Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ކޮތަޅު މުއިއްޒުގެ ކޮތަޅު ސަރުކާރު

ކުރީގެ ސަރުކާރުގައި ގާނޫނަށް ގެނައި ބަދަލާއެކު ބާޒާރު ކޮތަޅަށް އަގު ނަގަން ފެށިއެވެ. އެކަމާ އޭރުގެ އިދިކޮޅުން ސަރުކާރަށް ނުގޮވާ އެއްޗެއް ނެތެވެ. އެކަމަކު ސަރުކާރަށް އާދެވުމުންވެސް ގެނައި ބަދަލެއް ނެތެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 22 މެއި 2025 | ބުރާސްފަތި 06:41
ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު

ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު

ފޭސްބުކުން ފެނުނު އެއްޗެއްގައި ކުއްލިއަކަށް އަޅައިގަތެވެ. ކުރު ޑްރާމާއެކެވެ. ފެންނަނީ ދިރޭ މަހެއް ގަންނަން މީހަކު ފިހާރައަކަށް ވަންނަ މަންޒަރެވެ. ސޭޓަކީ އޭރުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންދިޔަ މިހާރުގެ މޯލްޑިވްސް ގޭހުގެ އެމްޑީ އަބްދުﷲ މުހައްމަދެވެ. ޑްރާމާގައި ފެންނަނީ ދިރޭ މަހެއް ގަންނަން އައި މީހާއަށް ވިއްކާ މަސް އޭނާގެ އަތަށް ފެން އަޅާފައި ލައިދޭން އުޅޭ މަންޒަރެވެ. ޑްރާމާއިން ރައްޔިތުންނަށް ދޭން އުޅުނު މެސެޖަކީ ފިހާރަތަކުން ކޮތަޅު ދިނުން ހުއްޓާލީމާ ދެން ކަންކުރާން ޖެހޭ ގޮތެވެ. ބޭނުމަކީ އޭރުގެ ސަރުކާރުން ފިހާރަތަކުން ޕްލާސްޓިކް ކޮތަޅު ދިނުން ހުއްޓާލުމުން އެކަމަށް ފާޑު ކިއުމެވެ.

އެއީ މިދިޔަ ސަރުކާރުގެ ދުވަސްވަރެވެ. ރައީސް އިބްރާހީމް މުހައްމަދު ސާލިހްގެ ސަރުކާރެވެ. ސަރުކާރުން ބޭނުންވީ ތިމާވެށި ހިމާޔަތް ކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން އަޅާ ފިޔަވަޅެއްގެ ގޮތުގައި ޕްލާސްޓިކް މަދުކުރާށެވެ. ޕްލާސްޓިކް ފުޅިއާ ޕްލާސްޓިކް ކޮތަޅު އެތެރެކުރުން މަދު ކުރާށެވެ. ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ރައީސުލް ޖުމްހޫރިއްޔާ ނެރުއްވި ގަރާރެއްގެ ދަށުން ކުރެއްވި ކަމެކެވެ.

ކޮތަޅު މަދުކުރުމުގެ މި ސިޔާސަތުގެ ދަށުން ކޮތަޅުން ނަގާ ޑިއުޓީ ބޮޑުކުރުމާއެކު ފިހާރަތަކުން ކުރިން ހިލޭ ދެމުން އައި ބާޒާރު ކޮތަޅު ދިނުން ހުއްޓާލިއެވެ. ނޫންނަމަ އެއަށްވެސް އަގު ނަގަން ފެށިއެވެ. މައްސަލަ ޖެހުނީ އެހާހިސާބުންނެވެ. ދެނެކާ ދެނެއް ނެތެވެ. ސަރުކާރާ ދެކޮޅަށް އޭރުގެ އިދިކޮޅުން ނިކުތީ ތިޔަހެނެއް ނޫނެވެ. ހީވީ އުޑު ބޮލަށް ވެއްޓިގެން އުޅުނު ހެންނެވެ. ސަރުކާރާ ދިމާލަށް ނުގޮވާ އެއްޗެއް ނެތެވެ. ސަރުކާރަށް މުޚާތަބުކޮށް ނުކުރާ މަލާމާތެއް ނެތެވެ. ކޮތަޅު ސަރުކާރެވެ. ކޮތަޅު އިބޫއެވެ. މިހެންގޮސް ހަޑިވެގެންވެސް މައިން ދަރިންނާއެކު ނުބެލޭވަރަށް ފޮޓޯއާއި ކާޓޫނުވެސް ހެދިއެވެ. ކޮތަޅާ ގުޅުވާފައެވެ. ކޮތަޅު ލައްވާފައެވެ. ކޮތަޅު ސިފަކޮށްފައެވެ. އެހުރިހާ އެއްޗެއް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ގުޅުވާފައެވެ. ކުރިން ބުނެވުނު ޚިޔާލީ ކުރު ޑްރާމާއަކީވެސް އޭގެ އެއްބައެވެ.

ދައްކަން މިއުޅެނީ އެވާހަކައެއް ނޫނެވެ. އޭރު ސަރުކާރު ޒިންމާދާރު ކުރުވުމުގެ ނަމުގައި ލޮލަށް ނިދިނައިސްގެން އެކަމާ ދެކޮޅަށް ނުކުތް އިދިކޮޅު މިހާރު އޮތީ ސަރުކާރުގައެވެ. ފަޔަށް ހިނިއަރައިގެން އުޅުނު އޭރުގެ ސިޔާސީ އެކްޓިވިސްޓުން މިހާރު ތިބީ ސަރުކާރުގެ މަތީފަޑީގައި ސިޔާސީ މަގާމްތަކުގައެވެ. ބާރު އޮތީ އެވެރިންގެ އަތުގައެވެ. ރޭވެފައި އަލިވިލެންވާއިރަށް ގާނޫނު އަސާސީއަށާއި ގާނޫނުތަކަށް ބަދަލު ގެނައުމުގެ ބާރު އެވެރިންނަށް އެއޮތީ ސާފު ސީދަލަށް ލިބިފައެވެ. އެބާރު ބޭނުން ކޮށްގެން ކުރާން ބޭނުންވިހާ ކަމެއްކޮށް މަނާކުރާން ބޭނުންހާކަމެއް މަނާކޮށް ހުއްދަކުރާން ބޭނުންހާ އެއްޗެއް ހުއްދަކޮށް އެދަނީ ނިންމަމުންނެވެ. ކުރިން ކޮށްފައިހުރި ކަންކަން އުވާލާ އާ ކަންކަން އެދަނީ ކުރަމުންނެވެ. ކުރިން މަނާކަންކަން ހުއްދަކޮށް އާ ބާވަތްތައް އެދަނީ މަނާ ކުރަމުންނެވެ. ކުދި ވިޔަފާރިތަކެއް ފުނޑާލައި ވޭޕް މަނާކޮށް ދުންފަތާ ސިންގިރޭޓަށް ގެންނަ ބަދަލަކީ ލޯމައްޗަށް ހާމައަށް ފެންނާންހުރި މީގެ ދިރިހުރި މިސާލެކެވެ.

އެކަމަކު އަތްލާން ނުކެރިގެން މިއުޅެނީ އެއްކަލަ ކޮތަޅުގައެވެ. އަދިވެސް ފިހާރަތަކުން ކޮތަޅު ލިބެނީ ގަންނާށެވެ. މަހެއް ގަތަސް ކޮތަޅު ގަންނާން ޖެހެއެވެ.ހަނޑޫ ކިލޯއެއް ގަތަސް ކޮތަޅު ގަނެގެން ނޫނީ ނުލިބެއެވެ. މިހެންގޮސް ކިޔާނެ ކަމެއްނެތެވެ. ކުރިން ކޮތަޅުގެ މައްސަލައިގާ ދެފައި އެއްތާންގައި ނުޖަހާ ކޮޅުކޮޅަށް ދުވެ ހޯބޯލެވި މީހުންގެ ސަރުކާރުން ކޮތަޅުގެ ސިޔާސަތައް ގެނައި ބަދަލެއް ނެތެވެ. އެކަން އަދިވެސް އޮތީ އޮތްގޮތަށެވެ. އޭރު ގެނައި ބަދަލާ އެއްގޮތަށެވެ.

ކޮންމެއަކަސް މަވެސް ހިމެނޭގޮތައް ދިވެހިންނަކީ ދާދި އަވަހަށް ކަންކަން ހަނދާން ނެތޭ ބައެކޭ މީހުން ބުނެއުޅެއެވެ. އެހެންކަމުން ކޮތަޅުގެ މައްސަލައިގާ އޭރުގެ ސަރުކާރަށް ފާޑުކިޔަމުންދިޔަ އާއްމު ރައްޔިތުންވެސް މިތިބީ މިހާރު ބޮޑު ވަރިހަމަވެފައެވެ. ކޮތަޅަށް ލާރި ނެގުން އޯކޭ ވެފައެވެ. ކޮތަޅު މައްސަލަ ހައްލު ކުރަން އައި ސަރުކާރުން އެކަން ނުކުރިއަސް ފުއްދާލައިގެންނެވެ. އޭރުގެ ސަރުކާރަށް ރައްދުކުރި ބަހުންނަމަ ކޮތަޅު ސަރުކާރުގެ ކޮތަޅު މުއިއްޒުގެ ކޮތަޅު ސިޔާސަތު މިހާރު ރަނގަޅުކަމަށް ނިންމައިގެންނެވެ. ބުނާނެ އެއްޗެއް ނެތެވެ. ވަރަށް ސަލާމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުން ހަދަނީ ހަދާނެ އެއްޗެއް! ރައްޔިތުން ގޮތް ހުސްވެފައި!

ސަރުކާރުން ހަދަނީ ހަދާނެ އެއްޗެއް! ރައްޔިތުން ގޮތް ހުސްވެފައި!

14 ޖޫން 2017
ރައްޔިތުން ނޫނެކޭ ބުނީ ސަރުކާރުގެ ސިޔާސަތުތަކަށް!

ރައްޔިތުން ނޫނެކޭ ބުނީ ސަރުކާރުގެ ސިޔާސަތުތަކަށް!

12 މެއި 2017
ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!

ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!

04 މެއި 2017
ސަރުކާރު އުޅެނީ "މޮޔަ ހަސަނަށް އަމާ ފެނިގެން އުޅުނު ހެން"

ސަރުކާރު އުޅެނީ "މޮޔަ ހަސަނަށް އަމާ ފެނިގެން އުޅުނު ހެން"

23 އެޕްރީލު 2017
ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟

ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟

21 އެޕްރީލު 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު