ކ. މާލެ
|
21 މެއި 2025 | ބުދަ 11:56
މ. މުލި - ނާލާފުށި ކޯޒްވޭގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ހައުސިންގ މިނިސްޓަރ މުއްތަލިބް (ވ) ރައީސް މުއިއްޒު އަރިހުގައި
މ. މުލި - ނާލާފުށި ކޯޒްވޭގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ހައުސިންގ މިނިސްޓަރ މުއްތަލިބް (ވ) ރައީސް މުއިއްޒު އަރިހުގައި
ރައީސް އޮފީސް
ގެދޮރުވެރިޔާ ސްކީމް
ގެދޮރުވެރިޔާ ސްކީމުގެ ދަށުން އޮޑިޓް އޮފީހުން ދިން ލަފަޔަކީ ހައުސިންގ މިނިސްޓްރީގައި ގެންގުޅެ ބަލަހައްޓާ އެއްޗެއް ނޫން: މިނިސްޓްރީ
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވަނީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 12 ވަނަ މާއްދާގައި ބުނާ އިޖްރާއަތްތައް މިނިސްޓްރީން ފުރިހަމަ ނުކުރާތީ ގާނޫނާ މިނިސްޓްރީން ޚިލާފުވެފައިވާ ކަމަށް ކަނޑައަޅާފައި

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރި 4000 ފްލެޓާ ބެހޭ ގޮތުން އޮޑިޓަރ ޖެނެރަލް އޮފީހުން ދިން ލަފާ ހައުސިންގ މިނިސްޓްރީ ގައި ގެންގުޅެ ބަލަހައްޓާ އެއްޗެއް ނޫން ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން އެހެން ބުނިކަން ހާމަވީ، 5 ފެބްރުއަރީ 2025 ގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް އެ މައުލޫމާތު ހޯދުމަށް ހުށަހަޅާފައި ހުށަހެޅުމަށް މިނިސްޓްރީން އެއްވެސް ޖަވާބެއް ދީފައި ނުވާތީ އެކަމުގެ ޝަކުވާ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅެމުން އެ ޝަކުވާ އާ ގުޅިގެން ބޭއްވި އަޑުއެހުމެއްގައެވެ.

މި އަޑުއެހުމުގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވަނީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 12 ވަނަ މާއްދާގައި ބުނާ އިޖްރާއަތްތައް މިނިސްޓްރީން ފުރިހަމަ ނުކުރާތީ ގާނޫނާ މިނިސްޓްރީން ޚިލާފުވެފައިވާ ކަމަށް ކަނޑައަޅާފައެވެ.

ޝަކުވާ ހުށަހެޅި ފަރާތުން ހައުސިންގ މިނިސްޓްރީން ހޯދުމަށް އެދިފައިވަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިއުލާނު ކުރި 4000 ފްލެޓް އާ ގުޅިގެން މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އާބަން ޑިވެލޮޕްމަންޓަށް އޮޑިޓަރ ޖެނެރަލް އޮފީހުން ދީފައިވާ ލަފައެވެ.

ޝަކުވާ އާ ގުޅިގެން މެއި މަހުގެ 15 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުނީ މި ޝަކުވާ އާ ގުޅިގެން ހޯދުމަށް އެދިފައިވާ މައުލޫމާތަކީ ހައުސިންގ މިނިސްޓްރީގައި "ގެންގުޅެ ބަލަހައްޓާ މައުލޫމާތެއް ނޫން" ކަމަށް ޝަކުވާ އާ ގުޅިގެން ބޭއްވި ބައްދަލުވުމުންނާއި އަދި ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ރިއާޔަތް ކުރުމުން އެނގޭ ކަމަށެވެ.

ޝަކުވާ ހުށަހެޅި ފަރާތައް މިނިސްޓްރީން މައުލޫމާތު ފޯރުކޮށް ނުދިން ނަމަވެސް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ޝަކުވާ ބަލާ ނިންމުމަށް ބޭއްވި ބައްދަލުވުމުގައި ބުނީ ޝަކުވާ ހުށަހެޅި ފާރާތައް "މިނިސްޓްރީން ފޯރުކޮށްދީފައި ވަނީ ރަނގަޅު ޖަވާބު ކަމަށް ބަލައި،" މި ޝަކުވާ ބަލައި ނިންމީ ކަމުގައެވެ.

- ކޮމެންޓް