަހަރުގެ ހާވިއޭ މާޓިނެޒްގެ ބައްޕަ އިމާމް ދްރިސް ސަލީމްއާއެކު

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
06 ފެބުރުއަރީ 2017

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް
30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
17 ޖެނުއަރީ 2017

ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި

17 ޖެނުއަރީ 2017
ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު