Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ރައީސް މުއިއްޒުގެ ސަރުކާރުން އުޅެނީ ކޮވެއްޔެއް އުޅޭ ހެން

ކޮވެއްޔަކީ އޭގެ ޒާތުގައި ހާލި ހަދައިގެން ބިސްއަޅާ ދޫންޏެއް ނޫނެއެވެ. އެއީ އުޅެ އުޅެވެސް އެސޮރަށް ދަސްނުވި ހުނަރެކެވެ. އެހެންކަމުން ކޮވެލި ބިސްއަޅަންވުމުން، ކާޅު ހަދާ ހާލި ހޯދައިގެން ގޮސް އެއަށް ބިސް އަޅައެވެ. އާހިރުގައި ކޮވެލީގެ ބިސްތައް ފީކުރަނީ ކާޅުގެ ބަނޑުދަށުގައެވެ.

އާމިރު ސަލީމް
އާމިރު ސަލީމް, ރާއްޖެ އެމްވީ | 20 މެއި 2025 | އަންގާރަ 13:37
ރައީސުލްޖުމްހޫރިއްޔާ، މ. މުލީ އެއާޕޯޓް ހުޅުއްވައިދެއްވުން

ރައީސުލްޖުމްހޫރިއްޔާ، މ. މުލީ އެއާޕޯޓް ހުޅުއްވައިދެއްވުން

ކާޅު ހާލި ހެދީމާ ކޮވެލި ބިސް އެޅުން މިއީ ދިވެހި އަދަބީ ބަހުގައި ބޭނުންކުރާ މިސާލު ބަހެކެއެވެ. މިބަސް ބޭނުންކުރަނީ އެހެން މީހަކު ނުވަތަ އެހެން ބަޔަކު ކޮށްފައި އޮތް ކަމެއްގެ ތެރެއަށް ތިމާ ވަދެ އަމިއްލަ ކޮށްލުމަށް ކުރާ ކަން ކަމަށެވެ.

ކޮވެއްޔަކީ އޭގެ ޒާތުގައި ހާލި ހަދައިގެން ބިސްއަޅާ ދޫންޏެއް ނޫނެއެވެ. އެއީ އުޅެ އުޅެވެސް އެސޮރަށް ދަސްނުވި ހުނަރެކެވެ. އެހެންކަމުން ކޮވެލި ބިސްއަޅަންވުމުން، ކާޅު ހަދާ ހާލި ހޯދައިގެން ގޮސް އެއަށް ބިސް އަޅައެވެ. އާހިރުގައި ކޮވެލީގެ ބިސްތައް ފީކުރަނީ ކާޅުގެ ބަނޑުދަށުގައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިހާރު މިއުޅޭ ގޮތް އެންމެ ވައްތަރީ ކޮވެއްޔެއްގެ އުޅުމާއިއޭ ބުނާ މީހުންނެއް މިހާރަކު މަދެއް ނޫނެއެވެ. ސަބަބަކީ ކުރީގެ ސަރުކާރުން ފަށާފައިވާ ނިމެން ކައިރިވެފައިހުރި މަޝްރޫއުތައް ނިންމާފައި ނުހުޅުވި ހުރި މަޝްރޫއުތައްވެސް ނަގައިގެން އެއީ މިސަރުކާރުގެ މަޝްރޫއުތަކެއް ކަމަށް ހަދައިގެން ރައްޔިތުންނަށް ދައްކާ ޕްރޮމޯޓްކޮށް އެކަމުގެ ޝުކުރު ރައީސް މުއިއްޒުއަށް އަރުވަމުން ގެންދަނީ މާ ގިނައިން ކަމަށްވާތީއެވެ.

ސަރުކާރުތައް ބަދަލުވުމަކީ ތަބައީ ކަމަކެވެ. އެއް ސަރުކާރަކުން ފަށާފައި ހުންނަ މަޝްރޫއު އަނެއް ސަރުކާރު އައިސް ނިންމުމަކީވެސް ތަބައީ ކަމެކެވެ. ކުރީގެ ސަރުކާރުތަކުން ކޮށްނިންމާފައި ހުންނަ ކަންކަން ހުޅުވުމަށް ރިބަން ކެނޑުމަކީވެސް މިބީދައިން ހިނގާ ކަމެކެވެ. ނަމަވެސް މިސަރުކާރުގެ އަމަލުތައް މިބުނެވުނު ތަބީއަތާއި ހިލާފުވާ ކަމަކީ ސަރުކާރުގެ އަމަލުތައް ހުންނަ ގޮތެއެވެ. އެއީ މިސަރުކާރުން ފެށި މިސަރުކާރުން ނިންމި ކަންކަން ކަމުގައި ދައްކަން އުޅޭ އުޅެމެއެވެ. އޭގެ ކުރެޓިކް ނަގަން މާބޮޑަށް އުޅޭ އުޅުމެއެވެ. ރައްޔިތުން ލައްވާ މިކަމުގެ ޝުކުރު ރައީސްއަށް ދަންނަވަން އަދަޔާ ޚިލާފަށް މަސައްކަތްކުރާ ކުރުމެވެ.

ވެރިކަމަށް އައީސުރެ ދައްކަމުން ގެންދިޔައީ ކުރީ ސަރުކާރުން ލޯނު ނެގި ވާހަކައެވެ. ދަރަނި ނެގި ވާހަކައެވެ. ކުރީ ސަރުކާރުން މަސްވެރިންނަށް ފާއިސާ ނުދައްކާ ހުރި ވާހަކައެވެ. ކުރީ ސަރުކާރުން ކުރުވި މަސައްކަތްތަކަށް، ކުންފުނިތަކަށް ފާއިސާ ނުދީ ހުރި ވާހަކައެވެ. މިސަރުކާރުގެ ފުރަތަމަ ބަޖެޓާއި ބެހޭގޮތުންވެސް ދެއްކީ ކުރީ ސަރުކާރުގެ މެމްބަރުން ބަޖެޓް ހެދި ގޮތުން ކަމެއް ނުވެގެން އުޅެން ޖެހޭ ވާހަކައެވެ. މައްސަލައެއް ނެތެއެވެ. ކުރީ ސަރުކާރުގެ މިހުރިހާ ވާހަކައެއްވެސް ދައްކަންވީއެވެ. ހަމަ އެހެންމެ ކުރީ ސަރުކާރުން ނިންމާފައި ހުރި މަޝްރޫއުތަކުގެ ރިބަން ކެނޑިއަސް އެވާހަކަވެސް ދައްކާލަންވާނެ ނޫންތޯއެވެ. މިއީ ކުރީ ސަރުކާރުގެ މަޝްރޫއުއެކޭ ބުނުމުގެ ހިތްވަރުވެސް ހުންނަން ވާނެ ނޫންތޯއެވެ. ކަމެއް ނުވުމުން އެހެން މީހުންގެ ބޮލަށް ކަންކަން ޖަހަން ހުންނަ ފޯރި އެހެން މީހުންކޮށް ނިންމި ކަންކަމުގެ ވާހަކަ ދައްކަންވެސް ހުންނަން ވާނެ ނޫންތޯއެވެ.

ޤަބޫލުފުޅުކުރައްވާށެއެވެ. ކޮވެލި އަމިއްލައަށް ހާލި ހަދަން ނޭގޭތީ ކާޅު ހާއްޔަށް ބިސް އަޅައެވެ. އެކަމަކު ހާލި ހެދީ ތިމަންނައޭ ކިޔައިގެން މުޅި ރަށުތެރެއަރަކު ނުދުވެ އެއް ނޫންތޯއެވެ. ވީ އިރު ކޮވެލި އުޅޭހެން އުޅެން ސަރުކާރުން މަސައްކަތްކުރި ނަމަވެސް ހަގީގަތުގައި ކޮވެއްޔަށްވާވަރުވެސް މިސަރުކާރަށް ނުވެއެއްނޫންތޯއެވެ. މިއީ ރައްޔިތުން ލައްވާ ސަނާ ކިޔުއްވައިގެން ޝުކުރު އަދާކުރުވައިގެން އަތްޖަހުވައިގެން ކަންކަމުހގެ ހަގީގަތް ފޮރުވޭނެ ޒަމާނެއް ނޫނެއް ނޫންތޯއެވެ. މުލީ އެއރޕޯޓްވެސް ހުޅުވަން ވީއެވެ. އާރްޓީއެލްގެ ލޯންޗް ބަންނަން އިންޑިޔާ ސަރުކާރުން އެހީވެސް ހޯދަންވީއެވެ. އޮޅުހިޔަލުގެ އޮނަރޝިޕްވެސް ނަގަންވީއެވެ. ކުރީ ސަރުކާރުގރ މަޗްރއުތައް ހުޅުވަން ރިބަންވެސް ކަނޑުއްވަންވީއެވެ. އެކަމަކު ހަޤީގަތް އޮޅުވާނުލައްވާށެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
މާލެއެއް ނޫން، އެކަމަކު ދިރިއުޅެނީ ކުދި ގޮޅިތަކުގައި

މާލެއެއް ނޫން، އެކަމަކު ދިރިއުޅެނީ ކުދި ގޮޅިތަކުގައި

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު