Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް

އައިކޮމް މުވައްޒަފުންނަށް ދިން ލިވިންގ އެލަވަންސް އަތުލަން އެންގި މައްސަލަ މާލިއްޔަތު ކޮމިޓީ އިން ބަލަނީ

މުވައްޒަފުންގެ އިހުމާލެއް ނެތި އޮފީހުން ދީފައިވާ ފައިސާ އެމީހުންގެ އަތުން އަތުލުމަކީ އިންސާފުވެރި ކަމެއް ނޫންކަމަށް ކޮމިޓީން ދެކޭ

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 4 ޑިސެމްބަރު 2025 | ބުރާސްފަތި 20:27
ބުދަ ދުވަހު ބޭއްވި މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން

ބުދަ ދުވަހު ބޭއްވި މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) ގެ މުވައްޒަފުންނަށް ދެމުން އައި ލިވިންގ އެލަވަންސް ހުއްޓާލައި، ވޭތުވެދިޔަ އެއް އަހަރާއި 10 މަސްދުވަހުގެ ތެރޭގައި ލިވިންގ އެލަވަންސްގެ ގޮތުގައި މުވައްޒަފުންނަށް ދިން ފައިސާ އެ މުވައްޒަފުންގެ އަތުން ނެގުމަށް ފިނޭންސް މިނިސްޓްރީން އަންގާފައިވާ މައްސަލަ އެއް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅައިފި އެވެ.

އަމިއްލަ ފަރާތަކުން މާލިއްޔަތު ކޮމިޓީ އަށް ހުށަހެޅި މި މައްސަލަ އާއި ބެހޭ ގޮތުން، ބުދަ ދުވަހު ބޭއްވުނު އެ ކޮމިޓީ ގެ ޖަލްސާގައި ވަނީ މަޝްވަރާކޮށްފަ އެވެ. މި މައްސަލައަކީ ސަރުކާރުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކާ ގުޅޭ މުހިންމު މައްސަލައަކަށްވުމުން، ކޮމިޓީން ވަނީ މި މައްސަލަ ބަލައި ދިރާސާކުރުމަށް ނިންމާފަ އެވެ.

މި މައްސަލައާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ކެލާ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ޝަރީފް ވިދާޅުވީ، އައިކޮމް މުވައްޒަފުންގެ އިހުމާލެއް ނެތި އެ މުވައްޒަފުންނަށް އިތުރަށް ދީފައިވާ ލިވިންގ އެލަވަންސްގެ ފައިސާ، މުވައްޒަފުންގެ އަތުން އިއާދަކުރުމަކީ ހަމަ އެއް ނޫންކަމަށެވެ. މުވައްޒަފުންނަށް މި އިނާޔަތް ދީފައިވަނީ އެ މުވައްޒަފުންގެ ފަރާތުން އެއްވެސް ގޯހެއް ނުވަތަ އިހުމާލެއް ނެތި، އޮފީހުގެ ފަރާތުން ކަމަށްވާތީ، މުވައްޒަފުންގެ އަތުން އެ ފައިސާ އަތުލުމަކީ އިންސާފުވެރި ކަމެއް ނޫންކަމަށް ޝަރީފް ވިދާޅުވި އެވެ.

އެހެންކަމުން، މި މައްސަލާގައި، ކޮމިޝަނުގެ ފަރާތުން އިހުމާލުވެފައިވާ މުވައްޒަފުން ދެނެގަތުމަށްޓަކައި މައްސަލާގައި ކަން ހިނގާފައިވާ ގޮތް ބެއްލެވުމަށް އެ އޮފީހަށް އެންގުމަށާއި، މައްސަލާގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގެ ލަފާއެއް ހޯދުމަށް ޝަރީފް ހުށަހަޅުއްވި އެވެ. މި ހުށަހެޅުމުގެ މައިގަނޑު މަގްސަދަކީ، މައްސަލާގައި ޒިންމާވާން ޖެހޭ ފަރާތްތައް ދެނެގަތުމާއި، މުވައްޒަފުންގެ ހައްގުތައް ރައްކާތެރި ކުރުމެވެ.

ޝަރީފް ގެ މި ހުށަހެޅުމަށް މަޖިލީހުގެ ފުނަދޫ ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު މަމްދޫހް ތާއީދު ކުރެއްވުމުން، ކޮމިޓީ އިން ވަނީ އެ ހުށަހެޅުން ފާސްކޮށްފަ އެވެ. މި ހުށަހެޅުން ފާސްކުރުމާ އެކު، މާލިއްޔަތު ކޮމިޓީން މި މައްސަލަ ތަހުގީގުކޮށް، ކަން ހިނގާފައިވާ ގޮތް ބަލައި، ހައްލެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ބެލެވެ އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސްލިވިން އެލަވަންސްމާލިއްޔަތު ކޮމިޓީ

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2025

ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސް ކުރަން މަޖިލީހުން ފާސްކޮށްފި

01 ޑިސެމްބަރު 2025
ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސް ކުރަން މަޖިލީހުން ފާސްކޮށްފި
01 ޑިސެމްބަރު 2025

ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް ދޭ އިނާޔަތް 30،000 ރުފިޔާ އަށް ބޮޑު ކުރަން ފާސްކޮށްފި

01 ޑިސެމްބަރު 2025
ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް ދޭ އިނާޔަތް 30،000 ރުފިޔާ އަށް ބޮޑު ކުރަން ފާސްކޮށްފި
30 ނޮވެމްބަރު 2025

ނައިބު ރައީސުންނަށް ދޭ އިނާޔަތް 30،000 ރުފިޔާ އަށް ބޮޑު ކުރަން ކޮމިޓީ އިން ފާސްކޮށްފި

30 ނޮވެމްބަރު 2025
ނައިބު ރައީސުންނަށް ދޭ އިނާޔަތް 30،000 ރުފިޔާ އަށް ބޮޑު ކުރަން ކޮމިޓީ އިން ފާސްކޮށްފި
26 ނޮވެމްބަރު 2025

ސީޕީ ނަވީން ހިމެނޭގޮތަށް އިސް ހަތް އޮފިސަރުން ތަކެއް ސަސްޕެންޑު ކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފި

26 ނޮވެމްބަރު 2025
ސީޕީ ނަވީން ހިމެނޭގޮތަށް އިސް ހަތް އޮފިސަރުން ތަކެއް ސަސްޕެންޑު ކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު