Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބްރޯޑްކޮމްގެ މުވައްޒަފުން މަސައްކަތް ހުއްޓާލުން

ބްރޯޑްކޮމްގެ މެންބަރުން، މުވައްޒަފުންގެ ފަހަތުން ނުދުވެ، މަސައްކަތު މާހައުލު ރަނގަޅު ކޮށްދިނުމަށް މުވައްޒަފުން ގޮވާލައިފި

21 މެއި 2025 | ބުދަ 06:56

ކޮމިޝަންގެ ދޮރުމަތީގައި އެ މުވައްޒަފުން ވަނީ ހިމޭން އިހުތިޖާޖެއް ކޮށްފައި

އަމްނާ އިމާދު
އަމްނާ އިމާދު | 21 މެއި 2025 | ބުދަ 06:56
ބްރޯޑްކޮމްގެ އެޗްއާރް ޑިރެކްޓަރު އަހުމަދު ރާޝިދު ރާއްޖެޓީވީއަށް އިންޓަވިއު ދެއްވަނީ

ބްރޯޑްކޮމްގެ އެޗްއާރް ޑިރެކްޓަރު އަހުމަދު ރާޝިދު ރާއްޖެޓީވީއަށް އިންޓަވިއު ދެއްވަނީ

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރުން، މުވައްޒަފުންގެ ފަހަތުން ނުދުވެ، މަސައްކަތު މާހައުލު ރަނގަޅު ކޮށްދިނުމަށް އެ ކޮމިޝަންގެ މުވައްޒަފުން ގޮވާލައިފިއެވެ.

ބުދަ ދުވަހުގެ ހެނދުނު 8:00ށް އެކޮމިޝަންގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން އޮފީހަށް ހާޒިރުވުމަށްފަހު ގާތްގަނޑަކަށް 8:30 ހާއިރު ގެއަށް ދިއުމަށް ވަނީ ނުކުމެފައެވެ. މަސައްކަތް ކުރާނެ ރަނގަޅު މާހައުލެއް ނެތް ކަމަށް ބުނެ، ކޮމިޝަންގެ ދޮރުމަތީގައި އެމުވައްޒަފުން ވަނީ ހިމޭން އިހުތިޖާޖެއް ވެސް ކޮށްފައެވެ.

Advertisement - newsAdvertisement

ރާއްޖެއެމްވީއަށް މުވައްޒަފުންގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން އެޗްއާރް ޑިރެކްޓަރު އަހުމަދު ރާޝިދު ވިދާޅުވީ ކޮމިޝަންގެ މުވައްޒަފުން މަސައްކަތް ކުރަމުންދަނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށާއި، ރަނގަޅު މާހައުލެއް ނެތް ކަމަށެވެ. ބްރޯޑްކޮމްގެ މެންބަރުން މުވައްޒަފުންނަށް އެކި ކަންކަމުގައި ޝައްކުކޮށް، އެމުވައްޒަފުންގެ ނެތް މައްސަލަތައް ނަގައި، ފަހަތުން ދުވުމުގެ ބަދަލުގައި މަސައްކަތުގެ މާހައުލު ރަނގަޅު ކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާޝިދު ވިދާޅުވީ އެކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް މަރިޔަމް ޒީނިޔާ ވެސް ސަސްޕެންޑްކޮށްފައިވަނީ އުސޫލުން ބޭރުން ކަމަށާއި، ކުއްލި އަކަށް ކަމަށެވެ. އެހެންކަމުން މުވައްޒަފުންގެ މެދުގައި ވަޒީފާގެ ބިރުވެރިކަން ވެސް އުފެދިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. 14 އަހަރު ބްރޯޑްކޮމްގައި މަސައްކަތްކުރިކަން ފާހަގަކުރައްވައި ރާޝިދު ވިދާޅުވީ މަސައްކަތް ކުރި މި މުއްދަތުގެ ތެރޭގައި މިހައި އުދަނގޫ ނުވާ ކަމަށެވެ. އަދި ވިދާޅުވީ މަސައްކަތް ކުރުމަށް ރަނގަޅު ކޮންޕިއުޓަރު ފަދަ ވަސީލަތްތައް ނެތްއިރު، ބުދަ ދުވަހު ވެސް ސާވާއަށް ނުވަދެވޭ ކަމަށެވެ.

ބްރޯޑްކާސްޓިން ދާއިރާ ކުރިއެރުވުމަށް މަސައްކަތް ކުރާ ބަޔަކަށްވާށޭ. ބްރޯޑްކާސްޓް ކޮމިޝަނަކީ މުވައްޒަފުން ފަހަތުން ދުވާ ބަޔަކަށް ނުވެ މުވައްޒަފުންނަކީ އިތުބާރުކުރެވޭ ބަޔަކަށް ނުވެ ބަލައިގެން ކުރިއަށް ކަންތައްތައް ގެންދަވާށޭ.
އެޗްއާރް ޑިރެކްޓަރު އަހުމަދު ރާޝިދު

ބުދަ ދުވަހު ބްރޯޑްކޮމްގެ ބައެއް މުވައްޒަފުން މަސައްކަތް ނުކޮށް ގެއަށް ގޮސްފައިވާއިރު، މުވައްޒަފުންގެ ކަންބޮޑުވުންތަކަށް ހައްލު ލިބޭނެ ކަމަށް އުމީދު ކުރާ ކަމަށް ވެސް އެމީހުން ބުނެފައިވެއެވެ. އެކޮމިޝަނަކީ އާއްމު ރައްޔިތުންނަށް ޚިދުމަތްދޭ ކޮމިޝަނަށްވާތީ، ބުރާސްފަތި ދުވަހު ވެސް އޮފީހަށް ނުކުންނާނެ ކަމަށް އެމުވައްޒަފުން ބުނެއެވެ.

ބްރޯޑްކޮމްގެ މެންބަރުން މުވައްޒަފުންނަަށް ނުފޫޒު ފޯރުވާ، މަސްއޫލިއްޔަތު އަދާކުރުމަަަށް ދަތިކުރާތީ 18 މެއި 2025 ގައި ވަނީ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހަޅާފައެވެ.

މިމައްސަލައާ ގުޅިގެން ކޮމިޝަންގެ މެންބަރެއްގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

04 މާރިޗު 2017

ސަތޭކަ މެންބަރުން ވައްދައި ފޮނަދޫ ރައްޔިތުން މެމްބަރު އަދުރޭއަށް ރައްދު ދީފި

04 މާރިޗު 2017
ސަތޭކަ މެންބަރުން ވައްދައި ފޮނަދޫ ރައްޔިތުން މެމްބަރު އަދުރޭއަށް ރައްދު ދީފި
22 ފެބުރުއަރީ 2017

ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ

22 ފެބުރުއަރީ 2017
ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ
12 ފެބުރުއަރީ 2017

މަޖީދިއްޔާ ސްކޫލުގެ ސްޓޫޑަންޑް ކައުންސިލް މެންބަރުން ހުވާކޮށްފި

12 ފެބުރުއަރީ 2017
މަޖީދިއްޔާ ސްކޫލުގެ ސްޓޫޑަންޑް ކައުންސިލް މެންބަރުން ހުވާކޮށްފި
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
18 ޖެނުއަރީ 2017

ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް

18 ޖެނުއަރީ 2017
 ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް